ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހަައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތުތަކެއް ދެއްވިކަމުގެ ތުހުމަތުގައި އޭނާގެ މައްސަލަ ފުލުސް އޮފީހަށް ހުށައަޅާފައި ވަނިކޮށް، ޗެކްތަކަކާ ބެހޭ ތެދު މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެ އޭނާ ފޮނުއްވި ސިޓީއަކާ ގުޅިގެން މައްސަލަ އަނބުރާ ގެންދަވަން ވިސްނަވާ ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހަައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތުތަކެއް ދެއްވިކަމުގެ ތުހުމަތުގައި އޭނާގެ މައްސަލަ ފުލުސް އޮފީހަށް ހުށައަޅާފައި ވަނިކޮށް، ޗެކްތަކަކާ ބެހޭ ތެދު މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެ އޭނާ ފޮނުއްވި ސިޓީއަކާ ގުޅިގެން މައްސަލަ އަނބުރާ ގެންދަވަން ވިސްނަވާ ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަރީފްގެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ފުލުހުންނަށް ހުށައެޅިކަން ރައްޔިތުންގެ މަޖިލިހުގެ އަމީންއާންމު ފާތުމަތު ނިއުޝާ އިއުލާންކުރެއްވީ އިއްޔެ އެވެ.
އެކަމަކު މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މަޖިލިހަށް ޝަރީފް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
"މާލިއްޔަތު ކޮމިޓީގެ މަސައްކަތަށް، މާލިއްޔަތު ކޮމިޓީ އެދޭ ގޮތަށް އެއްބާރުލަމުން ގެންދަވާނެ ކަމަށް ވިދާޅުވެ، އަދި ތެދު ބަހުން ވާހަކަ ދައްކަވަމުން ގެންދަވާނެ ކަމަށް އެ ބޭފުޅާގެ ސިޓީފުޅުން އެބަ ވަރަށް ބޮޑަށް ސާފުވޭ،" ނަޝީދު ވިދާޅުވި އެވެ.
ސިޓީއާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ ޝަރީފް ކޮމިޓީގައި ވާހަކަ ދެއްކެވީ އޭރު ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް ކޮމިޓީގެ ބައްދަލުވުމަށް ފަހު ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ޗެކްތައް އޭނާ އަށާއި ބޭންކަށް ފެނިފައިވާ ކަމަށް ޝަރީފްގެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެ ޗެކްތަކާ ގުޅޭ ގޮތުން އެބޭފުޅުން މުތާލިއާކޮށްފައި އެކަމާ ގުޅޭ ސައްހަ މައުލޫމާތު މާލިއްޔަތު ކޮމިޓީ އަށް އެބޭފުޅުން ފޮނުއްވަވާނެ ކަމަށް [ސިޓީގައި ވަނީ]،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ މަޖިލިހުގައި މީހުން ތެދު ބަހުން ވާހަކަ ދެއްކުމަށް ބާރު އެޅުއްވުމެވެ. އަދި މީހަކަށް އުގޫބާތެއް ދިނުމަށް ނުވަތަ މީހެއްގެ މައްޗަށް ތަހުގީގެއް ހިންގަން ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާ ވާހަކަ ދެއްކެވުމަށް ފަހު، ޝަރީފްގެ މައްސަލަ އަނބުރާ ގެންދަވަން ވިސްނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޝަރީފް ދޮގު މައުލޫމާތު ދެއްވީ ކޮން ކަަމަކާ ބެހޭ ގޮތުން ކަމެއް މަޖިލީހަކުން ނުބުނެ އެވެ. އެކަމަކު އެމްއެމްޕީއާރުސީ އަށް ލިބިފައިވާ ނޮޓް ނެގޯޝިއަބްލް ޖަހާފައިވާ ޗެކްތަކެއް ވެސް އެސްއޯއެފަށް ޖަމާކޮށްދީފައިވާ ކަމަށް ކަމާ ގުޅޭ ބައެއް މުއައްސަސާތަކުން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލާގައި ބީއެމްއެލްގެ ދިފާއު ބިނާކޮށްފައި އޮންނަނީ "ނޮޓް ނެގޯޝިއަބްލް" ޖަހާފައިވާ އެއްވެސް ޗެކެއް އެސްއޯއެފަށް ޖަމާކޮށްފައި ނުވާނެކަމުގެ މައްޗަށެވެ. މާލިއްޔަތު ކޮމިޓީގައި ޝަރީފް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޗެކްތަކާ މެދު ބީއެމްއެލުން އަމަލްކުރީ ގާނޫނާއި ގަވާއިދާއި އަދި ބޭންކްގެ އުސޫލުތަކާ ވެސް އެއްގޮތަށް ކަމަށެވެ.
ބީއެމްއެލްގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަން އެދެފި
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި
ޝަރީފް ވަނީ އޮޅުވާލާފައި، ތަހުގީގު ކުރަން ޖެހޭ:ނަޝީދު
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ބީއެމްއެލްގެ އިސްވެރިންނަށް ދިވެހިން އައްޔަންކުރަންޖެހޭ
ސްކޭމްތަކާ ގުޅިގެން އިދާރާތައް އެސްއޯއީ ކޮމިޓީއަށް
ޖެނުއަރީން ފެށިގެން މުސާރައެއް ނުނަގަން: ނަޝީދު
"ނަޝީދުގެ ހަމަލާއާ ގުޅޭ ރިޕޯޓަށް އަމަލުކުރަން ޖެހޭ"
މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!