Roadha Mihaaru
އަންދަލާގެ "ޖޯޑެއްގެ ސާފު ލޯބި" މާމުއިހެން

އަންދަލާގެ "ޖޯޑެއްގެ ސާފު ލޯބި" މާމުއިހާ ފޮނިކޮށް

14 އެޕްރީލް 2019

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުރިއަށް އޮތް ފިލްމު "މާމުއި" ގެ ތިން ވަނަ ލަވަ އެހުންތެރިންނަށް ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުރިއަށް އޮތް ފިލްމު "މާމުއި" ގެ ތިން ވަނަ ލަވަ އެހުންތެރިންނަށް ދޫކޮށްލައިފި އެވެ.

ސައުންޑްކްލައުޑަށް ދޫކޮށްލި ލަވައިގެ ނަމަކީ "ޖޯޑެއްގެ ސާފު ލޯބި" އެވެ. މި ލަވަ ކިޔާފައި ވަނީ އަންދަލާ ހަލީމެވެ. ބެލެވޭ ގޮތުން "މާމުއި" ގެ ޕްރޮމޯޝަން ވެސް މިހާރު ކުރިއަށްދާތީ މާ ލަސްނުކޮށް މި ލަވައިގެ ވީޑިއޯ ވެސް ޑާކް ރެއިނުން ގެނެސްދޭނެ އެވެ.

އެ ސްޓޫޑިއޯ ފާހަގަލޮށްލެވެނީ އަބަދުވެސް ފިލްމުތަކުގައި އަމިއްލަ ދިވެހި ރާގުތައް ހިމަނައިގެން އެ ލަވަތައް ވައިގައި ހިއްޕުވާލާ ސްްޓޫޑިއޯއެއްގެ ގޮތުގަ އެވެ. އެހެންވެ "ޖޯޑެއްގެ ސާފު ލޯބި" އަކީ ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ލަވައަކަށް ވާނެ އެވެ. ހާއްސަކޮށް ޒުވާން ލަވަކިޔުންތެރިޔާ އަންދަލާގެ ލަވަތަކަށް ލޯބިކުރާ މީހުންނަށް ލަވަ ގައިމު ވެސް ކަމުދާނެ އެވެ.

އަންނަ ޖުލައި މަހުގެ 1 ގައި ސިނަމާ އަށް ގެންނަން ތާވަލުކޮށްފައިވާ "މާމުއި" ގެ ލަވަތަކުގެ ތެރެއިން މި ފަހަރު ޔަގީނުން ވެސް އެއް ލަވަ ވަރަށް ހާއްސަ ވާނެ އެވެ.

އެއީ ދިވެހިންގެ ތެރޭގައި ކުރިން މަގުބޫލުވި ބައެއް ވީޑިއޯ ލަވަތަކުގެ ސްޓެޕްތަކާއި ކޮސްޓިއުމްތަކުގެ ހަނދާންތަކުގެ ތެރެއަށް ގެނެސްދޭ ލަވަ އަދި ކުރިން އޯޑިއޯ އިއްވާލައިފައިވާ "އަރައިގެން އައި އިރާއޭ" އެވެ. އަމިއްލަ ރާގުގެ މި ލަވައިން ފެނިގެން ދާނީ "މާމުއި" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ފުބޫ އާއި ނުޒޫ އެވެ.

"މާމުއި" ގެ ލަވަތަކުގެ ތެރެއިން މި ފަހަރު ކުރީގެ މަޝްހޫރު ލަވައެއްގެ އާ ވާޝަނެއް ވެސް ހިމެނޭނެ އެވެ. އެއީ މަހުމޫދާ ޝަކީބު ކިޔާފައިވާ "ސެންޝުއަސް" ލަވަ "ރޭ ރޭ" އެވެ. އެ ލަވަ އަޑުވިގެން އަޝްރާގެ އަޑުންނެވެ.

އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓްކޮށްފައިވާ މި ކޮމެޑީއަކީ ބޮޑު ކާސްޓެއް ފެންނާނެ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ ވެސް ވަނީ ދައްކާލައިފަ އެވެ.