19 ޖެނުއަރީ 2019
ރާއްޖޭގެ ދެކުނު ސަރަހައްދަށް މޫސުން ގޯސްވެ، ފުވައްމުލަކާއި އައްޑުއަށް މިރޭ ޔެލޯ އެލާޓް ނެރެފި އެވެ.
ރާއްޖޭގެ ދެކުނު ސަރަހައްދަށް މޫސުން ގޯސްވެ، ފުވައްމުލަކާއި އައްޑުއަށް މިރޭ ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ފުވައްމުލަކަށާއި އައްޑުއަށް މިރޭ ޔެލޯ އެލާޓް ނެރުނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާތީ ކަމަށާއި ވައި ޖެހޭނެ ކަމަށް ލަފާކުރަނީ އާއްމުގޮތެއްގައި މަޑުން ކަމަށެވެ. އެގޮތުން އާއްމު ގޮތެއްގައި ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރާ އިރު ވިލާގަނޑުގައި ވައި ބާރުވާނެ ކަމަށް ލަފާކުރަނީ ގަޑިއަކު 35 މޭލަށެވެ.
ފުވައްމުލަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 9:00 އިން ފެށިގެން މިރޭ މެންދަރު 12:00 އާ ހަމައަށެވެ. އަދި އައްޑުއަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 8:45 އިން ފެށިގެން 11:45 އާ ހަމައަށެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ފުވައްމުލަކަށާއި އައްޑުއަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.
ރާއްޖޭގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް ފަަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މާލޭގައި މިދިޔަ ޑިސެމްބަރު މަހު ބޯކޮށް ވާރޭ ވެހި އާދަޔާ ހިލާފަށް ފެންބޮޑުވި އެވެ.
ފުވައްމުލަކަށް އިއްޔެ 120 މިލިމީޓަރުގެ ވާރޭ
ވިއްސާރައިގައި ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއް
ވާރޭ ވެހި އައްޑޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
މެޓުގެ އިންޒާރު: ކަނޑު ވަރަށް ގަދަވާނެ!
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް
ވަރަށް ގަދަ، ހުޅުލެއަށް 58 މޭލަށް ވައި ގަދަވި
މެޓްގެ ވެދާ ރާޑަރު އަލުން ބޭނުންކުރަން ފަށައިފި
މި ހަފުތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ސްކޫލް ބަންދާ އެކު މުޅި ރާއްޖެއަށް ވިއްސާރަ