16 ފެބުރުއަރީ 2019
ކުނި މެނޭޖްކޮށް، ތިމާވެއްޓަށް ގެއްލުން ހުރި ޕްލާސްޓިކް ފަދަ އެއްޗިއްސާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން އިޓަލީގެ ފޮތް ފިހާރައަކުން ތަފާތު ކަމެއް ފަށައިފި އެވެ. އެތަނަށް ހުސް ފުޅި އާއި އެލްމިނިއަމް ހުސް ދަޅެއް ގެންދާ ކުދިންނަށް ހިލޭ ފޮތެއް ދެނީ އެވެ.
ކުނި މެނޭޖްކޮށް، ތިމާވެއްޓަށް ގެއްލުން ހުރި ޕްލާސްޓިކް ފަދަ އެއްޗިއްސާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން އިޓަލީގެ ފޮތް ފިހާރައަކުން ތަފާތު ކަމެއް ފަށައިފި އެވެ. އެތަނަށް ހުސް ފުޅި އާއި އެލްމިނިއަމް ހުސް ދަޅެއް ގެންދާ ކުދިންނަށް ހިލޭ ފޮތެއް ދެނީ އެވެ.
އިޓަލީގެ ޕޮލާގައި ހިންގާ އެކްސް ލިބްރިސް ކެފޭ ބުކްޝޮޕްގެ ވެރިޔާ މިޝެލް ޖެންޓައިލް ބުނީ މި ކަމަކީ ކުދިންގެ މެދުގައި ކިޔުމުގެ އާދައަށަންގެންނެވުމާ އެކު، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރަން ބާރުއެޅުމުގެ ގޮތުން ފެށި ކަމެއް ކަމަށެވެ.
އެގޮތުން ޕްލާސްޓިކް ހުސް ފުޅިއަކާ ހުސް ދަޅެއް ގެންދާ ކޮންމެ ކުއްޖަކަށް ހިލޭ ފޮތެއް ދޭނެ ކަމަށް މިޝެލް ބުންޏެވެ.
E se accadesse in ogni città..... forse il Pianeta ringrazierà!#NonRifiutiamoci https://t.co/6G8PgnXb9a pic.twitter.com/jUVGjnpje3
— UN LIBRO Sospeso (@michelegentile7) February 13, 2019
"އަހަރެން އުންމީދު ކުރަން މިކަމުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް. އެއް ކަމަކީ ކުދިންގެ މެދުގައި ކިޔުމުގެ ޖޯޝާއި ޝައުގުވެރިކަން އުފެއްދުން،" އޭނާ ބުންޏެވެ. "އަނެއް ކަމަކީ ޕްލާސްޓިކާއި އެލްމިނިއަމް ކަހަލަ ރިސައިކަލް ކުރެވޭ އެއްޗެހި ގެނެސްގެން އެ އެއްޗެހި ރިސައިލްކޮށްގެން ތިމާވެއްޓަށް ހިދުމަތެއްކޮށް ދިނުން."
Il tuo #librosospeso è importante. E' unico! #donaunlibro #scaffale #exlibriscafe #NonRIfiutiamocihttps://t.co/l7qcktTStV pic.twitter.com/B15kXkGwIt
— UN LIBRO Sospeso (@michelegentile7) February 3, 2019
މިޝެލް ބުނި ގޮތުގައި އޭނާގެ މި މަސައްކަތް މުޅި އިޓަލީގެ ސަމާލު ކަމަށް ގޮސް، އެ ގައުމުގެ އެކި ކަންކޮޅުތަކުގައި މިފަދަ ހަރަކާތްތައް ހިންގާ ތަން ފެނުމަކީ ވަރަށް ބޮޑު ހުވަފެނެކެވެ. އަދި ކުދިންގެ މެދުގައި ހޭލުންތެރިކަން އުފެދޭ ކަހަލަ ކަންކަން ކުރުމަކީ ދުނިޔެ ހިމާޔަތް ކުރަން ކުރާ މަސައްކަތަށް ވަރަށް މުހިއްމު ކަމެއް ކަމަށް ބުންޏެވެ.
މިޝެލް ބުނީ އޭނާ އެއްކުރާ ޕްލާސްޓިކް ފުޅި އާއި އެލްމިނިއަމް ދަޅުތައް ރިސައިކަލް ކުރާ ސެންޓަރަކަށް ފޯރުކޮށް ދީގެން ލިބޭ އާމްދަނީން ގަންނަނީ ފޮތް ކަމަށެވެ.
"އެހެންވީމާ މިއީ އެތައް ކުދިންނަކަށް ހިލޭ ފޮތް ފޯރުކޮށް ދެވޭނެ ހިދުމަތެއް،" އޭނާ ބުންޏެވެ. "މިކަމަށް ލިބޭ ތަރުހީބު ވެސް އަންނަނީ ބޮޑުވަމުން. ވަރަށް ގިނަ ކުދިން މިހާރު ކޮންމެ ދުވަހަކު ވެސް ހުސް ފުޅި އާއި ދަޅު ހިފައިގެން އެބަ އާދޭ."
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން
ރާއްޖޭގައި ކުނީގެ 1 ޕަސެންޓަކީ ޕްލާސްޓިކް ފުޅި
ޖޫސްބޯ ޕްލާސްޓިކް ހޮޅި އާއި ކަފަބުރު ޔޫކޭގައި މަނާކޮށްފި
2040 އަށް 1.3 ބިލިއަން ޓަނުގެ ޕްލާސްޓިކް ކުނި
ޕްލާސްޓިކް މަދުވާނީ އީ-ވޭސްޓް މަދުކޮށްގެން
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ރިސައިކަލް ކުރި ޕްލާސްޓިކުން ޕްރާޑާގެ ދަބަސް ކަލެކްޝަނެއް
ޕްލާސްޓިކާ ދެކޮޅު ނަމޫނާ ދަރިވަރުން
ކުނި ހޮވާ ކުއްޖަކަށް ތިމާވެށީގެ އެމްބެސެޑަރުކަން
މިލަންދޫގައި ޕްލާސްޓިކް މަދުކުރަން ޖަމިއްޔާއަކުން ފަށަނީ