04 އެޕްރީލް 2019
ކުރިއަށް އޮތް ތަނުގައި އިންފްލުއެންޒާ ރޯގާ ފެތުރުން އާއްމުވާނެ ކަމަށް ލަފާ ކުރެވޭތީވެ، އިންފްލުއެންޒާ ވެކްސިން ޖަހަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
ކުރިއަށް އޮތް ތަނުގައި އިންފްލުއެންޒާ ރޯގާ ފެތުރުން އާއްމުވާނެ ކަމަށް ލަފާ ކުރެވޭތީވެ، އިންފްލުއެންޒާ ވެކްސިން ޖަހަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އޭޖެންސީ އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ވޭތުވެދިޔަ ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިންފްލުއެންޒާ ރޯގާ ފެތުރުމުގެ ބިރު ބޮޑު ކަމަށެވެ. އެ ބަލިން ރައްކާތެރިވާން އަހަރަކު އެއްފަހަރު ވެކްސިން ޖަހަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެ ބަލި ފަތުރާ ވައިރަސް އަކީ ކޮންމެ އަހަރަކު ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަ ވައިރަސް އެއް ކަމަށް ވުމުން، އެ ބަލިން ރައްކާތެރިވާން ޖަހާ ވެކްސިނަށް ވެސް ކޮންމެ ހަ މަހަކުން ބަދަލު ގެނެ އެވެ.
- މާބަނޑު މީހުން
- ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހުން
- ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ނުވަތަ ފަރުވާ ނިމިފައިވާ މީހުން
- ޑައަލިސިސް ހަދަމުން އަންނަ މީހުން
- ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ އުމުރުން ތިން އަހަރުން މަތީގެ ކުދިން
- 65 އަހަރުން މަތީ މީހުން
- އުމުރުން ހަ މަހާއި ހަ އަހަރާއި ދެމެދުގެ ކުޑަކުދިން
އެޗްޕީއޭ އިން ބުނިގޮތުގައި މި ބަލީގެ ސަބަބުން ފުރާނަ އަށް ނުރައްކާވާނެ މީހުން ވެކްސިން ޖަހަން އިސްކަން ދޭން ޖެހެ އެވެ. އަދި މި ވެކްސިން ޖަހާ، ހަ މަހާއި ހަ އަހަރާ ދެމެދުގެ ކުދިން، ފުރަތަމަ ޑޯޒް ޖަހާތާ އެއް މަސް ފަހުން ދެ ވަނަ ޑޯޒެއް ޖަހަން ޖެހޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
މި ބަލިން ސަލާމަތްވާން ބޭނުންވާ އިންފްލުއެންޒާ ވެކްސިން އޭޑީކޭ ފާމަސީ އާއި އެސްޓީއޯ ފާމަސީން ލިބޭނެ އެވެ.
މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޗިކުންގުންޔާ އާއި ޑެންގީ ހުން އާންމުވާނެ ކަމަށް ލަފާކުރެވޭތީވެ، އެ ބަލިތަކާ ދެކޮޅަށް ކެމްޕެއިނެއް ވެސް އެޗްޕީއޭ އިން ވަނީ ހޯމަ ދުވަހު ފަށައިފަ އެވެ.
ބަލިތަކާ މެދު ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފި
މި ދުވަސްވަރު ޑެންގީ ހުމާއި ބޭރަށް ހިންގުން އިތުރު
ބަލިތައް ފެތުރުން އިތުރުވެދާނެތީ ސަމާލުވާން އެދިއްޖެ
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
ބަކާ ނިޔާވީ ރާއްޖެއިން އަލަށް ފެނުނުު ބަލީގައި
އާއްމުކޮށް ފެންނަ ހަތަރު ބަލި ރިޕޯޓުކުރި އަދަދު އިތުރު
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް
ހޯއްގޮވާ ކެއްސުމަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ
ހިމަބިހި ކޭސްއެއް ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދަނީ