23 މެއި 2019
ހުޅުމާލޭ ފަޅުތެރޭގައި އޮތް އެމްޓީސީސީ ލޯންޗެއްގެ ބެޓެރީ ގޮވި ހާދިސާގައި ފިހުނު މީހާގެ ހާލު ސްޓޭބަލް ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް އެމްޓީސީސީ ލޯންޗެއްގެ ބެޓެރީ ގޮވި ހާދިސާގައި ފިހުނު މީހާގެ ހާލު ސްޓޭބަލް ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި އެންމެ ބޮޑު ޒަހަމްތަކެއް ލިބިފައި ވަނީ ހދ. ވައިކަރަދޫ، ނޫރީގެ އަލީ އިމްރާނަށެވެ. މި ހާދިސާގައި އޭނާގެ ހަށިގަނޑުގެ 30 ޕަސެންޓް ފިހުނު އިރު އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އޭޑީކޭގަ އެވެ. އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އަފްއާލް މިއަދު ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
އެމްޓީސީސީގެ "އެކްސްޕްރެސް 1" ލޯންޗުގެ ސްވިޗް ބަދަލުކުރަން އުޅެނިކޮށް ހިނގި މި އެކްސިޑެންޓުގައި އިމްރާނުގެ އިތުރުން ދެ މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބުނެވެ. ނަމަވެސް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ އޭގެ ތެރެއިން އެކަކެވެ. އަދި އެ މީހާއަށް ފަރުވާ ދިނުމަށް ފަހު ހަމަ އެ ދުވަހު ދޫކޮށްލި ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވި އެވެ.
އިމްރާނަށް އިތުރު ފަރުވާ ދޭން އޭޑީކޭ އަށް ބަދަލުކުރީ އިއްޔެ އެވެ. އޭނާގެ ފަރުވާގެ ކަންތައް ބަލަމުން އަންނަނީ އެމްޓީސީސީން ކަމަށް އިމްރާންގެ އާއިލާއިން ބުންޏެވެ.
ބެޓަރީ ގޮވައިގެން ފިހުނު މީހާ އޭޑީކޭ އަށް ބަދަލުކޮށްފި
ލޯންޗެއްގެ ބެޓެރީ ގޮވައި، ތިން މީހަކު ޒަހަމްވެއްޖެ
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި އެކަކު އައިސީޔޫގައި
ހައިވޭގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހުނު މީހާގެ ހާލު ދެރަ
ހުޅުމާލޭ އެކްސިޑެންޓާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
ހުޅުމާލެ އެކްސިޑެންޓް: އަނިޔާވި ފިރިމީހާ މަރުވެއްޖެ
ހިޔާ ފްލެޓް ސަރަހައްދަށް އިތުރު ބަސް ސްޓޮޕެއް