24 އެޕްރީލް 2019
ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލް، އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީ އަށް ސޮއިކޮށް، ސިޔާސީ މައިދާނަށް ނުކުމެއްޖެ އެވެ.
ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލް، އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީ އަށް ސޮއިކޮށް، ސިޔާސީ މައިދާނަށް ނުކުމެއްޖެ އެވެ.
އިއްޔެ ބޭއްވި ހަފުލާގައި ސަނީ ވަނީ ޕާޓީ އަށް ސޮއިކޮށް ޑިފެންސް މިނިސްޓަރު ނިރުމަލާ ސިތާރަމަންއާ ފޯމް ހަވާލުކޮށްފަ އެވެ. އެ ހަފުލާގައި ޔުނިއަން ރެއިލްވޭ މިނިސްޓަރު ޕިޔޫޝް ގޯޔަލް ވެސް ބައިވެރިވަޑައިގެންނެވި އެވެ.
ބޮލީވުޑްގެ ނުފޫޒު ގަދަ އެކްޓަރަކު ޕާޓީ އަށް ސޮއިކުރުމާ ގުޅިގެން ނިރުމަލާ ވިދާޅުވީ ސަނީ ކަހަލަ، ބެލުންތެރިންގެ ލޯތްބާއި އިހުތިރާމު ހޯދާފައިވާ އެކްޓަރަކު އެ ޕާޓީއާ ގުޅުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ސަނީގެ ހިދުމަތްތައް ޕާޓީ އަށް ވަރަށް ބޮޑަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ބީޕޭޖީ އަށް ސޮއިކުރުމަށް ފަހު ސަނީ ބުނީ އެ ޕާޓީއާ ގުޅި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސީ މަސައްކަތުގައި ހިއްސާވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ބީޖޭޕީއަކީ އޭނާގެ އާ އާއިލާ ކަމަށް ސިފަ ކުރަމުން 62 އަހަރުގެ އެކްޓަރު ބުނީ ކުރިއަށް އޮތް ތަނުގައި އޭނާގެ މަސައްކަތްތައް ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
Thanks a lot @BJP4India @narendramodi ji @AmitShah ji @Ramlal ji @PiyushGoyal ji @nsitharaman ji @CaptAbhimanyu ji @amitmalviya ji for this warm welcome. pic.twitter.com/L5ey0OdmC2
— Sunny Deol (@iamsunnydeol) April 23, 2019
"އަހަންނަކީ މާ ގިނަ ވާހަކަތައް ދައްކާނެ މީހެއް ނޫން. އަމަލުން ކަންކަން ދައްކާނީ،" އަންނަ މަހުގެ 3 ގައި ރިލީޒް ކުރާ "ބްލޭންކް" ގެ ރޯލެއް ވެސް ކުޅޭ ސަނީ ބުންޏެވެ.
Pictures of noted film actor Shri @iamsunnydeol joining BJP in the presence of senior party leaders in New Delhi. #AayegaToModiHi pic.twitter.com/LQCJzMj9JG
— BJP (@BJP4India) April 23, 2019
އޭނާ ބުނި ގޮތުގައި ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާ، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީއާ އެކު މަސައްކަތް ކުރި ގޮތަށް މޯދީއާ އެކު ސިޔާސީ މަސައްކަތް ކުރާނެ ކަމަށެވެ.
ދަރޭ ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް 2004-2009 އަށް ކޮށްފަ އެވެ.
ސަނީގެ ދޮންމަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނި އަކީ މިހާރު ވެސް ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މެމްބަރެކެވެ. މިހާރު އިންޑިއާގައި ކުރިއަށްދާ އާންމު އިންތިހާބުގައި ވެސް ހެމާ އަންނަނީ މިހާރު ވެސް ތަމްސީލު ކުރާ އުއްތަރު ޕްރަދޭޝްގެ މަތޫރާ ގޮނޑި އަށް ވާދަ ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބީޖޭޕީއާ ގުޅުމަށް ފަހު، މި ފަހަރުގެ އިންތިހާބުގައި ސަނީ ޕަންޖާބުގެ ގުރުދާސްޕޫރްގެ ގޮނޑި އަށް ވާދަ ވެސް ކުރާނެ އެވެ.
ސިޔާސީ މައިދާނަށް ސަނީ ނުކުތް އިރު އޭނާ އަންނަނީ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ވެސް ނެރެން ތައްޔާރުވަމުންނެވެ. އެގޮތުން ސަނީ ޑައިރެކްޓްކޮށްފައިވާ "ޕަލް ޕަލް ދިކް ކޭ ޕާސް" އަންނަ ޖުލައި މަހުގެ 19 ގައި ސިނަމާތަކަށް ގެންނަން ވަނީ ނިންމައިފަ އެވެ.
ބޮލީވުޑްގެ ތަރިންގެ ތެރެއިން މި ފަހަރުގެ އާންމު އިންތިހާބުގައި މުޅިން އަލަށް ވާދަ ކުރާ އެންމެ މަޝްހޫރު އެކަކަކީ އިދިކޮޅު ޕާޓީ ކޮންގްރެސްގެ ޓިކެޓްގައި މުމްބާއީ އުތުރު ދާއިރާ އަށް ވާދަ ކުރާ ކުރީގެ ބަތަލާ އުރްމިލާ މަޓޯންޑްކަރެވެ.
ދަރުމެންދުރާގެ އާއިލާ އަށް ދަނޑުވެރިންގެ އިންޒާރެއް
ސަނީ ލޯކް ސަބާގެ ގޮނޑި ކާމިޔާބުކޮށްފި
ހެމާ ސިޔާސީ ދާއިރާއާ ދުރަށް ދަނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އީޝާގެ "އޭކް ދުއާ" 26 ގައި
އީޝާ ފިލްމު ކުންފުންޏެއް ހަދައި ޕްރޮޑިއުސަރަކަށް
ބެލުނީ ދޮންމާމަ ހެމާގެ ދެތިން ފިލްމެއް: ކަރަން
މިހާރު ފިލްމު ލިބޭ، އެއް ފިލްމު ނިންމައިފިން: އީޝާ
ސަނީގެ ދަރިފުޅަށް ދެވަނަ ފިލްމެއް
ދަރޭއާ ބެހޭ ޑޮކިއުމަންޓްރީއަކާއި ފޮތެއް ނެރެނީ