Roadha Mihaaru
ހަބީބާ އެކު 16 މީހެއްގެ ނަން ދިރާސާކުރަން ކޮމިޓީއަށް

އީސީ އަށް ކުރިމަތިލެއްވި ހަބީބާއެކު 16 މީހެއްގެ ނަން ދިރާސާކުރަން ކޮމިޓީ އަށް

26 ފެބުރުއަރީ 2019

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލި 16 މީހެއްގެ ނަން ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލި 16 މީހެއްގެ ނަން ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިހާރުގެ މެންބަރު އިސްމާއިލް ހަބީބްގެ މެމްބަރު ކަމުގެ ދައުރު އަންނަ މަހު ހަމަވާތީ އެވެ. އީސީގެ މެމްބަރު ކަމަށް ކުރިމަތިލި އެންމެންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވި އިރު، އޭގެ ތެރޭގައި ހަބީބްގެ ނަން ވެސް ހިމެނެ އެވެ.

އީސީގެ މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ. މެމްބަރުކަމުގައި ދެ ދައުރު ހުންނެވޭނެތީ، ހަބީބަށް އީސީގެ މެމްބަރު ކަމަށް އަލުން ކުރިމަތިލެއްވުމަށް އެއްވެސް ހުރަހެއް ނެތެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި އެ ކޮމިޝަންގައި މިހާރު ވަޒީފާ އަދާކުރަމުން އަންނަ ބައެއް ބޭފުޅުންނާއި ގާނޫނީ ވަކީލުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އީސީގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވެސް މެމްބަރު ކަމަށް ކުރިމަތިލި އެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލި 16 މީހުން (ކުރިމަތިލި ތަރުތީބުން)

1- ޝުއައިބު ޔޫސުފް، ދަފްތަރު ނަންބަރު 1896

2- އަބްދުﷲ ރާޒީ، ކޯޒީ، ޏ. ފުވައްމުލައް

3- އަހުމަދު އަދީން، މ. ރަބީއީގެ

4- އަހުމަދު އަލީ، ނޮވެމްބަރުގެ، ސ. ހިތަދޫ

5- އައިމިނަތު ސާދިޔާ، މ. ޕިސްތާގެ

6- މަރިޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ

7- އައިމިނަތު މަދީހާ، ދަފްތަރު ނަންބަރު 9456

8- އައިޝަތު ހަފީޒް، އާހިޔާ، ނ. ވެލިދޫ

9- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު 1851

10- ސުލްވާން އަހުމަދު، ސެލީނާ، ސ. މީދޫ

11- އިސްމާއިލް ސާޖިދު، މއ. ވިލާރޮދި

12- މުހައްމަދު ޝާފިއު، ޝަރުތު، ބ. ތުޅާދޫ

13- މުހައްމަދު ޝަމްއޫން، މ. އަސަލް

14- ޔާސިރު ވަސީމް، ވެސްޓްލައިޓް، ސ. ހުޅުދޫ

15- އަހުމަދު މޫސާ، މ. އަންސާވިލާ،

16- އިސްމާއިލް ހަބީބް، ހ. ނީޓް

އީސީގެ މެމްބަރުކަމަށް އައްޔަން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

މެމްބަރަކަށް ހުންނަ މުއްދަތުގައި އެހެން ވަޒީފާއެއް ވެސް އަދައެއް ނުކުރެވޭނެ އެވެ.

އިސީގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ހަބީބްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި މެމްބަރު އަލީ ނަޝާތެވެ.