Roadha Mihaaru
އެމްބިއުލާންސަކާއި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ

ބަލި މީހަކު ގޮވައިގެން ދިޔަ އެމްބިއުލާންސެއްގައި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ

31 ޖުލައި 2019

ގދ. ނަޑެއްލާގައި ރޭ މެންދަމު، ބަލި މީހަކު ގޮވައިގެން ދުއްވި އެމްބިއުލާންސެއްގައި ސައިކަލަކުން ޖެހި ސައިކަލް ދުއްވަން އިން މީހާ އަށް އަނިޔާވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގދ. ނަޑެއްލާގައި ރޭ މެންދަމު، ބަލި މީހަކު ގޮވައިގެން ދުއްވި އެމްބިއުލާންސެއްގައި ސައިކަލަކުން ޖެހި ސައިކަލް ދުއްވަން އިން މީހާ އަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ރޭ މެންދަމު 12:36 ހާއިރު، ނަޑެއްލާ ބަނދަރު ސަރަހައްދުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އޭނާ ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލް ދުއްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުނި ނަމަވެސް ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ގދ. ނަޑެއްލާގައި ރޭ ހިނގި އެކްސިޑެންޓްގައި ގެއްލުންވި އެމްބިއުލާންސް

ގދ. ނަޑެއްލާގައި ރޭ ހިނގި އެކްސިޑެންޓްގައި ގެއްލުންވި އެމްބިއުލާންސް

ފުލުހުން ބުނިގޮތުގައި، ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ވެހިކަލް ދުއްވުމުގެ ލައިސަންސެއް ނެތެވެ. އަދި އެ އެކްސިޑެންޓްގައި ސައިކަލަށާއި އެމްބިއުލާންސަށް ބޮޑެތި ގެއްލުންތައް ލިބުނު ނަމަވެސް އެމްބިއުލާންސް ދުއްވަން އިން 37 އަހަރުގެ މީހާއަށް ކަމެއް ނުވެ އެވެ.

އެ އެކްސިޑެންޓްގެ މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ބަލަމުންނެވެ.