14 މެއި 2019
މިއީ ދިވެހިންނާ ވަރަށް ގުޅޭ ވާހަކައަކަށް ވާނެ އެވެ. ކޮންމެ ދިމާލަކަށް ނުކުތަސް ދިވެހިންނަށް ފެންނާން އޮންނާނީ މޫދާއި ކަނޑެވެ.
މިއީ ދިވެހިންނާ ވަރަށް ގުޅޭ ވާހަކައަކަށް ވާނެ އެވެ. ކޮންމެ ދިމާލަކަށް ނުކުތަސް ދިވެހިންނަށް ފެންނާން އޮންނާނީ މޫދާއި ކަނޑެވެ.
އާ ދިރާސާއެއްގައި ބުނާ ގޮތުން ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށް ކަނޑާއި މޫދާއި މޫދުގެ ހިތްގައިމުގެ މަންޒަރުތަކާއި ރާޅުތަކުގެ އަޑުން ހިތްހަމަޖެހުން ގެނެސްދެ އެވެ.
ހެލްތު އެންޑް ޕްލޭސް ޖާނަލްގައި ޝާއިއުކޮށްފައިވާ ނިއު ޒިލެންޑްގެ ކެންޓަބަރީ ޔުނިވަސިޓީ އާއި އެމެރިކާގެ މިޝިގަން ސްޓޭޓް ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށް ނޫ ކުލައިން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބެ އެވެ. އެގޮތުން މޫދާއި ކަނޑު ފެންނަ ހިސާބަށް ނުކުތުން ސިކުނޑި އާއި ހިތަށް ލުއިވެ، އަރާމުކަން އިހުސާސް ކުރެވެ އެވެ.
މި ދިރާސާ ހަދާފައި ވަނީ ދެ ދެ ކުލައެއް ބޭނުންކޮށްގެން، ދެ ގްރޫޕަކަށް ދެ ޖިންސްގެ މީހުންގެ އުމުރާއި ތަނަވަސްކަމުގެ މިންވަރަށް ބަލައި ބަހާލައިގެންނެވެ. ދެ ކުލަ އަކީ ފެއްސާއި ނުލެވެ. ނޫ ކުލައާ ގުޅުވީ ކަނޑާއި މޫދު ފަދަ ތަންތަނެވެ. ފެއްސާ ގުޅުވީ ޕާކްތަކާއި އަދި އެ ނޫން ވެސް ފެހިކަން ގަދަ ދަނޑުތައް ކަހަލަ ތަންތަނެވެ.
ދިރާސާ އިން ފާހަގަކުރެވުނު ގޮތުގައި ނޫކުލަ އަށް ހިތް ކީ މީހުންގެ ނިސްބަތް މަތިވެފައި، އެ މީހުންނަށް ނަފުސާނީ ގޮތުން ލިއްބައިދިން ހަމަޖެހުން އެ ކުލައިން އިން ފެއްސަށް ވުރެ ބޮޑެވެ.
އަންހެނަކު މޫދެއްގެ އައްސޭރި ފަށުގައި.
އެގޮތުން ނަފުސާނީ އެކި ކަހަލަ މައްސަލަތައް ހުންނަ މީހުންގެ ހާލަތު މޫދާއި ކަނޑު ފެންނަ ހިސާބަށް ނުކުތުމުން "ޕޮޒިޓިވްކޮށްދޭ" ކަމަށް ފާހަގަ ކުރެވުނެވެ. އަދި ފިކުރާއި ހާސްކަމާއި ނުތަނަވަސްކަމުން ވަށާލާފައިވާ ވަގުތެއްގައި އެފަދަ ތަނަކަށް ނުކުމެ ވަގުތުކޮޅެއް ހޭދަކޮށްލުމުން ނަފުސަށް އުފާވެރިކަން ގެނެސްދެ އެވެ.
ނަމަވެސް ދިރާސާ ހެދި ޓީމްގައި ހިމެނޭ އެމްބާ އެލް ޕިއާޒަން ވިދާޅުވި ގޮތުގައި ނޫ ކުލަ އާއި އިންސާނާގެ ސައިކޮލިޖީއާ ހުރި ގުޅުން އިތުރަށް ކަށަވަރު ކުރުމަށް، އިތުރު ހޯދުންތަކެއް ހޯދަން ޖެހެ އެވެ.
ޑިޕްރެޝަނާ ދެކޮޅަށް ތާޒާ މޭވާ އާއި ތަރުކާރީ
ނަފްސާނީ މައްސަލަތަކާ ދެކޮޅަށް މޭވާ އާއި ތަރުކާރީ
ފިރިހެނުންނަށް ވުރެ އަންހެނުންގެ ސިކުނޑި ޒުވާން
ސޯޝަލް މީޑިއާގެ ގެއްލުން ބޮޑީ އަންހެން ކުދިންނަށް
ބިރުވެރި ހުވަފެނަކީ ނަފުސާނީ ބަލީގެ އަލާމާތަކަށް ވެދާނެ
އައިސީޔޫން ނަފްސާނީ މައްސަލަތަކުގެ ބިރު
ނަފްސާނީ ބަލީގެ ހާލަތު ނުރައްކާ، އޯގާތެރިކަން އިސްކުރޭ
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ
ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި