21 ޖުލައި 2019
ވަރުގަދަ ބޮޑު ދެ ފިލްމަކާ ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާން ޖެހޭނެތީ، ރިލީޒް ކުރުން ފަސްކޮށްފާނެ ކަމަށް ކުރިން ވެސް ބެލެވުނު ޕްރަބާސްގެ އާ ފިލްމު "ސާހޯ" ސިނަމާތަކަށް ގެނައުން ފަސްކޮށްފި އެވެ.
ވަރުގަދަ ބޮޑު ދެ ފިލްމަކާ ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާން ޖެހޭނެތީ، ރިލީޒް ކުރުން ފަސްކޮށްފާނެ ކަމަށް ކުރިން ވެސް ބެލެވުނު ޕްރަބާސްގެ އާ ފިލްމު "ސާހޯ" ސިނަމާތަކަށް ގެނައުން ފަސްކޮށްފި އެވެ.
އަންނަ މަހުގެ 15 ގައި ރިލީޒްކުރަން ފުރަތަމަ ތާވަލްކުރި ފިލްމު މިހާރު ވަނީ އަންނަ މަހުގެ 30 ގަ އަށް ފަސްކޮށްފަ އެވެ. އެކަން ކަށަވަރުކޮށް ދެމުން "ސާހޯ" ގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ފިލްމުގެ ކޮލިޓީ ކޮމްޕްރަމައިޒް ކުރަން ބޭނުން ނުވާތީ، ފިލްމު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އިތުރު ވަގުތު ބޭނުންވާތީ ފިލްމު ރިލީޒްކުރުން ފަސްކުރީ ކަމަށެވެ.
"ސާހޯ" ގެ ޓީމުން ބުނި ގޮތުގައި ބެލުންތެރިންނަށް ގެނެސްދޭނީ ވަރަށް ވެސް ފުރިހަމަ އެހާމެ ޝައުގުވެރި ފިލްމަކެވެ. ހާއްސަކޮށް މި ފިލްމަކީ މިހާތަނަށް އިންޑިއާގެ ފިލްމަކުން ފެންނާނެ އެންމެ ވަރުގަދަ އަދި އެންމެ ތަފާތު އެކްޝަންތަކެއް ފެނިގެން ދާނެ ފިލްމެއް ކަމަށް ބުންޏެވެ.
No compromise on the content and quality!
— UV Creations (@UV_Creations) July 19, 2019
The action begins in cinemas from 30th Aug. #Saaho releasing worldwide on 30.08.2019.#Prabhas @ShraddhaKapoor @NeilNMukesh @arunvijayno1 @sujeethsign @UV_Creations @itsBhushanKumar @TSeries #30thAugWithSaaho pic.twitter.com/Clne9tuiVS
ސައުތުގެ ކުޅަދާނަ ޑައިރެކްޓަރު ސުޖީތު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާ "ސާހޯ" އަކީ ބޮލީވުޑާއި ސައުތުގެ ތަރިންތަކެއްގެ މަސްހުނި ކާސްޓަކާ އެކު ހަދާފައިވާ ފިލްމެކެވެ. މީގެ ބަތަލާއަކީ ޝްރަދާ ކަޕޫރެވެ.
"ސާހޯ" ރިލީޒް ކުރާ ތާރީހަށް ގެނައި ބަދަލާ އެކު އޮގަސްޓް 15 ގައި ފާހަގަ ކުރާ އިންޑިއާގެ މިނިވަން ދުވަހު، ބޮކްސް އޮފީހުގައި ދެން ވާދަ ކުރާނީ އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" އާއި ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" އެވެ.
Know all the reasons behind their laughter ? this 30th August #2MonthsToChhichhore ?#SajidNadiadwala @niteshtiwari22 @ShraddhaKapoor @itsSSR @varunsharma90 @prateikbabbar @TahirRajBhasin @NaveenPolishety @tusharpandeyx #SaharshKumar @WardaNadiadwala @foxstarhindi #Chhichhore pic.twitter.com/cSq0XRLAEF
— Nadiadwala Grandson (@NGEMovies) June 30, 2019
މިއީ މިފަދަ ކުރިމަތިލުމަކަށް މި ދެ ތަރިން ޖެހިޖެހިގެން ނުކުންނަ ދެވަނަ އަހަރެވެ. އެގޮތުން މިދިޔަ އަހަރު އޮގަސްޓް 15 ގައި އަކްޝޭގެ "ގޯލްޑް" އާއި ޖޯންގެ "ސަތިޔަމޭވް ޖަޔަތޭ" ރިލީޒްކޮށްގެން ދެ ފިލްމަކީ ވެސް އެ އަހަރުގެ ހިނގި ފިލްމުތަކުގެ ތެރޭގައި ހިމެނުނު ވަރަށް ކާމިޔާބު ދެ ފިލްމެވެ.
"ސާހޯ" ރިލީޒްކުރާ ތާރީހަށް މިހާރު ގެނައި ބަދަލާ އެކު މިހާރު މިވީ ގޮތުން ޝްރަދާގެ ދެ ފިލްމެއް އެއް ދުވަހެއްގައި ރިލީޒް ވާނެ އެވެ. އެއީ "ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ ގެނެސްދޭ "ޗިޗޯރް" އެވެ. ޝްރަދާ އާއި ސުޝާންތު ސިންގް ރާޖްޕޫތާ އެކު ބޮޑު ކާސްޓެއް ފެނިގެންދާ އެ ފިލްމަކީ ދުރާލައި މާ ކުރިން އޮގަސްޓް 30 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
މިދިޔަ އަހަރު ވެސް ޝްރަދާގެ ދެ ފިލްމެއް އެއް ދުވަހަކާ ދިމާވެ، އޭގެ ތެރެއިން އެއް ފިލްމު ރިލީޒް ކުރުން ފަސްކުރަން ޖެހުނެވެ. އެ ދެ ފިލްމަކީ މިދިޔަ އަހަރުގެ އޮގަސްޓް 31 އަށް ތާވަލު ކުރި "އިސްތިރީ" އާއި "ބައްތީ ގުލް މީޓަރު ޗާލޫ" އެވެ.
Shradhaa Kapoor ge 2 film eh dhuvaheggai
The most trusted news source in the Maldives
Mihaaru
ޝްރަދާގެ ދެ ފިލްމެއް މިދިޔަ އަހަރު ވެސް އެއް ދުވަހަކަށް ތާވަލު ކުރި.
އެހެންވެ ޝާހިދު ކަޕޫރާއި ޝްރަދާ ލީޑް ރޯލް ކުޅުނު "ބައްތީ ގުލް މީޓަރު ޗާލޫ" ސްކްރީނަށް ގެނައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ގަ އެވެ. އަދި މި ފަހަރު އަނެއްކާ ވެސް ހަމަ ތާރީހު އިޔާދަވެދާނެތޯ ސުވާލު އުފެދެ އެވެ.
"ސާހޯ" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. ސަބަބަކީ އެ ފިލްމަކީ "ބާހްބަލީ" ދެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު، ޕްރަބާސް ސްކްރީނަށް އަންނަ ފުރަތަމަ ފިލްމަށްވުމެވެ. އަދި މިއީ ބޮޑު ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. ހިންދީ، ތެލެގޫ އަދި ތަމަޅަ ބަހުން ނެރޭ ފިލްމުގެ ބަޖެޓަކީ 300 ކްރޯޑް ރުޕީސް (43 މިލިއަން ޑޮލަރު) އެވެ.
"ބަހުބަލީ 2"ގެ ރެކޯޑް "ސްތުރީ 2" މުގުރާލައިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކަރީނާ އާއި ޕްރަބާސް "ސްޕިރިޓް" އަށް؟
އާލިއާ އާއި އަޖޭ ޖެނުއަރީގައި ކުރިމަތިލުމަކަށް
އަކްޝޭ އާއި ޕްރަބާސްގެ ކުރިމަތިލުމެއް އަންނަ އަހަރު
"އާރްއާރްއާރް" ގެ ތާރީހާ ހެދި ބޯނީ ރުޅިގަދަވެއްޖެ
"އިސްތިރީ" ގެ ޓީމުން ފައިސާގެ މައްސަލަ ހައްލުކޮށްފި
"އާރްއާރްއާރް"ގެ ރައިޓްސް އަށް 27 މިލިއަން ޑޮލަރު؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަހަރުގެ އެންމެ ރަނގަޅު ފެށުން "ބާގީ 3" އަށް