08 ޖެނުއަރީ 2019
ވިންޑޯޒް 10 އާންމު މާކެޓަށް 2015 ގައި ނެރުމަށް ފަހު، މައިކްރޮސޮފްޓުން އަމާޒެއް ކަނޑައެޅި އެވެ. އެއީ 2018 ނިމުމުގެ ކުރިން އެއް ބިލިއަން ޑިވައިސްގައި ބޭނުންކުރެވޭ އޮޕަރޭޓިން ސިސްޓަމަކަށް ހެދުމެވެ. އެކަމަކު، މުއްދަތު ހަމަވިއިރު ވެސް، އެ ލަނޑުދަނޑި ހާސިލެއް ނުކުރެވުނެވެ.
ވިންޑޯޒް 10 އާންމު މާކެޓަށް 2015 ގައި ނެރުމަށް ފަހު، މައިކްރޮސޮފްޓުން އަމާޒެއް ކަނޑައެޅި އެވެ. އެއީ 2018 ނިމުމުގެ ކުރިން އެއް ބިލިއަން ޑިވައިސްގައި ބޭނުންކުރެވޭ އޮޕަރޭޓިން ސިސްޓަމަކަށް ހެދުމެވެ. އެކަމަކު، މުއްދަތު ހަމަވިއިރު ވެސް، އެ ލަނޑުދަނޑި ހާސިލެއް ނުކުރެވުނެވެ.
ސްމާޓްފޯނުތަކާއި ޓެބްލެޓްތަކަށް ޚާއްސަ އަދަދެއް ވިންޑޯޒް 10 ގައި ހިމެނެ އެވެ. ވިންޑޯޒް 10 ހާސިލްކުރާނެ މިންވަރު އަންދާޒާކޮށް ގުނުމުގައި ސްމާޓް ޑިވައިސްތައް ވެސް ވަނީ ހިމަނާފަ އެވެ. މައިކްރޮސޮފްޓަށް އެ އަމާޒަށް ވާސިލުނުވެވުނު ސަބަބަކީ، ސްމާޓްފޯން މާކެޓްގައި ވިންޑޯޒް ފޯނުތަކަށް ފުރުސަތު ގެއްލިގެން ދިއުމެވެ.
މައިކްރޮސޮފްޓުން ދެން މަސައްކަތްކުރީ ވިންޑޯޒް 7 އަށް ވުރެ މަގުބޫލް އޮޕަރޭޓިން ސިސްޓަމަކަށް، ވިންޑޯޒް 10 ހެދުމަށެވެ. އެހެން ނަމަވެސް، އެކަމުގައި ތަޖުރިބާކުރަން ޖެހުނު ދަތިތަކާ ހެދި، އަވަސް ތާރީޚެއްގައި އެކަން ވެސް ފުރިހަމަވާ ގޮތެއް ނުވި އެވެ. ވިންޑޯޒް 10 އަށް، ވިންޑޯޒް 7 އަށް ވުރެ ދަރަޖަ މަތިވެވުނީ ދާދި މިދާކަށް ދުވަހު، ފާއިތުވި އަހަރު ޑިސެމްބަރުގަ އެވެ.
ވެބް މާކެޓް ދިރާސާކުރާ ފާމެއް ކަމަށް ވާ "ނެޓް މާކެޓް ޝެއާ" އިން ހާމަކުރި ގޮތުގައި، ވިންޑޯޒް އާއިލާގައި މިހާރު އެންމެ ގިނަ މީހުން ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމަކީ ވިންޑޯޒް 10 އެވެ. ވިންޑޯޒް 7 ބޭނުންކުރާ މީހުންގެ އަދަދު އަޑިއެޅި ސަބަބަކީ، ވިންޑޯޒް 7 ސަޕޯޓް ހުއްޓާލަން މައިކްރޮސޮފްޓުން ނިންމި ތާރީޚު ކައިރިވަމުން އައުމެވެ.
އޮޕަރޭޓިން ސިސްޓަމަކަށް އަދި އެޕްލިކޭޝަނަކަށް ސަޕޯޓް ހުއްޓާލައިފި ނަމަ، ސެކިއުރިޓީ ޕެޗްތައް ފިޔަވައި އިތުރު ކުރިއެރުމެއް ފޯރުކޮށް ނުދެ އެވެ. ސެކިޔުރިޓީ ޕެޗްތައް ވެސް ދެނީ ވަކި މުއްދަތަކަށެވެ. އެ އަށް ފަހު އެ އެއްޗެއް މުޅިން ހުއްޓާލަ އެވެ.
ވިންޑޯޒް ފޯނުގެ ނާކާމިޔާބީ އެޅުވީ ވެރިންގެ ބޮލުގައި
މައިކްރޮސޮފްޓް ވިންޑޯޒް ފޯން ހުއްޓާލަނީ
ބުއްދިވެރި ގޮތަކީ ވިންޑޯޒް ފޯނު ހުއްޓާލުން
މައިކްރޮސޮފްޓް އެޖާއި ކްރޯމް "ތަޅާފޮޅުމެއްގައި"
ވިންޑޯޒް 11 ނެރުން އަވަސްކޮށް، އަންނަމަހުގެ 5 އަށް
ވިންޑޯޒް 11 އާ އެކު "ޕެއިންޓް" އާކުރަނީ
ވިންޑޯސް 11 އާ އެކު އިންޓަނެޓް އެކްސްޕްލޯރާ ފޮހެލަނީ
ވިންޑޯޒް 11: އަޕްޑޭޓިންގައި މަސައްކަތެއް ނުހުއްޓޭނެ
ވިންޑޯޒް 10ގެ ނިމުން 2025 ގައި
އިންޓަނެޓް އެކްސްޕްލޯރާ ހުއްޓާލާނީ ޖޫން 2022 ގައި