ވޮޝިންޓަން (ޖޫން 29) - އީރާނުގެ ތެޔޮ އެތެރެކުރާ ކޮންމެ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.
29 ޖޫން 2019
ވޮޝިންޓަން (ޖޫން 29) - އީރާނުގެ ތެޔޮ އެތެރެކުރާ ކޮންމެ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.
އީރާނަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ޚާއްސަ މަންދޫބު ބްރިއަން ހޫކް ވިދާޅުވީ އީރާނުގެ ތެޔޮ އެތެރެކުރަނީ ކޮން ގައުމުތަކެއްތޯ ބަލާނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ އީރާނުގެ ސާފުނުކުރާ ތެޔޮ ޗައިނާ އަށް ގެންދާކަމުގެ ރިޕޯޓްތަކެއް އާއްމުވުމާ ގުޅިގެންނެވެ.
"އީރާނުން ތެޔޮ ގަތުމަށް އެއްވެސް ގައުމަކަށް މިހާރު ލުއިދީފައެއް ނޯންނާނެ. އީރާނުގެ ތެޔޮ ގަންނަ ކޮންމެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން،" ލަންޑަނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހޫކް ވިދާޅުވި އެވެ.
އެމެރިކާގ ޑްރޯނެއް އީރާނުން ވައްޓާލުމާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މި ފިޔަވަޅުތައް ވަނީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށް ވެސް އަމާޒުކޮށްފަ އެވެ. އެކަމަކު ޚާމަނާއީ އަކީ ގައުމުން ބޭރުގައި އެއްވެސް މުދަލެއް ހުރި އަދި ގައުމުން ބޭރަށް ވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫނެވެ.
ޗައިނާ އިން ބުނެފައި ވަނީ އެމެރިކާ އިން ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް އީރާނުގެ ތެޔޮ އިމްޕޯޓް ކުރާނެ ކަމަށެވެ. ފޮރިން މިނިސްޓްރީގެ އާމްސް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް ފޫ ކޮންގް ވިދާޅުވީ ޗައިނާގައި ހަކަތައިގެ ޔަގީންކަން ގާއިމްވެފައި އޮތުން މާ މުހިންމު ކަމަށެވެ.
ވަގަށް ތެޔޮ ބޭރުކުރި ޓޭންކަރެއް އީރާނުން ހިފަހައްޓައިފި
ސައިބާ ހަމަލާތައް ދިނީ އެމެރިކާ އާއި އިޒްރޭލް: އީރާން
ޚާމަނާއީ: ހަނގުރާމައިން އެމެރިކާއަށް ލިބުނު މޮޅެއްނެތް
އީރާނަށް ލިބުނު ގެއްލުން އިޒްރޭލަށް އަދި ޔަގީނެއް ނުވޭ
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓޭ ވަރު ގެއްލުމެއްނެތް
"ފަހު ވަގުތު" ފުލުފުލުން އިޒްރޭލަށް ހަމަލާދީފި
އިރާނަށް އިތުރު ފިޔަވަޅުތަކެއް ޓްރަމްޕް އަޅުއްވަފާނެ
ހަމަލާތައް ހުއްޓާލަން އީރާނާއި އިޒްރޭލު އެއްބަސްވެއްޖެ
ގަތަރަށް ހަމަލާދޭންޖެހޭ ހަމައެއް ނެތް: ސައޫދީ
ހައްގަށް އަރައިގަންނަ ނަމަ ދެންވެސް ހަމަލާދޭނަން:އިރާން