28 އެޕްރީލް 2019
އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓަރު އިދުރީސް އެލްބާ ލޯބިވެރިޔާ ސަބްރީނާ ދައުރޭއާ ކައިވެނިކޮށްފި އެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓަރު އިދުރީސް އެލްބާ ލޯބިވެރިޔާ ސަބްރީނާ ދައުރޭއާ ކައިވެނިކޮށްފި އެވެ.
ބްރިޓިޝް ވޯގް އިން ބުނީ ރައްޓެހިވެގެން އުޅޭކަން ރަސްމީކޮށް ކަށަވަރުކޮށް ދިންތާ އަހަރެއްހާ ދުވަސް ފަހުން އެލްބާ އާއި ސަބްރީނާ ކައިވެނިކުރީ މިދިޔަ ހުކުރު ދުވަހު މޮރޮކޯގެ މަރަކޭޝްގެ ހޮޓަލެއްގައި ކަމަށާއި އެ ހަފުލާގައި ދެ ފަރާތުގެ އާއިލާ އާއި ގާތް ބައެއް މީހުން ބައިވެރިވި ކަމަށެވެ.
ކެނެޑާގެ މިސް ވެންކޫވާގެ ތާޖް ވެސް ހާސިލުކޮށްފައިވާ ސަބްރީނާ އާއި އެލްބާ ލޯބީގެ ގޮތުން ގުޅުނީ 2017 ގަ އެވެ.
އެލްބާގެ މި ކައިވެންޏަކީ އޭނާގެ ތިން ކައިވެންޏެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 46 އަހަރުގެ އެކްޓަރު އެންމެ ފުރަތަމަ ކައިވެނި ކުރީ 1999 ގަ އެވެ. ހަނާ ނޯގާޑްއާ ކުރި ކައިވެނި ރޫޅުނީ 2003 ގަ އެވެ. އޭގެ ފަހުން 2006 ގައި ސޯނިއާ ނިކޯލް ހެމްލިންއާ ކުރި ކައިވެނި ހަމަ އެ އަހަރު ވަނީ ރޫޅިފަ އެވެ.
އެލްބާގެ ދެ ދަރިން ވެސް އެބަ ތިއްބެވެ. އެއީ އަލަތު ކައިވެންޏަށް ލިބުނު އަދި މިހާރު އުމުރުން 17 އަހަރުގެ އިސާން އެލްބާ އާއި 2014 ގައި ލޯބީގެ ގުޅުމެއް ބޭއްވި ނަޔާނާ ގާތު އަށް ލިބުނު ވިސްޓަން އެލްބާ، 5، އެވެ.
އެލްބާގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓް 2 ގައި ރިލީޒް ކުރާ "ފާސްޓް އެންޑް ފިއުރިއަސް" ގެ ސްޕިން-އޮފް "ހޮބްސް އެންޑް ޝޯ" އެވެ.
އެންޖެލީނާ އާއި ވީކެންޑް މާފޮޅުވަނީ؟
އެންޖެލީނާ އަށް ޕިޓް ދިން ކުރެހުމަށް ރެކޯޑް އަގެއް
ޖޯލީ އަށް ޕިޓް ހަދިޔާއަކަށް ދިން ކުރެހުމެއް ނީލަމަކަށް
"ސަން" އަށް ޑެޕް ކުރި ދައުވާ ސާބިތެއް ނުވި
މޭގަން އަށް ޑިޒްނީން "ވަޒީފާއެއް" ކަށަވަރު
މޭގަން މާކްލް އަލުން ހޮލީވުޑަށް؟
އެކްޓަރު ކޮލިން ފާތުގެ ކައިވެނި ނިމުމަކަށް
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ކައިވެނީގެ އަހަރީ ދުވަހު ޖެނިފާ ވަރިވާން ނިންމައިފި
ޕިޓަށް ހުއްދަދިނީ އެންމެ ހަގު ކުދިންނާ ބައްދަލުކުރަން