Roadha Mihaaru
އަނޫޕަމްގެ ފިލްމާ ދެކޮޅަށް ކޯޓަށް

އަނޫޕަމް ކޭރްގެ "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" އާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

04 ޖެނުއަރީ 2019

އަނޫމަޕް ކޭރް އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ރޯލް ކުޅެފައިވާ ފިލްމު "ދި އެކްސިޑެންޓަން ޕްރައިމް މިނިސްޓާ" މި މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނިކޮށް، އެ ފިލްމާ ދެކޮޅަށް ބިހާރު ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަނޫމަޕް ކޭރް އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ރޯލް ކުޅެފައިވާ ފިލްމު "ދި އެކްސިޑެންޓަން ޕްރައިމް މިނިސްޓާ" މި މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނިކޮށް، އެ ފިލްމާ ދެކޮޅަށް ބިހާރު ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ ސުދީރު ކުމާރު އޮޖާ، އަނޫޕަމް އާއި "ދި އެކްސިޑެންޓަން ޕްރައިމް މިނިސްޓާ" ގެ ޓީމްގައި އިސްކޮށް މަސައްކަތްކުރި މީހުންނާ ދެކޮޅަށް ބުދަ ދުވަހު ކޯޓަށް މައްސަލަ ހުށަހެޅީ އެ ފިލްމަކީ ކޮންގްރެސް ޕާޓީގެ އިސް ވެރިންތަކަކަށް ހުތުރުވާ ގޮތަށް ހަދާފައިވާ ފިލްމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

އޭނާ ހުށަހެޅި މައްސަލާގައި، ވަކިން ހާއްސަކޮށް މަންމޯހަން ސިންގްގެ ރޯލް ކުޅުނު އަނޫޕަމް އާއި ބޮޑުވަޒީރުގެ ޕްރެސް އެޑްވައިޒަރުގެ ރޯލް ކުޅުނު އަކްޝަޔޭ ކަންނާގެ ރޯލަކީ އެ ދެ މީހުންގެ ޝަހުސިއްޔަތު ކަތިލެވޭ ގޮތަށް ގެނެސް ދީފައިވާ ކެރެކްޓާތަކެއް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގައި ސޯނިއާ ގާންދީ އާއި އޭނާގެ ދަރިން ކަމަށްވާ ރާހުލް ގާންދީ ޕްރިޔަންކާ ގާންދީގެ ކެރެކްޓާ ވެސް "ހުތުރުކޮށް" ފިލްމުގައި ދައްކާ ކަމަށް ބުނެ އެކަން ވެސް ސުދީރު ކޯޓަށް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

"ދި އެކްސިޑެންޓަން ޕްރައިމް މިނިސްޓާ" ޓްރެއިލާ ރިލީޒް ކުރި ތަނާހެން ކޮންގްރެސް ޕާޓީގެ އިސް އޮފިޝަލުންތަކެއް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި ވިޖޭ ރަޓްނާގަރު ގުއްޓޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މިހާރު ވެރިކަން ކުރާ ޕާޓީ ބީޖޭޕީގައި އަޑީގައި އޮވެގެން ހަދާފައިވާ ފިލްމެއް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން އަނޫޕަމް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމު ހަދާފައި އޮތީ ލިޔެފައިވާ ފޮތަކަށް ބިނާކޮށް ކަމަށާއި އޭގައި އެއްވެސް ބަޔަކަށް ހައްގު ނޫން ފާޑެއް ކިޔާފައި ނުހުންނާނެ ކަމަށާއި ފިިލްމު މަންމޯހަން ސިންގް އަށް ދައްކައިލަން ވެސް ވޭނުންވާ ކަމަށެވެ.

"ދި އެކްސިޑެންޓަން ޕްރައިމް މިނިސްޓާ" ހަދާފައި ވަނީ ހަމަ އެ ނަމުގައި ސަންޖޭ ބަރޫ 2014 ގައި ލިޔުނު ފޮތަށް ބިނާކޮށެވެ. އޭގެ މައިގަނޑު ވާހައަކީ މަންމޯހަން ސިންގްގެ "ހާޖާނުގަނޑު ބޮޑު" ބޮޑުވަޒީރުގެ ކަމުގެ ދައުރެވެ.

"ދި އެކްސިޑެންޓަން ޕްރައިމް މިނިސްޓާ" އަށް ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، މި ފިލްމުގެ ރަސްމީ ޓްރެއިލާ ވެސް މިހާރު ވަނީ ޔޫޓިއުބުން ގެއްލިފަ އެވެ. މިކަމާ ވެސް އަނޫޕަން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.