17 ޖޫން 2019
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު ގާނޫނުއަސާސީން ދީފައިވާ މުއައްސަސާ ކަމަށް ވާއިރު އެ މުއައްސަސާ ޖަވާބުދާރީ ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު ގާނޫނުއަސާސީން ދީފައިވާ މުއައްސަސާ ކަމަށް ވާއިރު އެ މުއައްސަސާ ޖަވާބުދާރީ ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓާއި ޖޭއެސްސީއާ ދެމެދު ފެށިފައިވާ ކޯޅުމާ ގުޅިގެން ރައީސް ފުރަތަމަ ފަހަރަށް ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެ ކޮމިޝަނަކީ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު ގާނޫނުއަސާސީން ދީފައިވާ މުއައްސަސާ ކަމަށް ވާއިރު، އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ބާރު ދައުލަތުގެ އެއްވެސް ބާރަކަށް ނޯންނާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީ ގައި ކަނޑައަޅާފައިވާ ކަންކަމާ ޚިލާފަށް ދައުލަތުގެ އެއްވެސް ބާރަކަށް އަމަލު ނުކުރެވޭނެ އެވެ. އަދި ވިދާޅުވީ، ގާނޫނުއަސާސީގެ ހަމަތައް ނަގަހައްޓަން ކުރަންޖެހޭ ކަންކަން ފަސްޖެހުމެއް ނެތި ކުރައްވާނެ ކަމަށެވެ.
ރައީސް އެގޮތަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ނެރެފައި ވަނިކޮށެވެ. ޖޭއެސްސީން ނިންމާފައިވަނީ އެ އަމުރު ނެރުނަސް ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.
"ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަގީންކަން ވެސް ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލް ޖުމްހޫރިއްޔާ އަރުވަ އެވެ،" ރައީސް އޮފީސް
އެކަމާ ގުޅިގެން ރައީސް ނެރުއްވި ބަޔާނެއްގައި ވަނީ ދައުލަތުގެ ތިން ބާރުގެ އިތުރުން ގާނޫނުއަސާސީގެ ދަށުން އުފެދިފައި ހުރި މުއައްސަސާތަކަކީ ވެސް އެ މުއައްސަސާތަކުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ތަންތަން ކަމަށެވެ. އަދި އެ މުއައްސަސާތަކުގެ މައްޗަށް ވެސް ދައުލަތުގެ ތިން ބާރުގެ ތެރެއިން ބާރަކަށް ބާރު ނުފޯރުވޭނެ ގޮތަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޖޭއެސްސީއަކީ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ބާރު ގާނޫނުއަސާސީން ދީފައިވާ މުއައްސަސާ ކަމަށް ވާއިރު އެ މުއައްސަސާ ޖަވާބުދާރީ ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށާއި އެހެންވެ، އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ބާރު ދައުލަތުގެ އެއްވެސް ބާރަކަށް ނޯންނާނެ ކަމަށް ރައީސްގެ ބަޔާނުގައިވެ އެވެ. އަދި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަގީންކަން ވެސް ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލް ޖުމްހޫރިއްޔާ އަރުވަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
އެ ބަޔާނުގައި ރައީސް ގޮވާލެއްވީ ދައުލަތުގެ ހުރިހާ ބާރުތަކާއި މުއައްސަސާތަކުން ވެސް ގާނޫނުއަސާސީ އަށް އިހްތިރާމްކޮށް، ދައުލަތް ހިންގުމުގެ ނިޒާމަށް ބުރޫ އަރާފާނެ ހުރިހާ ކަމަކުން ދުރުވުމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ބަލައިގަތުމަށް ޖޭއެސްސީން ދެކޮޅު ހެދުމުން ސުޕްރީމް ކޯޓުން ވަނީ އިތުރު އަމުރެއް މިއަދު ނެރެ، ކުރީގެ އަމުރާ ޚިލާފަށް ކުރާ ހުރިހާ ކަމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައިފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރެއް އޮތުމުން ފަނޑިޔާރު ޑީޑީ މިހާރު ގެންދަވަނީ ރަސްމީ މަސައްކަަތަށް ނިކުމެ ވަޑައިގަންނަވަމުންނެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރަނީ ހެޔޮ ނިޔަތުގައި: ރައީސް
ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރާކަށްނުފެނޭ: ޖޭއެސްސީ
ސުޕްރީމް ކޯޓަށް ފާއިޒް އައްޔަންކުރަން ލަފައަކަށް އެދެފި
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
ސުޕްރީމް ކޯޓަށް މަހާޒް އައްޔަން ކުރަން ފޮނުވައިފި
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"