21 ޖޫން 2019
ހަފުތާއަކު ދޭއް ނުވަތަ އެއަށް ވުރެ ގިނައިން ޔޯގަޓް ކެއުމުން، ބަނޑުގެ ކެންސަރުތަކާ ދުރުކޮށްދޭ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ހަފުތާއަކު ދޭއް ނުވަތަ އެއަށް ވުރެ ގިނައިން ޔޯގަޓް ކެއުމުން، ބަނޑުގެ ކެންސަރުތަކާ ދުރުކޮށްދޭ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
އެ ދިރާސާގައި ބުނީ ޔޯގަޓްގެ ސަބަބުން ފިރިހެނުންނަށް ކޮލޯން ކެންސަރު ޖެހުމުގެ ފުރުސަތު 26 ޕަސަންޓަށް ދަށްވާ ކަމަށެވެ. އަދި ޔޯގަޓަކީ ސިއްހަތަށް ވެސް ވަރަށް ވެސް ފައިދާއެއް ހުރި އެއްޗެއް ކަމަށް ބުނެފައިވެ އެވެ..
ގަޓް ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ ވޮޝިންޓަން ޔުނިވަސިޓީ ޓީމަކުން މި ދިރާސާ ހަދާފައި އާންމުކޮށް ޔޯގަޓް ކާ 33،000 ފިރިހެނުންނާއި 56،000 އަންހެނުންނާ ބެހޭ މައުލޫމާތު އެއްކޮށް ކުރުމަށް ފަހު އެވެ. އެގޮތުން އާދަކޮށް ޔޯގަޓް ކާ ފިރިހެނުން ކޮލޯން ކެންސަރުތަކުން ރައްކާތެރިކޮށް ދޭން އެހީއަކަށް ވިޔަސް، މިކަން މިގޮތަށް އަންހެނުންނަށް ދިމާނުވާކަން ދިރާސާ އިން ފާހަގަކުރެވިފައިވެ އެވެ.
ދިރާސާގައި ބައިވެރިވި ޕްރޮފެސަރު ޑރ. އެންޑްރޫ ޗަން ވިދާޅުވީ ޔޯގަޓަކީ ކެންސަރުން ރައްކާތެރިކޮށްދޭން ބާރު އަޅާ ގިނަ މާއްދާތަކެއް އެކުލެވޭ އެއްޗެއް ކަމަށެވެ. އެގޮތުން ފައިދާ ހުރި ބެކްޓީރިއާތައް ކަމަށްވާ ލެކްޓޮބެސިލަސް އާއި ބަލްގޭރިކަސް ގިނަ އަދަދަކަށް ޔޯގަޓްގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"މީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ބެކްޓްރީތައް ނައްތާލަން އެހީވެދޭ،" އެންޑްރޫ ވިދާޅުވި އެވެ. "އަދި މި ބެކްޓީރިއަތަކުގެ ސަބަބުން ކޮލޯންގައި އުފެދޭ އެކި ކަހަލަ ކެމިކަލްތަކުން ވެސް ރައްކާތެރިކޮށްދޭ."
އޭނާ ފާހަގަކުރެއްވި ގޮތުގައި ޔޯގަޓަކީ އިންފްލަމޭޝަންތަކާ ދެކޮޅަށް ވެސް މަސައްކަތްކުރާ އެއްޗެކެވެ.
"މުޅި ދިރާސާގެ ނަތީޖާ އަށް ބަލާ އިރު ހާމަވާ ކަމަކީ ބަނޑުގެ ދުޅަހެޔޮ ކަމަށް ވަރަށް ވެސް ފައިދާ ހުރި އެއްޗެއްކަން ޔޯގަޓަކީ. އަދި މީގެ ފައިދާ ވަކިން ހާއްސަކޮށް ފިރިހެނުންނަށް ބޮޑުކަން،" އެންޑްރޫ ވިދާޅުވި އެވެ. "އެހެންވެ ޔޯގަޓް އާދަކޮށް ކެއުމަކީ ވަރަށް ވެސް މުހިއްމު ކަމެއް."
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ފުޓްބޯޅާގައި ބޮލުންޖެހުން މަނާކުރުމުގެ ލަފައެއް
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
ރަހިމުގެ ކެންސަރާ ދެކޮޅަށް އެޗްޕީވީގެ އެންމެ ޑޯޒެއް
ދުޅަހެޔޮ ދިރިއުޅުމަކުން އުމުރު ދިގުވޭ
މޫނުގައި ޖަހާ ފުށުން ރަހިމުގެ ކެންސަރު ޖެހޭތަ؟
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި
ކުޑަކަމުދާ ތަކެތިން ޕްރޮސްޓޭޓް ކެންސަރު ދެނެގަންނަނީ
ކެންސަރަށް "އޮލްޓަނޭޓިވް" ފަރުވާ ރައްކާތެރިއެއް ނޫން