Roadha Mihaaru
ކިނބުލުގެ ޝިކާރައަކަށްވީ އެއަށް ކާންދޭ މީހާ

ކިނބުލުގެ ޝިކާރައަކަށްވީ އެއަށް ކާންދޭ މީހާ

18 ޖެނުއަރީ 2019

އިންޑޮނީޝިއާގައި ގަވައިދާ ހިލާފަށް "ޕެޓެއް" ގެ ގޮތުގައި ގެންގުޅުނު ބޮޑު ކިނބުލެއް އޭތި ބަލަހައްޓައި ކާންދޭ އަންހެން މީހާ އަށް ހަމަލާދީ ހަށިގަނޑުގެ ބައެއް ކާލައި، މަރާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑޮނީޝިއާގައި ގަވައިދާ ހިލާފަށް "ޕެޓެއް" ގެ ގޮތުގައި ގެންގުޅުނު ބޮޑު ކިނބުލެއް އޭތި ބަލަހައްޓައި ކާންދޭ އަންހެން މީހާ އަށް ހަމަލާދީ ހަށިގަނޑުގެ ބައެއް ކާލައި، މަރާލައިފި އެވެ.

ބީބީސީން ބުނި ގޮތުގައި މި މަހުގެ 10 ވަނަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ އިންޑޮނީޝިއާގެ ސުލަވެސީ އަވަށުގައި ހިންގާ ޕާލް ފާމްގަ އެވެ.

ބަރުދަނުގައި 700 ކިލޯ އަދި ދިގު މިނުގައި 4.4 މީޓަރު ހުރި "މޭރީ" ނަމަކަށް ކިޔާ ކިނބޫ އޭތި ބަލަހައްޓަމުން ދިޔަ ޑީޒީ ޓްވޯ، 44، އަށް ހަމަލާ ދިނީ ރޭގަނޑު އެއަށް ކާންދޭން އުޅެނިކޮށް ކިނބޫ އޮތް ފެންގަނޑުގެ ތެރެއަށް އޭނާ ވެއްޓުމުންނެވެ.

ކިނބޫ ނެގުމުގެ މަސައްކަތް ކުރަނީ.

ކިނބޫ ނެގުމުގެ މަސައްކަތް ކުރަނީ.

ޑީޒީގެ ހަށިގަނޑު ފެނުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު އެވެ. އޭރު އޭނާގެ އެކި ތަންތަން ހުރީ ކާލައިފަ އެވެ.

މި ހާދިސާ އަށް ފަހު އެ ކިނބޫ ވަނީ ސުވަލެސީ ނެޗްރަލް ރިސޯސެސް ކޮންޒަވޭޝަން އެޖެންސީ (ބީކޭއެސްޑީއޭ) ގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ކިނބޫ ނެގުމުގެ މަސައްކަތް ކުރަނީ.

ކިނބޫ ނެގުމުގެ މަސައްކަތް ކުރަނީ.

އެތަނުން ބުނި ގޮތުގައި ގަވައިދާ ހިލާފަށް ޕާލް ފާމްގައި ކިނބުލެއް ގެންގުޅޭކަން އެނގިގެން މީގެ ކުރިން ވެސް އެ ކިނބޫ އެތަނުން ބޭރު ކުރަން މަސައްކަތް ކުރި އެވެ. އެކަމަކު އެތަނަށް ވަންނަން ޕާލް ފާމުން ހުރަސް އެޅުމުން އެކަން މިހާތަނަށް ނުކުރެވި އޮތީ ކަމަށް ބީކޭއެސްޑީއޭ އިން ބުންޏެވެ.

އަންހެން މީހާގެ މަރާ އެކު، ޕާލް ޕާމް ހިންގާ މީހާ ހޯދުމުގެ މަސައްކަތް އިންޑޮނީޝިއާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު އަންނަނީ ކުރަމުންނެވެ. އޭނާއަކީ ޖަޕާނު މީހެކެވެ.