Roadha Mihaaru
ނައިބު ރައީސުންނަށް 35،000ރ. ދިނުމަށް ނިންމައިފި

ކުރީގެ ނައިބު ރައީސުންނަށް މަހަކު 35،000ރ. ދިނުމަށް ކޮމިޓީން ނިންމައިފި

17 އެޕްރީލް 2019

ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، ދައުލަތުން މަހަކު 35،000ރ. ގެ މުސާރައެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކަމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، ދައުލަތުން މަހަކު 35،000ރ. ގެ މުސާރައެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކަމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުށަހެޅުއްވި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރިކަމުގެ ބިލް މަޖިލިހުގެ ވަގުތީ ކޮމިޓީން ފާސްކުރި އިރު، ބައެއް ބޮޑެތި ބަދަލުތަކެއް ބިލަށް ވަނީ ގެނެސްފަ އެވެ.

އެ ކޮމިޓީން ބިލަށް ބަދަލު ގެނައި ނަމަވެސް، މަޖިލިހުގެ ތަޅުމުގައި އެއާ މެދު ގޮތެއް ނިންމަން ޖެހޭ އިރު، މިއަދު އޮންނަ ވޯޓު ގަޑީގައި އެކަން ނިންމާނެ އެވެ.

ބިލްގައިވާ ގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން އޭނާ އަށް ބިލުން ލިބޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ.

ބިލްގައިވާ ގޮތުން، ނައިބު ރައީސުންނަށް މާލީ އިނާޔަތް ލިބޭނީ ދައުލަތުން މުސާރަ ލިބޭ އެހެން ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކުރާ ނަމަ އެވެ. އަދި ނައިބު ރައީސަކު ބޭނުންވެއްޖެ ހާލަތެއްގައި އެކަށީގެންވާ ފެންވަރަކަށް ސަލާމަތީ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.

މީގެ އިތުރުން، ނައިބު ރައީސުންނަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ. އަދި މާލޭގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް ސަލާމަތީ ބާރުތަކުން ހަމަޖައްސައިދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

މިހާތަނަށް ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުން (ކ-ވ) އަބްދުﷲ ޖިހާދު، މުހައްމަދު ވަހީދު، މުހައްމަދު ވަހީދުއްދީން (ޑީން)، ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި އަހުމަދު އަދީބު: ބިލް ފާސްވެއްޖެ ނަމަ މީގެ ތެރެއިން ދައުލަތުގެ ފައިސާގެ އިނާޔަތް ލިބިވަޑައިގަންނަވާނީ ޑީން އާއި ޑރ. ޖަމީލާއި ޖިހާދަށް.

މިހާތަނަށް ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުން (ކ-ވ) އަބްދުﷲ ޖިހާދު، މުހައްމަދު ވަހީދު، މުހައްމަދު ވަހީދުއްދީން (ޑީން)، ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި އަހުމަދު އަދީބު: ބިލް ފާސްވެއްޖެ ނަމަ މީގެ ތެރެއިން ދައުލަތުގެ ފައިސާގެ އިނާޔަތް ލިބިވަޑައިގަންނަވާނީ ޑީން އާއި ޑރ. ޖަމީލާއި ޖިހާދަށް.

ބިލްގައިވާ ގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން އޭނާ އަށް ބިލުން ލިބޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ އެވެ. އަދި އޮގަސްޓް 7، 2008 އިން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސް ކަން ކުރި ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް ބިލްގައިވެ އެވެ.

ނައިބު ރައީސުންނަށް ދޭ އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ބިލަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ކަމަށް ވެސް ސަލީމް ހުށަހެޅުއްވި ބިލަށް ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.

ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ސަލީމް ވިދާޅުވީ ކުރީގެ ނައިބު ރައީސުންނަކީ އިއްޒަތާއި ގަދަރާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާ ބަޔަކަށް ވާތީ ކަމަށެވެ. ކުރީގެ ނައިބު ރައީސުންނަކީ އަބަދު، ގައުމާއި ރައްޔިތުންގެ ލާބަ އަށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބޭ ބިލެއް މަޖިލީހަށް ހުށަހެޅި އިރު، ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މި ވަގުތު ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އޭނާ އަށް އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.

ބިލް ފާސްވެ، ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނީ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ. އަދި މިހާރު ހުންނެވި ނައިބު ރައީސް ފައިސަލް ނަސީމަށް ބިލުން އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ކުށްވެރި ނުވެ، މަގާމުން ވަކިވެ ވަޑައިގަންނަވާ ހިސާބުންނެވެ.

ދައުލަތުގެ ބަޖެޓުން މިހާރު އިނާޔަތް ދެނީ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށެވެ. އެގޮތުން، އޮފީސް ހިންގުމުގެ ޚަރަދާއި ދިރިއުޅުއްވާ ތަނުގެ ޚަރަދު ހަމަޖެއްސުމަށާއި މާލީ އިނާޔަތުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދިނުމަށް ބަޖެޓުގައި ކޮންމެ އަހަރަކު ވެސް ހިމަނަ އެވެ.