ގދ. ރަތަފަންދޫ ސިއްހީ މަރުކަޒަށް ރޭ ގެންދިޔަ މީހަކު މަރުވުމުގެ ފަހަތުގައި ޝައްކުތަކެއް އުޅޭތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
03 ޖުލައި 2019
ގދ. ރަތަފަންދޫ ސިއްހީ މަރުކަޒަށް ރޭ ގެންދިޔަ މީހަކު މަރުވުމުގެ ފަހަތުގައި ޝައްކުތަކެއް އުޅޭތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އުމުރުން 44 އަހަރު އަންހެނަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ރަތަފަންދޫ ކައުންސިލުން ރޭ ދަންވަރު 2:44 ހާއިރު ދީފައިވާ ކަމަށެވެ. އަދި އެކަމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
ރަތަފަންދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވަނީ، އެ ރަށު ކައުންސިލް އިދާރާގެ އެޑްމިންގައި މަސައްކަތްކުރާ އާމިނަތު އިބްރާހިމް ނަމަކަށް ކިޔާ މީހެކެވެ.
ކައުންސިލްގެ ރައީސް ހުނައިފް އަސްލަމް ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމަށާއި ދަރިފުޅުގެ ގްރެޖުއޭޝަނަށް މާލެ ދާން ބޭނުންވާ ވާހަކަ މިދިޔަ ހޯމަ ދުވަހު އޭނާ ކައިރީގައި އާމިނަތު ބުނެފައިވާ ކަމަށެވެ. އޭރު އާމިނަތު އުޅުނީ އަތުގެ އިނގިލިތަކަށް ތަދުވެ ދަތަކަށް ތަދުވާތީ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކައުންސިލް އިދާރާގައި އާމިނަތު މަސައްކަތް ކުރާތާ 27 ވަރަކަށް އަހަރުވެއްޖެ އެވެ.
އާމިނަތު މަރުވިއިރު ހަތް ކުދިންނާއި ފިރިއެއް ދުނިޔޭގައި އެބަހުއްޓެވެ. އެންމެ ހަގު ކުއްޖާގެ އުމުރަކީ ހަތަރު އަހަރެވެ.
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
ރިސޯޓެއްގައި މަރުވި ޒުވާނެއްގެ އޮޓޯޕްސީ ހަދަނީ
އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
މަރުވެފައި އޮތީ ނޭޕާލް މީހެއް، ތުހުމަތުކުރެވޭކަމެއް ނެތް
މަރުވެފައި އޮއްވައި ފެނުނީ ބިދޭސީއެއް ކަމަށް ބެލެވޭ
ވޯޓާ ތީމް ޕާކުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި
ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ