18 އެޕްރީލް 2019
އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ސަފީރަކަށް ފަރަހްނާޒް ފައިސަލް އަދި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް ތިލްމީޒާ ހުސެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.
އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ސަފީރަކަށް ފަރަހްނާޒް ފައިސަލް އަދި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް ތިލްމީޒާ ހުސެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.
ފަރަހްނާޒާއި ތިލްމީޒާ އަށް، ސަފީރުކަމުގެ ފަތްކޮޅު ދެއްވާފައި ވަނީ، އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
އިނގިރޭސި ވިލާތަށާއި އެމެރިކާ އަށް ސަފީރުން އައްޔަންކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުންދީފަ އެވެ. ނަމަވެސް އެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގައި ލަސްވަމުން ދާތީ ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ ދެ ބޭފުޅުން ސަފީރުކަމަށް އައްޔަންނުކުރެވި ލަސްވީ، އެ ގައުމުތަކުން ކުރަންޖެހޭ މަސައްކަތްތަކެއް ލަސްވުމުން ކަމަށެވެ. އެހެންވެ، އެ ޕްރޮސެސް ނިމުމާ އެކު އެ މަގާމަށް އައްޔަންކުރެއްވީ ކަމަށް ވިދާޅުވި އެވެ.
ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ފަރަހްނާޒް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑެންމާކް، ފިންލެންޑް، ފްރާންސް، އަދި ސްވިޑްން އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރުކަން ކުރައްވައިފަ އެވެ. ތިލްމީޒާ މިހާތަނަށް ހުންނެވީ ނިއުޖާޒީގެ ރަމަޕޯ ކޮލެޖުގެ އެޑްޖަންކްޓް ޕްރޮފެސަރު އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި އެމެރިކާގެ ކްލައިމެޓް އެކްޝަން ނެޓްވޯކުގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯޗެއާގެ މަގާމުގަ އެވެ. މީގެ ކުރިން އޭނާ ވަނީ އދ. ގެ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވް ކަމާއި އެމެރިކާއާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރުކަން ކުރައްވައިފަ އެވެ.
އޭނާ މަތީ ތައުލީމް ހާސިލްކުރެއްވީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އެމެރިކާގެ ޔުނިވާސިޓީއަކުންނެވެ.
އެމެރިކާގެ ސަފީރަކަށް ޣަފޫރު ހަމަޖައްސަވައިފި
ކޮވިޑާ ދެކޮޅަށް އަދިވެސް ބޭރުގެ އެހީ މުހިއްމު: ރައީސް
އިނގިރޭސިވިލާތުން ރާއްޖެއަށް އަލަށް ރެސިޑެންޓް ސަފީރެއް
އެމެރިކާގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި
ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި
ޒަމީރު، ބްލިންކަންއާ ބައްދަލުކުރައްވައިފި
ޒަމީރު ރަސްމީ ދަތުރެއްގައި އެމެރިކާ އަށް
ނުވަ ގައުމަކަށް ރައީސް ސަފީރުން އައްޔަންކުރައްވައިފި
ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަނީ
ޝަހީބާއި އަލިދީ ސަފީރުކަމަށް އައްޔަންކޮށްފި