Roadha Mihaaru
ބްރޯޑްކޮމް މެމްބަރުން ސަލާމަތް ކުރާކަށް ނޫޅެން:މީކައިލް

ބްރޯޑްކޮމްގެ މެމްބަރުން ސަލާމަތް ކުރާކަށް ނޫޅެން: މީކައިލް

25 ޖުލައި 2019

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އެއްވެސް މެމްބަރަކު ސަލާމަތް ކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށާއި އެ ހުރިހާ ބޭފުޅުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އެއްވެސް މެމްބަރަކު ސަލާމަތް ކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށާއި އެ ހުރިހާ ބޭފުޅުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ނިންމައިފަ އެވެ. ކޮމިޝަންގެ މެމްބަރުންގެ މައްސަލަތައް ބަލަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަބް ކޮމިޓީއެއް ނެގި އިރު، މެމްބަރު ޒީނާ ޒާހިރު ފިޔަވައި ދެން ތިއްބެވި ހުރިހާ މެމްބަރުންނާ އިންޓަވިއު ކުރި އެވެ. ޒީނާ ޗުއްޓީގައި ހުންނެވުމުން އޭނާއާ އިންޓަވިއުއެއް ނުކުރެ އެވެ.

މީކާއިލް "މިހާރު" އަށް ވިދާޅުވީ ސަބް ކޮމިޓީން އެކުވައިލި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ހުރީ ޝަހީބާއި ޒައިނާގެ ވާހަކަތައް ކަމަށެވެ. އަދި ރިޕޯޓާ ގުޅިގެން ޒީނާ ފިޔަވައި ކޮމިޓީގެ ހުރިހާ މެމްބަރުން ވަކިކުރަން ހުށަހެޅުމުން ފުރަތަމަ އެ ހުށަހަޅުމަށް ވޯޓު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ފަހުން އެ ނިންމުން ބަދަލު ކުރުމާ ގުޅިގެން ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓު އެއްވަރުވީ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"ފުރަތަމަ ވޯޓު ނެގި އިރު ނޭނގޭ ޒީނާ ނުހިމަނާ ކަމެއް ވޯޓު ނެގީ،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް މިއަދު ކުރެއްވި ޓުވީޓު.

"އަޅުގަނޑު ގަބޫލު ކުރަނީ ޖަރީމާ ހިންގި ހުރިހާ އެންމެން ވަކިކުރަން ޖެހޭނެ ކަމަށް. ޒީނާ އިސްތިސްނާ ކޮށްގެން ވާނެ ކަމަކަށް ގަބޫލެއް ނުކުރަން،"

މީކާއިލް ވިދާޅުވި ގޮތުގައި ޒީނާ ފިޔަވައި ކޮމިޓީގެ ހުރިހާ މެމްބަރުންގެ ވަކިކުރަން ނެގި ވޯޓު 5-5 އިން އެއްވަރުވުމުން، އެކަމުގައި ކޮމިޓީގެ މުގައްރިރު ވޯޓު ދެއްވާފައި ނުވާ ކަމަށެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުގައި ވޯޓު އެއްވަރުވެއްޖެ ނަމަ، މުގައްރިރަށް ވޯޓު ދިނުމުގެ ހައްގު ލިބެ އެވެ.

"ވޯޓު އެއްވަރުވީމާ މުގައްރިރު ވޯޓު ނުދެއްވައި އެ ވޯޓު ބާތިލް ކުރީ،" މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނައިބު މުގައްރިރު ކަން ކުރައްވާ މީކާއިލް ވިދާޅުވި އެވެ.

ނަމަވެސް ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޒީނާ ފިޔަވައި ހުރިހާ މެމްބަރުން ވަކިކުރަން ފުރަތަމަ ވޯޓަށް އެހުމުން އެ ނިންމުމަށް މީކާއިލް ތާއީދު ކުރެއްވި ކަމަށެވެ. އަދި ވޯޓު ނަތީޖާ ގުނި ފަހުން، މީކާއިލް އެ ނިންމުން ބަދަލު ކުރީ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"ވޯޓުގެ ނަތީޖާ އިއުލާން ކުރި ފަހުން އަޅުގަނޑަކަށް ވޯޓެއް ނުލެވޭނެތާ. އެހެންވެ އެ މައްސަލަ ދިމާވެގެން ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރީ ނުރަސްމީކޮށް،" ރޮޒެއިނާ ވިދާޅުވި އެވެ.

އޭގެ ފަހުން، ދެން ހުށަހެޅީ ޝަހީބާއި ޒައިނާ މަގާމުން ވަކިކުރުމަށެވެ. އަދި މެމްބަރުންގެ އިއްތިފާގުން ދެ ބޭފުޅުން ވަކިކުރަން ކޮމިޓީން ފާސް ކުރި ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

"އަޅުގަނޑު އަދިވެސް މިހުރީ ބްރޯޑްކޮމްގެ ހުރިހާ މެމްބަރުން ވަކިކުރާ ގޮތަށް. އެންމެ މެމްބަރެއް ވެސް އެތަނުން ސަލާމަތްވެގެން ނުވާނެ،" މީކާއިލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ސަބް ކޮމިޓީން ވަނީ އަންނަ މަހުގެ ތެރޭގައި ޒީނިޔާ ޗުއްޓީ ނިންމާފައި ކޮމިޝަނަށް ނުކުމެވަޑައިގަތުމުން ޖަވާބުދާރީވުމަށް ފުރުސަތު ދީފަ އެވެ.

ބްރޯޑްކޮމްގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ޝަހީބާއި ޒައިނާ އާއި ޒީނާގެ އިތުރުން މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ. އެ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ހަސަން ނަބާހާއި ކޮމިޝަން މެމްބަރު އިސްމާއިލް ސޮފްވާން ވަނީ މަޖިލިހުން މައްސަލަ ބަލަން ފެށުމާ އެކު އިސްތިއުފާ ދެއްވައިފަ އެވެ.

ކުރީގެ ސަރުކާރުގެ ނުފޫޒާ އެކު ވަކިވަކި ޗެނަލްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގައި އިސްކޮށް އުޅުއްވީ ބައެއް މެމްބަރުން ކަމަށް ކަމަށް ތުހުމަތު ކުރެ އެވެ. އަދި ބައެއް މައްސަލަތައް ކޮމިޝަނުން ނިންމީ އިންސާފުން ނޫން ކަމަށް މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ފުރަތަމަ ޯ ވޮތު ގުނި އިރު އަތް ނަގައިގެން