14 ޖުލައި 2019
ޖަކާޓާ (ޖުލައި 14) - އިންޑޮނީޝިއާގެ އިރުމަތީގެ މަލަކޫ ޖަޒީރާތަކަށް ރިކްޓާ މިންގަނޑުން 7.3 ގެ ބާރުމިނުގެ ބިންހެލުމެއް މިއަދު އަތުވެއްޖެ އެވެ.
ޖަކާޓާ (ޖުލައި 14) - އިންޑޮނީޝިއާގެ އިރުމަތީގެ މަލަކޫ ޖަޒީރާތަކަށް ރިކްޓާ މިންގަނޑުން 7.3 ގެ ބާރުމިނުގެ ބިންހެލުމެއް މިއަދު އަތުވެއްޖެ އެވެ.
ބިންހެލުމާ އެކު އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވީ ނަމަވެސް ސުނާމީގެ އިންޒާރު ނެރެފައެއް ނުވެ އެވެ. ބިންހެލުން އައީ ނޯތު މަލުކޫ ޕްރޮވިންސްގެ ޓާނޭޓް ޓައުނަށެވެ. ބިންހެލުމުގެ އަސްލު ހުރީ 10 ކިލޯ މީޓަރު އަޑީގައި ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުންޏެވެ.
"އެއީ ފުދޭވަރަކަށް ބާރުގަދަ ބިންހެލުމެއް. ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު ބިރުން އިމާރާތްތަކުގެ ބޭރަށް ނުކުތް. ގިނަ މީހުން ތިބީ މަގުތަކުގެ މަތީގައި،" މަލުކޫގެ ޑިޒާސްޓާ މިޓިގޭޝަން އޮފިޝަލެއް ކަމަށްވާ މަންސޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިންހެލުމުގައި އެއްވެސް މީހަކު މަރުވެ އަދި އިމާރާތަކަށް ގެއްލުން ލިބުނުކަމުގެ ރިޕޯޓް އަދި ލިބިފައި ނުވާ ކަމަށެވެ.
އެ ޕްރޮވިންސަށް މިދިޔަ ހަފުތާގައި ވެސް ވަނީ 6.9 ގެ ބާރުމިނުގެ ބިންހެލުމެއް އައިސްފަ އެވެ. އެ ބިންހެލުމުގައި ވެސް މާބޮޑު ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑަށް މިދިޔަ އަހަރު އައި 7.5 ބާރުމިނުގެ ބިންހެލުމާއި އޭގެ ފަހުން އުފެދުނު ސުނާމީގައި ވަނީ 2،200 މީހުން މަރުވެ އިތުރު ހާހެއްހާ މީހުން ގެއްލިފަ އެވެ.
އިންޑޮނީޝިއާގެ ސުމަތުރާ އަށް ޑިސެމްބަރު 26، 2004 ގައި ރިކްޓާ މިންގަނޑުން 9.1 ގެ ބާރުމިނުގައި އައި ބިންހެލުމުގައި އުފެދުނު ސުނާމީގައި ވަނީ އެ ގައުމުން އެކަނި 170،000 މީހުން މަރުވެ އެވެ. އެ ސުނާމީގައި މުޅި ސަރަހައްދުން ވަނީ 220،000 މީހުން މަރުވެފަ އެވެ.
ސުމަޓްރާގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ:މެޓް
ޖާވާ އަށް އައި ބާރުގަދަ ބިންހެލުމުގައި 160 މަރު
ބިންހެލުމުގައި ވެއްޓުނު ތަންތަނުގެ ތެރޭގައި ހޮސްޕިޓަލެއް
ސުނާމީގެ އަސަރެއް ރާއްޖެއަކަށް ނުކުރާނެ: މެޓް
އިންޑޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
އިންޑޮނީޝިއާ އަށް ބިންހެލުމެއް އަތުވެއްޖެ
އިންޑޮނީޝިއާގެ ޖާވާއާއި ބާލީއަށް ބިންހެލުމެއް އަތުވެއްޖެ
ސުނާމީގައި ގެއްލުނު މީހުންގެ އަދަދު 5000 އަށް
ބިންހެލުން އައި ސިޓީން އަލިފާން ފަރުބަދައެއް ގޮވައިފި
ބިންހެލުމާއި ސުނާމީގައި މަރުވި މީހުންގެ އަދަދު 1300 އަށް