22 އެޕްރީލް 2019
ކޮލަމްބޯ (އެޕްރީލް 22) - ސްރީ ލަންކާގައި ބޮމުގެ ހަމަލާ ދިނީ އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ކަމަށް ބެލެވޭ ކަމަށް ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނެރަތުނަ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (އެޕްރީލް 22) - ސްރީ ލަންކާގައި ބޮމުގެ ހަމަލާ ދިނީ އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ކަމަށް ބެލެވޭ ކަމަށް ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނެރަތުނަ ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާ ސެނެރަތުނަ ވިދާޅުވީ އެ ޖަމާއަތަށް "ބޭރުގެ އެހީތެރިކަން" ލިބިފައިވޭތޯ ސަރުކާރުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
އޭއެފްޕީ ނިއުސް އެޖެންސީ އަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި އެންޓީޖޭ އިން ލަންކާގައި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ބޭރުގެ ޖާސޫސީ އިދާރާއެއް މެދުވެރިކޮށް ލިބިގެން ފުލުހުންގެ ވެރިޔާ ވަނީ އިންޒާރުގެ އެލާޓެއް ނެރެފަ އެވެ. އެންޓީޖޭ އަކީ ލަންކާގައި އެހާ މަޝްހޫރު ޖަމާއަތެއް ނޫން ނަމަވެސް އެއީ މިދިޔަ އަހަރު ބުޑިސްޓުންގެ ތަންތަނަށް ހަމަލާ ދިނުމުގެ ފަހަތުގައިވާ ހައްދުފަހަނަޅާފައިވާ ޖަމާއަތެކެވެ.
ފުލުހުންގެ ފަރާތުން އޭއެފްޕީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ 24 މީހުން ވެސް ނިސްބަތް ވަނީ ނޭޝަނަލް ތައުހީދު ޖަމާއަތަށެވެ.
ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގައި މިރޭ އިން ފެށިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނިންމައިފަ އެވެ.
ސިނަމަން ހޮޓަލުގައި ބޮންގޮއްވީ ބުފޭގެ ކިޔޫގައި ހުރެފައި
އީސްޓާ ސަންޑޭ: ލަންކާގައި ފިޔަވަޅުތައް ވަރުގަދަކޮށްފި
ގިނަ ދިވެހިން ލަންކާ އިން ހައްޔަރު ކުރީ ވިސާ ހަމަވެގެން
ދެހިވަލަ ހޮޓެލް ގޮއްވާލި މީހާގެ އަމާޒަކީ ތާޖު!
ބިރުވެރި ބޮމުގެ ހަމަލާތަކަށް ފަހު ކޮލަމްބޯ ހިމޭންވެފައި
ހައްޔަރުކުރި 4 ދިވެއްސަކު އުޅޭ ތަނުން ޑްރަގްސް ފެނުނު
ހަފުތާ ބަންދުގައި ލަންކާ އެމްބަސީން ހިދުމަތް ލިބޭނެ
ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި 6 ދިވެއްސެއް
ހަމަލާގެ މައުލޫމާތު ފޯރުކޮށްދިނީ އިންޑިއާ އިން: ރަނިލް
ހަމަލާ ދިން ކަމަށް ބުނާ މީހުންގެ ފޮޓޯ އާއްމުކޮށްފި