26 ޖޫން 2019
ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހާޖަރާގޭ އަބްދުﷲ ލުތުފީ އަމިއްލަ އަށް ފުލުހުންގެ ބެލުދަށަށް ދިއުމުން ވެސް ރާއްޖެ ގެނައުން ލަސްވަނީ ގޮންޖެހުންތަކާ ހެދި ކަމަށް ބުނެ ކަމާބެހޭ އިދާރާތަކުން ދައްކަނީ ބަހަނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހާޖަރާގޭ އަބްދުﷲ ލުތުފީ އަމިއްލަ އަށް ފުލުހުންގެ ބެލުދަށަށް ދިއުމުން ވެސް ރާއްޖެ ގެނައުން ލަސްވަނީ ގޮންޖެހުންތަކާ ހެދި ކަމަށް ބުނެ ކަމާބެހޭ އިދާރާތަކުން ދައްކަނީ ބަހަނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ކަމަސްވާ ލުތުފީ އެމްބަސީ އަށް ގޮސް ހަވާލުވީ މިދިޔަ މަހުގެ 1 ގަ އެވެ. ނަމަވެސް އޭގެ ފަހުން ދެ މަސްވި އިރު ވެސް ސަރުކާރުގެ އިދާރާތަކުން އެކަން އާއްމުނުކޮށް ތިއްބައި ފަޅާއަރުވާލީ އުމަރެވެ.
އެއާއެކު ފުލުހުންނާއި ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ލުތުފީ ގެނައުން ލަސްވަނީ ބައިނަލްއަގުވާމީ އިޖުރާއަތުތައް ފުރިހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންނެވެ. އެއީ އޭނާ ހޯދަން އިންޓަޕޮލް އިން އިއުލާންކޮށްފައި ވުމާއި ސައްހަ ވިސާއަކާ ނުލައި ލަންކާގައި ދިރިއުޅުމުގެ އިތުރުން އދ. އިން ހިޔާމަތް ހޯދަން މަސައްކަތްކޮށްފައި ވާތީ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ، ލަންކާގައި އިތުރުން ލަންކާގައި ބޮމުގެ ހަމަލާތަކެއް ދީ އެ ގައުމުގެ ހާލަތު ގޯސްވެފައި އޮތް ދަނޑިވަޅަކަށް ވާތީ ވެސް އޭނާ ގެނައުމަށް ދިމާވި ހުރަސްތަކެއް ހުރި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އުމަރު ސިފަކުރެއްވި ގޮތުގައި، އެއީ ހުސް ބަހަނާ އެވެ.
އޭނާ ވިދާޅުވީ ލުތުފީ ހޯދަން އިންޓަޕޯލް އިން އިއުލާންކޮށްފައި އޮތުމަކީ އެއްވެސް ހުރަހެއް އަދި ތަހުގީގެއް ނެތި ކުށްވެރިޔާ ވަގުތުން ރާއްޖެ އަށް ފޮނުވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އުޒުރު ނުދައްކައި ލުތުފީ ރާއްޖެ ގެނައުމަށް އުމަރު ގޮވާލެއްވި އެވެ.
އެހެން ނޫން ނަމަ، އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ފުލުހުންގެ މައްޗަށް ތަންފީޒު އަމުރެއް ނެރެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރަކަށް އުމަރު ހުންނެވި އިރު ހާއްސަ ސަމާލުކަމެއް ދެއްވައިގެން ލުތުފީގެ މައްސަލަ ބެއްލެވި އެވެ. އޭނާ ހޯދާ މީހަކަށް 10،000 ޑޮލަރު ދޭން ވެސް ސަރުކާރުން އޭރު ހުށަހެޅި އެވެ.
ލުތުފީ ނުގެންނަން ބަހަނާ ދައްކާ ކަމަށް އުމަރު ވިދާޅުވި ނަމަވެސް ބައިނަލްއަގުވާމީ އިޖުރާއަތުތައް ފުރިހަމަކޮށް، ސްރީ ލަންކާ އާއި ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ވީ އެންމެ އަވަހަކަށް އޭނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް އިއްޔެ ވިދާޅުވި ގޮތުގައި، ދެ ދުވަހެއްގެ ތެރޭގައި ލުތުފީ ރާއްޖެ ގެނެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. ހުކުމް ތަންފީޒުކުރަން އޭނާ ހަވާލުކުރާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ކަމަށާއި އޭނާ ފިލި މައްސަލަ ވަކިން ތަހުގީގުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރުވެފައިވާ ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ ތެރެ އަށް ވަދެގެންނެވެ.
ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
ލުތުފީ އަށް ފާރަލި ކޮންމެ ފަހަރަކު ފިލީ: އުމަރު
ލުތުފީގެ މައްސަލަ، ސަރުކާރުން ސިއްރުކުރީ ކީއްވެ؟
ލުތުފީ ގެންނަން ކުރާ މަސައްކަތް ކިޔައިދޭންޖެހޭ: ހަސަން
ލުތުފީ އެމްބަސީގައި ހުރިކަން ލަންކާ ފުލުހުންނަށް ނޭނގޭ
ލުތުފީ ފޮރުވި މައްސަލައިގައި މާފަށް އެދެންޖެހޭ:ޕީއެންސީ
ލުތުފީގެ މައްސަލައިގައި އެންމެ ފަހުން ބަޔާނެއް ނެރެފި
ތިން ޕޮލިސް ކޮމިޝަނަރުން އުމަރާ އެއްކޮޅަށް!
"ލުތުފީ އެމްބަސީއަށް ދިޔައީ ބޮން ގޮއްވުމުގެ ކުރިން"
ލުތުފީ މައްސަލާގައި ކުރީ ދެ ސަރުކާރުން އަޅާނުލި:ޕޮލިސް
ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ ދެ މަސް