02 ޖުލައި 2019
ލަންޑަން (ޖުލައި 2) – އޭނާ އުފަންވުމުގެ ކުރިން ވިމްބަލްޑަން ޗެމްޕިއަންކަން ދެ ފަހަރު ހޯދި އެމެރިކާގެ ވީނަސް ވިލިއަމްސްގެ މައްޗަށް އެ މުބާރާތުގެ ކޮލިފައިންގައި ކުރި ހޯދައި އެމެރިކާގެ އުމުރުން 15 އަހަރުގެ ކޯރީ ގޯފް ކުޅިވަރުގެ ދުނިޔެ ހައިރާންކޮށްލައިފި އެވެ.
ލަންޑަން (ޖުލައި 2) – އޭނާ އުފަންވުމުގެ ކުރިން ވިމްބަލްޑަން ޗެމްޕިއަންކަން ދެ ފަހަރު ހޯދި އެމެރިކާގެ ވީނަސް ވިލިއަމްސްގެ މައްޗަށް އެ މުބާރާތުގެ ކޮލިފައިންގައި ކުރި ހޯދައި އެމެރިކާގެ އުމުރުން 15 އަހަރުގެ ކޯރީ ގޯފް ކުޅިވަރުގެ ދުނިޔެ ހައިރާންކޮށްލައިފި އެވެ.
ދުނިޔޭގެ 44 ވަނައިގައި އޮތް ވިލިއަމްގެ މައްޗަށް 313 ވަނައިގައި އޮތް ގޯފް ކުރި ހޯދުމާ އެކު އޭނާ ވެފައިވަނީ ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް ޓެނިސް މުބާރާތުގެ މެއިން ޑްރޯ އަށް ކޮލިފައިވި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އަދި ގޯފް އަށް ވުރެ 24 އަހަރު ދޮށީ ވީނަސް އަތުން 6-4، 6-4 އިން ހޯދި މޮޅާ އެކު ގޯފް އަށް ދެން ލިބުނު ޝަރަފަކީ، ގްރޭންޑް ސްލޭމް މުބާރާތެއްގެ މެއިން ޑްރޯ އަށް ކޮލިފައިވި އެންމެ ހަގު އަންހެން ކުޅުންތެރިޔާ އަށް ވުމެވެ.
ގޯފް ބުނީ އޭނާ އަށް އެންމެ ފަހުން ރޮވުނީ "އެންޑްގޭމް" ފިލްމުގައި އަޔަންމެން މަރުވުމުން ކަމަށާއި މިއީ މެޗަކުން މޮޅުވުމަށް އޭނާ ރުފި ފުރަތަމަ ފަހަރު ކަމަށެވެ.
"އަހަންނަށް ނޭގޭ މިކުރެވޭ އިހުސާސް ކިޔައިދޭނެ ގޮތެއް."
މުބާރާތުގެ ދެ ވަނަ ބުރުގައި ގޯފް ވާދަކުރާނީ އޭނާ އަށް ވުރެ 15 އަހަރު ދޮށީ ކުޅުންތެރިޔެއް ކަމަށްވާ ސްލޮވާކިއާގެ މަގްޑަލެނާ ރައިބަރިކޮވާއާ އެވެ. މި ކާމިޔާބީއާ އެކު އޭނާ ދެން ބޭނުންވަނީ ވިމްބަލްޑަން ކާމިޔާބުކުރާށެވެ.
"އަހަރެންގެ އަމާޒަކީ މުބާރާތް ކާމިޔާބުކުރުން. އަހަރެން ކުރިން ވެސް ބުނިން، އަހަރެން ބޭނުންވަނީ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާށޭ. އަހަރެންގެ އުމުރުން އަށް އަހަރުގައި ބައްޕަ ބުނި އަހަންނަށް މިކަންވާނެޔޭ،" ގޯފް ބުންޏެވެ.
ގޯފް ކުޑައިރުން ފެށިގެން ވީނަސް އާއި އޭނާގެ ކޮއްކޮ ސެރީނާ ވިލިއަމްސް އަށް ސަޕޯޓްކުރެ އެވެ. އެކަމަކު މެޗުގެ ތެރޭގައި އެފަދަ އެއްވެސް ޖަޒުބާތެއް އޭނާގެ އަޒުމުގެ މައްޗަށް ގަދަވިޔަނުދޭން މަސައްކަތް ކުރި ކަމަށް ގޯފް ބުންޏެވެ. ގޯފް އުފަންވުމުގެ 10 އަހަރު ކުރިން، 1994 ވަނަ އަހަރު ޕްރޮފެޝަނަލް ޓެނިސް ކެރިއަރު ފެށި ވީނަސް ވަނީ ގޯފް އަށް ހިތްވަރުދީފަ އެވެ.
ރޮޖާ ފެޑެރާގެ އެހީއާ އެކު މިދިޔަ އަހަރުގެ ފްރެންޗް އޯޕަން ޖޫނިއާ މުބާރާތް ކާމިޔާބުކުރި ގޯފް ވަނީ ވިލިއަމްސްގެ ދެބެއިންގެ ޓެނިސް ކޯޓުގައި ދެއްކި މޮޅު ކުޅުމުން އޭނާ އަށް ކުޑައިރު ލިބުނު ހިތްވަރު ފާހަގަކޮށް އެކަމަށް ޝުކުރުއަދާކޮށްފަ އެވެ.
"ވީނަސް ބުނި މަރުހަބާއޭ ކުރިއަށްދާށޭ. އަހަރެން އޭނާ އަށް ޝުކުރުއަދާކުރިން. އޭނާ އާއި އޭނާގެ ކޮއްކޮ ވެފައިވަނީ އަހަންނާއި އަދި އެތައް ކުދިންނަށް ބަތަލުންނަށް،" ގޯފް ބުންޏެވެ.
އަލްކަރާޒްގެ އަމާޒު ލެޖެންޑުންނާ ގާތަށް ޖެހިލުން
ކާފިއުއާ ހެދި ޖޮކޮވިޗަށް މެޗު ނިންމުނީ ދެ ދުވަހުން
ވިމްބެލްޑަނުން ރަޝިއާ ފެންނާނެ ކަމަށް މަރޭ އުއްމީދުކުރޭ
ނަޑާލް ތިން އަހަރު ފަހުން ފުރަތަމަ ފަހަރަށް ވިނަކޯޓަށް
ރަޝިއާ އަދި ބެލަރޫސް ކުޅުންތެރިންނަށް ވިމްބަލްޑަން މަނާ
ނިއު ޔޯކް ޓައިމްސްގައި ސެރީނާގެ ނުބައި ފޮޓޯއެއް
ތާރީހީ ފައިނަލުން ފެޑެރާ އަށް ދަސްވީ އާ ކަމެއް
ގްރާފްގެ ރެކޯޑާ ސެރީނާ ހަމަކޮށްފި
ވިމްބްލެޑަން އިން ކަޓައި ޖޮކޮވިޗްގެ އުއްމީދު ފެނަށް
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު