22 ފެބުރުއަރީ 2019
ޒިއުރިކް (ފެބްރުއަރީ 22) – އިންގްލެންޑުގެ ޗެލްސީން 18 އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާތީ އެ ކްލަބަށް ކުރިއަށް އޮތް ދެ ޓްރާންސްފާ މުއްދަތުގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން މިއަދު އަދަބުދީފި އެވެ.
ޒިއުރިކް (ފެބްރުއަރީ 22) – އިންގްލެންޑުގެ ޗެލްސީން 18 އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާތީ އެ ކްލަބަށް ކުރިއަށް އޮތް ދެ ޓްރާންސްފާ މުއްދަތުގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން މިއަދު އަދަބުދީފި އެވެ.
ހަ ލައްކަ ޑޮލަރުގެ ޖޫރިމަނާއަކާ އެކު ދިން މި އަދަބު އިސްތިއުނާފްކުރާނެ ކަމަށް ޗެލްސީން މިހާރު ވަނީ ބުނެފަ އެވެ. ފީފާ އިން ޗެލްސީގެ 92 މައްސަލަ ބެލިއިރު އޭގެ ތެރެއިން 29 މައްސަލައިގައި އޮތީ ގޯސް ހަދައިފަ އެވެ.
ޗެލްސީން ބުނީ 92 ކުޅުންތެރިންގެ ތެރެއިން 63 ކުޅުންތެރިއެއްގެ މައްސަލައިގައި ގޯހެއް ނެތް ކަމަށް ފީފާ އިން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި އެކަމަކު ބާކީ 29 ކުޅުންތެރިންގެ މައްސަލައިގައި ހުށަހެޅި ލިޔެކިޔުންތައް ފީފާ އިން ބަލައިނުގަތުމުން އެކަމާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.
ފީފާ އިން ބެލި މައްސަލަތަކުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ މިހާރު ފްރާންސްގެ ލިޔޯން އަށް ކުޅޭ ބުރުކީނާ ފާސޯގެ ބާޓްރޭންޑް ޓްރައޮރޭ އަށް އުމުރުން 18 އަހަރުގައި ޗެލްސީން އޭނާ ލައްވާ ސޮއިކުރުވި މައްސަލަ އެވެ. ފުޓްބޯލް ލީކްސްގެ ލިޔެކިޔުންތަކަކާ ހަވާލާދީ ފްރާންސުގެ މީޑިއާޕާޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރައޮރޭ ގެނައުމަށްޓަކައި ޗެލްސީން ދޮގު މައުލޫމާތުތަކެއް ފޯރުކުރިކަމުގެ ހެކިތަކެއް ފީފާ އިން ހޯދާފައިވާ ކަމަށެވެ. އިނގިރޭސި އެފްއޭގައި ރަޖިސްޓްރީ ކޮށްފައި ވެސް ނުވަނީސް އޭނާ އެ ކްލަބުގެ އުމުރުފުރާ ޓީމުތަކަށް ކުޅެދީފައިވާކަމަށް ބުނެ ޗެލްސީން ދޮގުހެދި އެވެ.
ފީފާ އިން ވަނީ މި މައްސަލައިގައި އިނގިރޭސި އެފްއޭ ފަސް ލައްކަ ޑޮލަރުން ޖޫރިމަނާކޮށް މިކަން ރަނގަޅަށް ބެލުމަށް އަންގައިފަ އެވެ. އެފްއޭ އިން ބުނީ ފީފާގެ އެންގުމާ އެއްގޮތަށް މިކަންކަން ގާތުން ބަލާނެ ކަމަށާއި އެކަމަކު ދިން އަދަބު އިސްތިއުނާފްކުރާނެ ކަމަށެވެ. އަދި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދިން ކަމަށާއި އެކަމަކު ތަހުގީގުގެ ތެރެއިން ހިތްހަމަނުޖެހޭ ކަންކަން ފާހަގަވި ކަމަށް ވެސް ބުންޏެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިން ގެނައުމުގައި ފީފާގެ ގަވާއިދު ވަރަށް ހަރުކަށްޓެވެ. ގަވާއިދު ބުނާ ގޮތުގައި 18 އަހަރުން ދަށުގެ ކުޅުންތެރިޔަކަށް އެހެން ގައުމެއްގެ ކްލަބަކަށް ބަދަލުވެވޭނީ އެ ކްލަބެއް ނިސްބަތްވާ ގައުމަކަށް ކުޅުންތެރިޔާގެ އާއިލާ އިން ފުޓްބޯޅައާ ގުޅުން ނެތް ސަބަބަކަށްޓަކައި ދިރިއުޅުން ބަދަލުކުރާ ނަމަ އެވެ. އެގޮތަށް ވެސް ގެނެވޭނީ އެ ދެ ކްލަބަކީ ޔޫރިއަޕިއަން ޔޫނިއަން ނުވަތަ ޔޫރަޕުގެ އިގްތިސާދީ ސަރަހައްދުގެ ތެރެއަށް ނިސްބަތްވާ ދެ ކްލަބަށް ވެފައި އަދި އެއީ 16-18 އަހަރާ ދެމެދުގެ ކުޅުންތެރިޔަކަށް ވާނަމަ އެވެ. މީގެ އިތުރުން ވެސް އެ ކްލަބުން އެ ކުޅުންތެރިއެއްގެ ކިޔެވުމާއި ޓްރެއިނިން އާއި ދިރިއުޅުމުގެ ކަންކަމާއި އެހެނިގެން ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ހާއްސަ އުސޫލުތަކަށް ތަބާވާނަމަ އެވެ.
މި އަދަބާ ގުޅިގެން ޗެލްސީ އަށް ދެން އެންމެ އަވަހަށް ވެސް ކުޅުންތެރިޔަކު ގެނެވޭނީ 2020 ވަނަ އަހަރުގެ ޖޫން މަހު އެވެ. މިއީ ފޯމު ގެއްލި، އާ ކުޅުންތެރިން ހޯދަން ޗެލްސީ އަށް ޖެހިފައިވަނިކޮށް ކުރިމަތިވި ވަރަށް ބޮޑު މައްސަލައެކެވެ. އަދި އެ ޓީމުން ލޯން އުސޫލުން ގެނެސްފައިވާ ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިންގެ ކޮންޓްރެކްޓް ދެން ދާއިމީ ކުރެވިދާނެ ކަމާ މެދު ވެސް ސުވާލު އުފެދެ އެވެ. ޗެލްސީގެ މިޑްފީލްޑަރު އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވުމާ ގާތުގައި އޮތްއިރު އެ ޑީލަށް ދެން ވާނެ ގޮތެއް ވެސް ނޭގެ އެވެ. ޗެލްސީ އަށް ކުޅުންތެރިން ވިއްކާލުމުގައި ހުރަހެއް ނެތް ނަމަވެސް ކުޅުންތެރިޔަކު ގެނެވެސް ނެތީސް އެންމެ މުހިއްމު އެކަކު ދޫކޮށްލަފާނެ ކަމަށް ނުބެލެވެ އެވެ.
ފީފާ އިން ވަނީ މިފަދަ މައްސަލަތެއްގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑަށް މީގެ ކުރިން ދީފަ އެވެ. އެކަމަކު އޭގެ ތެރެއިން ބާސެލޯނާ އިން އިސްތިއުނާފްކުރުމުން އެ އަދަބަށް އަމަލުކުރުމުން އެއް އަހަރު ފަސްކުރީ އެވެ. އެހިސާބުން ބާސެލޯނާ އިން ލުއިސް ސުއަރޭޒާއި އިވާން ރަކިޓިޗާއި ޖެރެމީ މެތިއު އާއި ކްލައުޑިއޯ ބްރާވޯ އަދި މާކް-އަންދްރޭ ޓާ ސްޓެގެން ގެނެސް ޓީމު ވަރުގަދަކުރީ އެވެ.
ޗެލްސީ އެންމެ ފަހުން ދުނިޔޭގެ ޗެމްޕިއަނުންނަށް!
ކޮވިޑުން ރަނގަޅުވެ ޓުޗެލް ކްލަބް ވޯލްޑްކަޕް ފައިނަލަށް
ޗެމްޕިއަން ޗެލްސީ ކްލަބު ވޯލްޑް ކަޕް ފައިނަލަށް
ފީފާ ކްލަބް ވޯލްޑްކަޕް މިރޭ ފަށަނީ
މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުން ތިބީ ޗެލްސީގައި
އަދަބު ލުއިކޮށްދިނުމުން ޗެލްސީގެ ނުރުހުން ފީފާ އަށް
ޗެލްސީގެ އަދަބު މައްސަލައިގައި ކޯޓުން ގޮތެއް ނިންމަނީ
ފީފާ އިން ލުޔެއް ނުދިނުމުން ޗެލްސީ ހިތްހަމަނުޖެހިއްޖެ
ގޮތް ނޭނގޭ ސިޓީއެއްގެ މައްސަލައިގައި ވިލިއަން ކޯޓަށް
ފީފާގެ ރައީސް އިންފަންޓީނޯ އަށް ޗެލްސީގެ ދައުވަތެއް