29 ޖެނުއަރީ 2019
ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް މަހަކު 1،500-2،500ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭ ގޮތަށް އެމްޑީޕީން ކަރުދާހެއް ތައްޔާރުކޮށްފި އެވެ.
ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް މަހަކު 1،500-2،500ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭ ގޮތަށް އެމްޑީޕީން ކަރުދާހެއް ތައްޔާރުކޮށްފި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް އެމްޑީޕީން ތައްޔާރުކުރި، "ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އިނާޔަތް ދިނުމުގެ ބިލް"ގެ ޑްރާފްޓުގައިވާ ގޮތުން މަސައްކަތްތެރިންނާއި ވަޒީފާ އަދާކުރާ މީހުންގެ މައުލޫމާތު ޖޮބް ސެންޓަރުތައް މެދުވެރިކޮށް ސަރުކާރުން ބަލަހައްޓަން ވާނެ އެވެ.
ޖޮބް ސެންޓަރުތަކުން ވިޔަފާރިތަކާއި ސަރުކާރުގައި ހުރި ހުސް ވަޒީފާތަކުގެ މައުލޫމާތު އެއްކޮށް، އެ މައުލޫމާތުތައް ގަވައިދުން ބަލަހައްޓަން ވާނެ ކަމަށް ވެސް އެ ކަރުދާހުގައިވެ އެވެ. އަދި އެ ސެންޓަރުތަކުން ވަޒީފާ އަށް އެދޭ މީހުންގެ ދަފްތަރެއް ގާއިމްކުރަން ޖެހެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރާނީ ޖޮބް ސެންޓަރުތަކުންނެވެ.
ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް ދޭނެ އިނާޔަތެއް ކަނޑައަޅާނީ އެމީހެއްގެ އުމުރަށާއި ދަރިންގެ އަދަދަށާއި ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރަށާއި ވަޒީފާއެއްގައި އުޅެފައި ހުރި ނަމަ، އެމީހަކު ވަކިވެފައިވާ ތާރީހަށާއި ސަބަބަށާއި އެމީހަކު ދިރިއުޅޭ ރަށުގެ ހާލަތު ފަދަ ކަންކަމަށް ބަލާފައި ކަމަށް އެ ކަރުދާހުގައިވެ އެވެ.
އޭގައި ވާ ގޮތުން، ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އިނާޔަތް ދޭން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކޮށް، ބިލް ތަސްދީގު ކުރާތާ ތިން މަސް ފަހުންނެވެ.
އާ ރައްޔިތުންގެ މަޖިލިހުގެެ އިންތިހާބު އޮންނާނީ އެޕްރީލް 6 ގަ އެވެ. އެ މަޖިލިހަށް ހުށައަޅާނެ ކަންކަމާ ބެހޭ ބިލްތަކެއް، އޭގެ މާ ކުރިން އެމްޑީޕީން ޑްރާފްޓްކުރުމުގެ އިތުރުން އެއަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
ބިދޭސީންތަކެއް އެނބޫދޫފިނޮޅުގައި މަސައްކަތް ކުރަނީ: ދިވެހިން ލިބޭ ވަޒީފާތަކަށް ބިދޭސީން ނުގެނެވޭ ގޮތް ހަދަން އެމްޑީޕީން ބޭނުންވޭ --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެމްޑީޕީން ބުނީ ރާއްޖޭގެ ވަޒީފާތަކަށް ބިދޭސީން ގެންނަނީ އެ މަސައްކަތްތައް ކުރާނެ ދިވެހިން ނެތް ކަމަށް ބުނެ އެވެ. އެކަމަކު މަސައްކަތްތަކަށް ތަމްރީން ލިބިފައިވާ ދިވެހިން ތިބޭ ނަމަ، އެ ވަޒީފާތައް ފުރާނީ ދިވެހިން ކަމަށް ހަދާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ގެންނަން ދައުލަތަށް ދައްކާ ފައިސާއިން ލިބޭ އާމްދަނީގެ 20 ޕަސަންޓް، ދިވެހި ޒުވާނުންގެ ތަމްރީނަށް ހޭދަކުރާ ގޮތަށް ހަދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީން ބުނީ ބިދޭސީން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ހެދި ގަވައިދުތަކާއި އުސޫލުތަކަށް ބަދަލު ގެނެސް، ދިވެހިން ތަމްރީންވެފައި ތިބި ވަޒީފާތަކަށް ބިދޭސީން ނުގެނެވޭނެ ގޮތަށް ގާނޫނުން ކަނޑައަޅައި ސަރުކާރު ބާރުވެރިކުރަން ބޭނުންވާ ކަމަށެވެ.
ދުވާލަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 200ރ.
އަންނަ އަހަރަށް މިނިމަމްވޭޖު ކަނޑަނޭޅިދާނެ: ޣަފޫރު
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑް އެކުލަވާލައިފި
މިނިމަމް ވޭޖު ކަނޑައަޅަން މި އުޅެނީ ކިހިނެއް؟
އެމްސީއާ ނުލައި ސަލާމް ބުނެވޭ ދުވަސްތައް މަދުކޮށްފި
ވަޒީފާގެ ގާނޫނަށް ގެންނަ ބަދަލުތަކާ އެކު ފާޑުކިޔުން
މިނިމަމް ވޭޖް އަވަހަށް ކަނޑައަޅަން ގޮވާލައި ގަރާރެއް
ވަރުބަލިވެ އަވަދިވަމުންދާ މަސައްކަތްތެރިން
ޔޫނިއަން ހަދަން މެމްބަރުން ފުރުސަތު ދޭތޯ ބަލަބަލައި!
ކަފާލާތުގެ ބިލުން ފައިދާ އޮތީ އެމްޑީޕީއަށް:ޝުޖާއު