12 މެއި 2019
ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ކިލޯއެއްގެ އަގު 1300ރ. އަށް ވުރެ ވެސް މައްޗަށް ދިޔަ ކަނޑޫދޫ ގިތެޔޮ މިރުސް ގަންނާނެ ބަޔަކު ނުވުމުން ލޯކަލް މާރުކޭޓުން އެ މިރުސް ގާތްގަނޑަކަށް ގެއްލިއްޖެ އެވެ.
ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ކިލޯއެއްގެ އަގު 1300ރ. އަށް ވުރެ ވެސް މައްޗަށް ދިޔަ ކަނޑޫދޫ ގިތެޔޮ މިރުސް ގަންނާނެ ބަޔަކު ނުވުމުން ލޯކަލް މާރުކޭޓުން އެ މިރުސް ގާތްގަނޑަކަށް ގެއްލިއްޖެ އެވެ.
ކުރިން ނަމަ އާންމުކޮށް ގިނަ ގޮޅިތަކެއްގައި ކަނޑޫދޫ މިރުސް ހުރެ އެވެ. އެކަމަކު މިހާރު އެ މިރުސް ވިއްކަނީ އެންމެ ދެތިން ގޮޅިއެއްގަ އެވެ. އަގު އުޅެނީ 100 ގްރާމު 65ރ. އަށެވެ. ކިލޯއެއް ޖެހެނީ 600ރ. އަށެވެ.
މާރުކޭޓުގައި މީގެ ކުރިން ކަނޑޫދޫ މިރުސް ވިއްކި ވިޔަފާރިވެރިޔަކު ބުނީ އެއްވެސް ވަރަކަށް މިހާރު އެ މިރުސް އޭނާގެ ގޮޅިއަށް ނުގެންނަ ކަމަށެވެ.
"އަޅުގަނޑުމެން މިތިބެނީ ކަނޑޫދޫ މިރުސް ނުނަގަން. ރޯދަ މަސް ފެށި އިރު 900ރ. އަށް ކިލޯއެއް ދަނޑުވެރިން ވިއްކީ. މިހާރު އަނެއްކާވެސް އެބަ ލިބޭ 250ރ. އަށް،" އޭނާ ބުންޏެވެ.
އެހެން ވިޔަފާރިވެރިޔަކު ބުނީ އާންމުން ވެސް މިހާރު ކަނޑޫދޫ މިރުސް ނުގަންނަ ކަމަށެވެ.
މާރުކޭޓުގައި ވިއްކަން ހުރި ގިތެޔޮ މިރުސްތަކެއް: މާރުކޭޓުގައި ކަނޑޫދޫ ގިތެޔޮ މިރުހުގެ އަގު ވަނީ ދަށަށް ގޮސްފައި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މާރުކޭޓުގައި ކަނޑޫދޫ މިރުހުގެ ބަދަލުގައި ގިނައީ ބޭރުން އެތެރެކޮށްފައިވާ މިރުހެވެ. އެގޮތުން އެފްރިކާގެ ގައުމެއް ކަމަށްވާ ޔުގެންޑާ މިރުސް ވަރަށް ގިނަ އެވެ. ޔުގެންޑާ މިރުސް ކިލޯއެއް އުޅެނީ 350ރ ގަ އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ކަނޑޫދޫ މިރުހުގެ އަގު ވެއްޓިދާނެ ކަމަށް ބެލެވޭ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
މީގެ ކުރިން ކަނޑޫދޫ މިރުހަށް ރަނގަޅު އަގެއް ލިބެ އެވެ. އެކަމަކު ރޯދަމަހުގެ ކުރީކޮޅު އެ މިރުގެ އަގު އެހާ ބޮޑުވުމުން އާންމުންގެ ތެރޭގައި ވެސް ވަރަށް ބޮޑު ބަހުސެއް ފެށުނެވެ.
ޑިމާންޑު ދަށްވެ ކަނޑޫދޫ މިރުހުގެ އަގު ވެއްޓިއްޖެ
ކަނޑޫދޫ މިރުހުގެ ބަހުސް ފަނިވެއްޖެ!
ކަނޑޫދޫ މިރުހަށް މި އުޅެނީ ކިހިނެއްވެގެން؟
ކަނޑޫދޫ މިރުސް ދެ ގުނަ އަގުބޮޑުކޮށް!
އަގުބޮޑު ކަނޑޫދޫ މިރުސް ސޭލް އަޅުވާފައި!
ދުވަހަކު ނުވާ ވަރަށް ކަނޑޫދޫ މިރުސް އަގު ހެޔޮވެއްޖެ
ކަނޑޫދޫ މިރުސް ކިލޯއެއް 900ރ. އަށް!
އުމުރުން 78، އެކަމަކު އަދިވެސް މަސައްކަތުގައި!
ކާށީގެ އަގު ވަރަށް ބޮޑަށް ހެޔޮވެއްޖެ
ވެސްޓްޕާކް ހުރިތަނާއި ވިލިމާލޭގައި ވަގުތީ މާރުކޭޓެއް