12 ޖޫން 2019
ނުވަ ރަށެއްގެ ފެނާއި ނަރުދަމާގެ މަސަައްކަތް ސަަރުކާރުން މިއަދު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ.
ނުވަ ރަށެއްގެ ފެނާއި ނަރުދަމާގެ މަސަައްކަތް ސަަރުކާރުން މިއަދު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތްތަައް ހަވާލުކުރީ ތިން ކުންފުންޏަކަށެވެ. އެއް ކުންފުންޏަކީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެކެވެ. އަނެއްް ކުންފުންޏަކީ އަޒްރޯވާ ޕްރައިވެޓް ލިމިޓެޑާއި ވޯޓާ އިންޖިނިއަރިން ސާވިސަސް އެފް ޒެޑް އީ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. އަދި ތިން ވަނަ ކުންފުންޏަކީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. އެ ތިން މަސައްކަތްތަކުގެ ޖުމްލަ އަގަކީ 212.4 މިލިޔަން ރުފިޔާ އެވެ.
މަސައްކަތް ހަވާލުކުރަން ތިން ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުންތަކުގައި ވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
މިއަދު މަސައްކަތް ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން މޯހަން މުތާއެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއާ ހަވާލުކުރީ ބ.ހިތާދޫ، ރ.ރަސްގެތީމް، ށ. ފޯކައިދޫ، ށ. ކަނޑިތީމު އަދި ތ. ވަންދޫގެ ފެނާ ނަރުދަމާ އެޅުމުގެ މަސަައްކަތެވެ. އެ ރަށްތަކުގެ މަސަައްކަތް ހަަވާލުކުރީ އަމިއްލައަށް ޑިޒައިންކޮށް ކުރިއަށް ގެންދާ ގޮތަށް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެ ކުންފުންޏާ ހަވާލުކުރި ރަށްތަކުގެ ތެރެއިން ބ. ހިތާދޫގެ ޕްރޮޖެކްޓުގެ އަގަކީ 35.3 މިލިޔަން ރުފިޔާ އެވެ. ރ. ރަސްގެތީމު ޕްރޮޖެކްޓުގެ އަގަކީ 24.2 މިލިޔަން ރުފިޔާ އެވެ. ށ.ފޯކައިދޫ ޕްރޮޖެކްޓުގެ އަގަކީ 16.9 މިލިޔަން ރުފިޔާ އެވެ. ށ. ކަނޑިތީމަށް 17.9 މިލިޔަން ރުފިޔާ އަދި ތ. ވަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތްކަތުގެ އަގަކީ 20.8 މިލިޔަން ރުފިޔާ އެވެ. އެ މަސައްކަތްތަކުގެ އެއްބަަސްވުންތަކުގައި ކުންފުނީގެ ފަރާތުުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ކޭއާރު ސާޖީ އެވެ.
އަޒްރޯވާ ޕްރައިވެޓް ލިމިޓެޑާއި ވޯޓާ އިންޖިނިއަރިން ސާވިސަސް އެފް ޒެޑް އީ ގުޅިގެން އުފައްދާފައިވާ ކުންފުންޏާ ހަވާލުކުރީ ރ. ވާދޫ، ށ.ކޮމަންޑޫ، ށ. ކޮމަންޑޫ އަދި ތ. ކަނޑޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތެވެ.
މީގެ ތެރެއިން ރ. ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އަގަކީ 19.2 މިލިޔަން ރުފިޔާ އެވެ. ށ. ކޮމަންޑޫގެ މަސައްކަތުގެ އަގަކީ 23.5 މިލިއަން ރުފިޔާ އަދި ތ. ކަނޑޫދޫގެ މަސައްކަތުގެ އަގަކީ 19.2 މިލިޔަން ރުފިޔާ އެވެ. އެ މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި ކުންފުނީގެ ފަރާތުުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު މަދޫސަންކާ ކަރުނަ އެވެ.
ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ށ. މަރޮށީގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރީ 35.3 މިލިޔަން ރުފިޔާ އަށެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސްޓެޓިކް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޕްރޮޖެކްޓް އެންޑް އަކުއާރީފް އިބްރާހީމް ޝަހުދެވެ.
ފެނާއި ނަރުދަމާގެ މަސައްކަތް މިއަދު ހަވާލުކުރި ރަށްތަކުގެ މަސައްކަތްތަކަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.
އަސްލަމް ވިދާޅުވީ، ބްރިޖުގެ މަސައްކަތް ލަސްކަމަށް!
މަސައްކަތް ގިނަކަމުން ސަރުކާރު އޮތީ އޯވަލޯޑްވެފައި!
އަސްލަމް އައްޑުއަށް ވަޑައިގެން ހައްލުތަކާ ދިމާއަށް!
މިނިސްޓަރު އަސްލަމް ދުވަސްކޮޅަކަށް އައްޑުއަށް ބަދަލުވަނީ
ޖަޒީރާ ރަށްތަކަކީ ތަރައްގީއަށް ހުރަހެއް ނޫން: އަސްލަމް
"ހަ އެއާޕޯޓް އަޅަން 12 ޕްރޮޕޯސަލެއް ވަނީ ލިބިފައި"
ނުފޫޒުގެ ތުހުމަތަށް ސަރުކާރުން ދެއްކީ 25 މަޝްރޫއު
ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލަން އެމްޓީސީސީއަށް
ރައީސް އިތުރު ދައުރެއްގައި ހުންނަވާނެ: އަސްލަމް
ގިނަ މަޝްރޫއުތަކުން މި ހަތަރު ރަށަށް ހިތްހަމަޖެހުން