މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ނަގުދު ފައިސާ ލިބުނު 80 މީހެއްގެ މައުލޫމާތު ހާމަކުރަން އުޅޭ ކަމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ލީޑަރު، މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފި އެވެ.
26 މާޗް 2019
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ނަގުދު ފައިސާ ލިބުނު 80 މީހެއްގެ މައުލޫމާތު ހާމަކުރަން އުޅޭ ކަމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ލީޑަރު، މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ބައެއް 155 މީހެއްގެ އެކައުންޓަށް އެސްއޯއެފުން އެތައް މިލިއަން ޑޮލަރެއް ޖަމާކޮށްފައިވާ ކަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އާންމުކުރި ތަހުގީގީ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެކަމަކު، އެ ނަގުދު ފައިސާ ލިބުނު މީހުންގެ ނަމެއް އެ ރިޕޯޓުގައި ނެތެވެ.
ޕީޕީއެމް/ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އޭސީސީގެ ލިސްޓްގައި، އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މާ ގިނަ ބަޔަކު ނުހިމެނޭ ކަމަށެވެ.
އެކަމަކު، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ރައްޔިތުންނަށް އޮޅުވައިލުމުގެ ބޭނުމުގައި، އެމްއެމްޕީއާރުސީގެ ނަގުދު ފައިސާ ލިބުނު މީހުންގެ ލިސްޓު އާންމުކުރަން ތައްޔާރުވަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް ބޮޑު ޖަރީމާއެއް މި ހިންގަނީ،" އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މިހާރު ވެސް އޭނާ ތަމްސީލް ކުރައްވާ ފޮނަދޫ ދާއިރާ އަށް ވާދަކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެއީ 'އެޖެންޑާ 19' އެމްޑީޕީ އަށް ކާމިޔާބު ކުރުމުގެ ބޭނުމުގަ އާއި އިދިކޮޅަށް މަޖިލިހުގެ އަޣުލަބިއްޔަތު ލިބިދާނެތީ ނެރެން އުޅޭ ލިސްޓެކެވެ.
އެގޮތުން، ލިސްޓުގައި ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލެއްވި އިދިކޮޅު ކެންޑިޑޭޓުންގެ ނަންތައް ހިމެނޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޖަރީމާ ހިންގި މީހުން ހެކިންނަށް ބަދަލުކޮށް، އެމީހުންނަށް ހިމާޔަތް ލިބޭ ގޮތަށް ލިސްޓް އާންމު ކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެކެވެ.
ރާއްޖޭގައި މިވަގުތު ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރު ބަންދުގައި ބަހައްޓައިގެން ބާއްވާ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވެ، ޔާމީން މިނިވަންކޮށްދީ، ސިޔާސީ މަސައްކަތް ކުރެއްވޭނެ މަގު ފަހިކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލެއްވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އެކަށީގެންވާ ކެމްޕެއިނެއް ނުކުރެވެނީ ދައުލަތުން ލިބެން ޖެހޭ ފައިސާ ނުދިނުމާއި ޔާމީން ހައްޔަރުކޮށްފައި ހުރުމުން ކަމަށެވެ.
އޭސީސީން ކުރި ތަހުގީގަށް ފަހު އެކުލަވާލި 779 ސޮފްހާގެ ރިޕޯޓުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާ، ދީފައިވާ މީހުންނާއި ކުންފުނިތަކުގެ އެކައުންޓް ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާއި ވިޔަފާރި ވެރިންނާއި ބައެއް މެމްބަރުންގެ އާއިލާތަކުގެ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަދުރޭ އާއި އާރިފު މުޅިން ވެސް ދެއްކީ ސިޔާސީ ވާހަކަ!
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
ރައީސަށް ކުރާ ތުހުމަތު ބަލަން އިދިކޮޅުން އެދިއްޖެ
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް
ޕީޖީ ޝަމީމް އިސްތިއުފާ ދޭންޖެހޭ: އިދިކޮޅު
ޔާމީނަށް އަމިއްލަފުޅަށް ހިންގަވަން ދަތި: އިދިކޮޅު
ޔާމީންގެ ސިއްހީ ހާލަތު ދެރަ: އަދުރޭ
ޝަރީއަތުން އެނގުނީ ޔާމީންގެ ސާބިތުކަން: އިދިކޮޅު
މަޖިލިސް އިންތިޚާބު އޮތީ "އޮޅާލާފައި": އަބްދުއްރަހީމް