Roadha Mihaaru
ވެލިގާ ހާޑްވެއާގެ ރޯދަ ޕްރޮމޯޝަން ފަށައިފި

ވެލިގާ ހާޑްވެއާގެ ރޯދަ ޕްރޮމޯޝަން ފަށައިފި

11 އެޕްރީލް 2019

އަންނަ މަހު ފަށާ ރޯދަ މަހާ ދިމާކޮށް، ވެލިގާ ހާޑްވެއާ އިން ރޯދަ ސޭލެއް ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އަންނަ މަހު ފަށާ ރޯދަ މަހާ ދިމާކޮށް، ވެލިގާ ހާޑްވެއާ އިން ރޯދަ ސޭލެއް ފަށައިފި އެވެ.

އަންނަ މޭ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ 'ވެލިގާ ހާޑްވެއާ ރޯދަ ސޭލް' އިން ވިޔަފާރިކުރާ މީހުންނަށް 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. ވެލިގާ ހާޑްވެއާގެ ފިހާރަތަކުގެ އިތުރުން ބްލަންކްގެ ޝޯ ރޫމުން ކުރާ ވިޔަފާރިތަކަށް ވެސް އެ ސޭލް އިން ޑިސްކައުންޓު ލިބޭނެ ކަމަށް ވެލިގާ ހާޑްވެއާ އިން ބުނެ އެވެ.

ވެލިގާ ހާޑްވެއާގެ ރޯދަ ސޭލް ޕޯސްޓަރު

ވެލިގާ ހާޑްވެއާގެ ރޯދަ ސޭލް ޕޯސްޓަރު

މި ޕްރޮމޯޝަނުގައި ވެލިގާގެ ފިހާރަތަކާއި ބްލަންކް ޝޯ ރޫމުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެ އެވެ. އަދި ކުރާ ކޮންމެ 100ރ. ގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ކޮންމެ ދުވަހަކު ކޮންމެ ފިހާރައަކުން ނަގާ ގުރުއަތުން ހޮވޭ މީހަކަށް 500ރ. ގެ ވައުޗަރެއް ލިބޭނެ އެވެ. އެ ވައުޗަރު ބޭނުންކޮށްގެން ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ބްލަންކް ޝޯ ރޫމްތަކުން ވިޔަފާރި ކުރެވޭނެ އެވެ.

ކޮންސްޓްރަކްޝަނަށް ބޭނުންވާ މުދާ ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ވެލިގާ ހާޑްވެއާ އިން ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑެއް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައި ވެ އެވެ. ހާޑްވެއާ ވިޔަފާރީގެ ތެރެއަށް 2008 ވަނަ އަހަރު ވަން ވެލިގާ ހާޑްވެއާ އިން ވަނީ ދިވެހިންގެ އިތުބާރު ހޯދައިފަ އެވެ.