15 ފެބުރުއަރީ 2019
ސަލްމާން ހާން ޕްރޮޑިއުސްކޮށް އަންނަ މަހު ނެރޭ ފިލްމު "ނޯޓްބުކް" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.
ސަލްމާން ހާން ޕްރޮޑިއުސްކޮށް އަންނަ މަހު ނެރޭ ފިލްމު "ނޯޓްބުކް" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.
އޭނާ ކުރި ޓްވީޓެއްގައި ޕޯސްޓަރު ހިއްސާކުރަމުން ބުނީ ފިލްމުގެ ޓްރެއިލާ މި މަހުގެ 17 ވަނަ ދުވަހު ދައްކައިލާނެ ކަމަށެވެ. "ނޯޓްބުކް" އަކީ އެކްޓަރު މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން ބޭލް އާއި ސަލްމާންގެ ޒަމާންވީ ގާތް އެކުވެރިއެއްގެ ދަރިއެއް ކަމަށްވާ ޒަހީރް އިގްބާލް ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. ޒަހީރަކީ ބަތަލާ ސޮނާކްޝީ ސިންހާގެ މިހާރުގެ ލޯބިވެރިޔާ ކަމަށްވެ އެވެ.
ކަޝްމީރުގައި ބޮޑުބައި ޝޫޓްކޮށްފައިވާ "ނޯޓްބުކް" އަކީ ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ ލޯބީގެ ފިލްމެކެވެ.
Bina mile kabhi pyaar ho sakta hai? Introducing @PranutanBahl & @iamzahero in this unique love story directed by @nitinrkakkar #Notebook, releasing 29th March 2019, trailer out on 17th Feb. @SKFilmsOfficial @Cine1Studios @MuradKhetani @ashwinvarde @TSeries pic.twitter.com/tZFX2CLozK
— Salman Khan (@BeingSalmanKhan) February 14, 2019
މީގެ ކުރިން ވެސް ފިލްމީ ދާއިރާ އަށް ގިނަ ތަރިންތަކެއް ނެރެފައިވާ ސަލްމާން މިދިޔަ އަހަރު ވެސް ދެ ތަރިއަކު ނެރުނެވެ. އެއީ ފިލްމު "ލަވް ޔާތުރީ" އިން އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާ އާއި ވަރީނާ ހުސައިނެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ލަންޑަނުގައި ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ ބޮލީވުޑްގެ އެކްޓަރު އިރްފާން ހާން އިންޑިއާ އަށް ހިނގައްޖެ އެވެ.
— Irrfan (@irrfank) March 16, 2018
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 52 އަހަރުގެ އެކްޓަރު އިންޑިއާ އަށް ދިޔައީ މި ހަފުތާގެ ތެރޭގަ އެވެ. އަދި މި މަހުގެ ތެރޭގައި އޭނާ ފިލްމު "ހިންދީ މީޑިއަމް 2" ގެ ޝޫޓިން ވެސް ފަށާނެ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ. ނަމަވެސް އިންޑިއާގެ ދަތުރާ ބެހޭ ގޮތުން އިރްފާން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނި ގޮތުގައި 2017 ގައި ރިލީޒް ކުރި "ހިންދީ މީޑިއަމް" ގެ ދެވަނަ ބައިގެ މަސައްކަތް އިރްފާނަށް ވަގުތުވުމާ އެކު ފަށަން އެ ފިލްމުގެ ޓީމް އޮތީ ތައްޔާރަށެވެ.
ދާދި ފަހުން މީޑިއާތަކުން ބުނީ އެ ފިލްމުގެ ބަތަލާގެ ރޯލް ކަރީނާ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށެވެ.
ބޮލީވުޑްގެ ވަރަށް ގިނަ ޑައިރެކްޓަރުން ތިބީ އިރްފާން ފަރުވާ އަށް ފަހު، ފިލްމީ މަަސައްކަތަށް އެނބުރި ނުކުންނާނެ އިރެއްގެ އިންތިޒާރީގަ އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ރާޖް މެހެތާ ޑައިރެކްޓް ކުރާ ފިލްމު "ގުޑް ނިއުސް" ގެ ޝޫޓިން މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ފަށާފައި ވަނިކޮށް، އެ ފިލްމުގެ މުހިއްމު ރޯލްތަކެއް ކުޅޭ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރް ވެސް ކްރޫއާ ގުޅިއްޖެ އެވެ.
My #MondayMotivation, Bebo...trying to keep up with my super glamorous co-star ?#KareenaKapoorKhan #GoodNews pic.twitter.com/PmRmmNDTd1
— Akshay Kumar (@akshaykumar) February 11, 2019
މި ދެ ތަރިންނާ އެކު "ގުޑް ނިއުސް" އިން ކިއާރާ އަދްވާނީ އާއި ދިލްޖީތު ދޮސަންޖް ވެސް ފެނިގެން ދާނެ އެވެ. މިއީ މިދިޔަ އަހަރު ރިލީޒް ކުރި "ވީރޭ ދީ ވެޑިން" އަށް ފަހު ކަރީނާ ކުޅޭ ފުރަތަމަ ފިލްމެވެ.
އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކަރީނާ އާއި އަކްޝޭ އެންމެ ފަހުން އެކީގައި ފެނިފައި ވަނީ 2015 ގެ "ގައްބަރު އިޒް ބެކް" ގެ ލަވައަކުންނެވެ. "ގުޑް ނިއުސް" ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު 6 ގަ އެވެ.
އަންނަ މަހުގެ 21 ގައި "ކޭސަރީ" ރިލީޒް ކުރާ އިރު، އަކްޝޭ ވަނީ ރޯހިތު ޝެޓީގެ ފިލްމު "ސޫރިޔަވަންޝީ" ގެ ޝޫޓިން ވެސް ފަށައިފަ އެވެ.
މީގެ ފަސް މަހެއްހާ ދުވަސް ކުރިން ޝޫޓިން ފެށި ރަންބީރު ކަޕޫރާއި ސަންޖޭ ދަތުގެ އެޑަވެންޗާ ފިލްމު "ޝަމްޝޭރާ" ގެ ޝޫޓިން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ޕިންކްވިލާ އިން ބުނެފި އެވެ.
KARAM SE DACAIT... DHARAM SE AZAAD... My next with @yrf and Ranbir Kapoor!!!! #SHAMSHERA https://t.co/mqLshCjBXC
— Karan Malhotra (@karanmalhotra21) May 7, 2018
އެ ނޫހުން ބުނި ގޮތުގައި މީގެ މަސައްކަތް ކުރިއަށް ނުގޮސް މިހާރު ހުއްޓިފައި އޮތީ ސަންޖޭ، އަޝުތޯޝް ގޮވަރިކާގެ "ޕާނިޕަޓް" ގައި ބިޒީވުމާއި އަޔާން ކުމަރްޖީގެ "ބުރައްމަސްތުރާ" ގައި ރަންބީރު ބިޒީވެގެންނެވެ.
"ޝަމްޝޭރާ" ގެ ޝޫޓިން މި އަހަރުގެ މެދުތެރެއަށް ނިންމައިލަން ތާވަލުކޮށް އޮތަސް، މިހާރު މަސައްކަތް ހުއްޓިފައިވާތީ ރޭވި ގޮތަށް ފިލްމުގެ ޝޫޓިން ނިންމައި ނުލެވޭނެ ކަމަށްވެ އެވެ.
ދެހާސް ބާރައިގެ "އަގްނީޕަތު" ގެނެސް ދިން ކަރަން މަލްއުތުރާ ޑައިރެކްޓް ކުރާ "ޝަމްޝޭރާ" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެކެވެ. މީގެ ބަތަލާއަކީ ވާނީ ކަޕޫރެވެ.
"ޝަމްޝޭރާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖުލައި 31 ގަ އެވެ.
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް