27 މެއި 2019
ސްރީ ލަންކާގައި ބޮމުގެ ހަމަލާތައް ދިން، އައިއެސް ޖަމާއަތާ ގުޅުން ހުރި މީހުން ހޯދުމަށް ސިފައިން ހިންގާ ހަރަކާތްތަކުގައި މިދިޔަ ހަތަރު ދުވަސް ތެރޭ 100 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް އާދިއްތަ ދުވަހު އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގައި ބޮމުގެ ހަމަލާތައް ދިން، އައިއެސް ޖަމާއަތާ ގުޅުން ހުރި މީހުން ހޯދުމަށް ސިފައިން ހިންގާ ހަރަކާތްތަކުގައި މިދިޔަ ހަތަރު ދުވަސް ތެރޭ 100 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް އާދިއްތަ ދުވަހު އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އަސްކަރިއްޔާގެ އޮފިޝަލަކާ ހަވާލާދީ ލަންކާގެ ނޫސްތަކުން ބުނީ މިދިޔަ މަަހު 250 އަށް ވުރެ ގިނަ މީހުން މަރުވި ހަމަލާތަކަށް ފަހު ކޮލަމްބޯ އެހެން ބައެއް މުހިންމު ސަރަހައްދުތަކުގައި ސިފައިންގެ ތިން ހާހެއްހާ މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ސަރަހައްދުތައް ބަންދުކޮށް ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް މި މަހުގެ 23 ގައި ފެށި ފަހުން މިހާތަނަށް 100 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ތިން ދުވަހު ވެސް، ޝައްކު ކުރެވޭ 87 މީހަކު ހައްޔަރުކޮށް ތަހުގީގުކުރުމަށް ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.
"ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު މިހާރު ސަތޭކަ އަށް އަރާފާނެ،" ހައްޔަރުކުރި އެންމެންހެން އެއީ މަނާ ހަތިޔާރާއި ޑްރަގްސް ފެނިގެން ހައްޔަރުކުރި މީހުންކަން ފާހަގަކުރައްވަމުން އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން ލަންކާގައި ހަމަލާ ދިން، އައިއެސްއާ ގުޅުން އޮންނަ ނެޝަނަލް ތައުހީދު ޖަމާއަތާއި ހަނގުރާމަވެރި އެހެން ޖަމާއަތްތަކުގެ ޕްރޮޕަގެންޑާ ވީޑިއޯ ފަދަ ތަކެތި ފެނިގެން ވެސް ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ.
ސިފައިންގެ އޮޕަރޭޝަންތަކުގައި، އެންމެ ފަހުން މުސްލިމުންނާ ދެކޮޅަށް އެންމެ ވަރުގަދަ އަށް ހަމަނުޖެހުން ހިންގި ސަރަހައްދުތައް ވެސް ފާސްކޮށްފައިވެ އެވެ.
ހަމަލާތަކަށް ފަހު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާއިރު ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އަލުން އެއް މަސް ދުވަހަށް އިތުރުކޮށްފަ އެވެ.
އީސްޓާ ހަމަލާގައި 3 މީހަކަށް އެމެރިކާއިން ދައުވާކޮށްފި
ލަންކާގެ ހަމަލާއާ ގުޅުން ހުރި ހަތަރު ދިވެއްސަކު ހޯދަނީ
ލަންކާގައި ހަމަލާދިން މީހުންނަށް ޖާސޫސުން ހަރަދުކުރި
ބޮމުގެ ހަމަލާ އަށް ފަހު ލަންކާގެ ޝަންގްރިއްލާ ހުޅުވަނީ
ލަންކާގައި ހަމަލާދެވުނީ ރައީސްގެ ސަބަބުން ކަމަށް ބުނެފި
ހަމަލާ ދިން މީހުންގެ އަތުގައި 134 މިލިއަން ރުޕީސް
ދެ ދިވެހިންގެ ބަންދު މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
ލަންކާގެ ތަނެއްގައި ދިވެހިންނަށް ނުތިބެވޭނެކަމަށް ބުނެފި
ލަންކާގައި ހައްޔަރުކުރި ހަތަރު ދިވެއްސަކު ދޫކޮށްލައިފި
ދެހިވަލަ ހޮޓެލް ގޮއްވާލި މީހާގެ އަމާޒަކީ ތާޖު!