03 ފެބުރުއަރީ 2019
ޓިއުރިން (ފެބްރުއަރީ 3) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް ކުރީގައި އޮއްވާ، ފަހު ވަގުތު ޖާވީނިއޯ ޖެހި ދެ ލަނޑާ އެކު ޕާމާ އިން ރޭ އިޓާލިއަން ލީގުގައި ގަދަފަދަ ޔުވެންޓަސްއާ 3-3 އިން އެއްވަރުކޮށްފި އެވެ.
ޓިއުރިން (ފެބްރުއަރީ 3) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް ކުރީގައި އޮއްވާ، ފަހު ވަގުތު ޖާވީނިއޯ ޖެހި ދެ ލަނޑާ އެކު ޕާމާ އިން ރޭ އިޓާލިއަން ލީގުގައި ގަދަފަދަ ޔުވެންޓަސްއާ 3-3 އިން އެއްވަރުކޮށްފި އެވެ.
މި ސީޒަނުގެ ލީގުގައި ޔުވެންޓަސް އަތުން ޕޮއިންޓް ގެއްލުނު ތިން ވަނަ މެޗެވެ. އެ ޓީމުގެ އަދި ބައްޔެއް ނުވެ އެވެ. ރޭ ޔުވެންޓަސް މޮޅުނުވުމުން އެއް ވަނައިގައި ނުވަ ޕޮއިންޓަށް ލީޑު ވަނީ ކުޑަވެފަ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 60 ޕޮއިންޓާ އެކު އެވެ. ރޭ ސަމްޕްޑޯރިއާ އަތުން 3-0 އިން މޮޅުވި ނަޕޯލީ ދެ ވަނައިގައި އޮތީ 51 ޕޮއިންޓާ އެކު އެވެ.
ފުރަތަމަ އެގާރައިގައި ކުޅޭ ދެ ޑިފެންޑަރުން ކަމަށްވާ ޖިއޯޖިއޯ ކިއެލީނީ އާއި ލިއޮނާޑޯ ބޮނޫޗީ އަނިޔާގައި ތިބުމުން ރޭ ޔުވެންޓަސްގެ ޑިފެންސް ލައިން ފެނުނީ ބަލިކޮށެވެ. އެ މަގާމަށް ކުޅުނީ މާޓިން ސަސެރެސް އާއި ޒުވާން ކުޅުންތެރިޔާ ޑެނިއަލް ރުގާނީ އެވެ. ގޯލް ބެލެހެއްޓީ ބަދަލު ގޯލްކީޕަރު މަޓިއާ ޕެރިން އެވެ.
އަމިއްލަ ދަނޑުގައި ޔުވެންޓަސް ކުޅުނު މެޗުގެ 36 ވަނަ މިނެޓުގައި ރޮނާލްޑޯ ލީޑު ނަގައިދިނެވެ. ދެ ވަނަ ލަނޑު 62 ވަނަ މިނެޓުގައި ޖެހީ ރުގާނީ އެވެ. އޭގެ ދެ މިނެޓު ފަހުން އެންޓޯނިއޯ ބަރިއްޔާ ވަނީ ޕާމާ އަށް އެއްވަރުކޮށްދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ރޮނާލްޑޯ ލަނޑު ޖަހައި ލީޑު ފުޅާކުރި އެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޕާމާ އިން މަންޒަރު ބަދަލުކޮށްލީ 74 ވަނަ މިނެޓާއި އިތުރު ވަގުތުގެ ތެރޭ ޖާވީނިއޯ ވައްދާލި ދެ ގޯލާ އެކު އެވެ. މި ނަތީޖާއާ އެކު ޕާމާ އޮތީ 29 ޕޮއިންޓް ހޯދައި 12 ވަނައިގަ އެވެ.
ރޮނާލްޑޯގެ ރެކޯޑް ގޯލާ އެކު ޔުވެންޓަސް މޮޅުވެއްޖެ
ރޮނާލްޑޯގެ ގޯލުން މޮޅުވެ ޔުވެންޓަސް ތިން ވަނަ އަށް
ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް މޮޅުވެއްޖެ
އެނބުރި އައިސް ރޮނާލްޑޯ ޔުވެންޓަަސް މޮޅުކޮށްދީފި
ރޮނާލްޑޯ އަށް ރެކޯޑެއް، ޔުވެންޓަސް ލީގު ހޯދުމާ ގާތަށް
ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް ލީގާ ކައިރިއަށް
ރޮނާލްޑޯގެ 1000 ވަނަ މެޗުގައި ރެކޯޑަކާ އެއްވަރުކޮށްފި
ޔުވެންޓަސް ބަލިވިޔަސް ރޮނާލްޑޯ ރެކޯޑް ހަދައިފި
ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ ލީގުގެ ކުރީގައި
ރޮނާލްޑޯގެ ގޯލަށް ސަމާލުކަން، ޔުވެންޓަސް ކުރިއަށް