25 ޑިސެމްބަރ 2018
ކާބުލް (ޑިސެމްބަރު 25) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ސަރުކާރު އޮފީސްތައް ހުންނަ އިމާރާތަކަށް ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި 43 މީހުން މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކާބުލް (ޑިސެމްބަރު 25) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ސަރުކާރު އޮފީސްތައް ހުންނަ އިމާރާތަކަށް ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި 43 މީހުން މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިއީ އަފްޣާނިސްތާނުގެ ވެރިރަށުގައި މި އަހަރު ދިން އެންމެ ނުރައްކާ ހަމަލާ އެވެ. ހަމަލާގެ ޒިންމާ އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން މިހާތަނަށް އުފުލައިފައެއް ނުވެ އެވެ.
ޕަބްލިކް ވޯކްސް މިނިސްޓްރީ ހުންނަ އިމާރާތަށް ހަނގުރާމަވެރިން ވަދެގަތީ އިއްޔެ މެންދުރު ފަހު އެވެ. އިމާރާތަށް ވަނުމުގެ ގޮތުން ފުރަތަމަ ވަނީ ކާރު ބޮމެއް ގޮއްވާލައިފަ އެވެ. ހަނގުރާމަވެރިންގެ ހަމަލާ އިން ސަލާމަތްވުމަށް ބައެއް މުވައްޒަފުން ވަނީ އިމާރާތުގެ މަތީ ފްލޯތަކުގެ ކުޑަދޮރުތަކުން ބޭރަށް ފުންމާލައިފަ އެވެ. އަނެއް ބަޔަކު ތިބެން ޖެހުނީ އިމާރާތުގެ ތެރޭގައި ތާށިވެފަ އެވެ.
ބޮމުގެ ހަމަލާގައި ޒަޚަމްވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ
އޮފިޝަލުން ބުނީ ސަލާމަތީ ފަރާތްތަކުން ހަމަލާދީ އެތައް ގަޑިއިރެއް ފަހުން ސްޓާފުން ސަލާމަތްކުރި އިރު ހަމަލާ ދިން ހަތަރު ހަނގުރާމަވެރިން ވަނީ މަރާލައިފައި ކަމަށެވެ. ސަލާމަތީ ފަރާތްތަކުން ވަނީ 350 އަށް ވުރެ ގިނަ މީހުން ސަލާމަތް ކޮށްފަ އެވެ. މަރުވި ގިނަ މީހުންނަކީ އާއްމުންނެވެ.
އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވީ ޓެރަރިސްޓުން އާއްމުންގެ އަމާޒުތަކަށް ހަމަލާ ދެނީ ހަނގުރާމައިގެ މައިދާނުގައި އެ މީހުންނަށް ނާކާމިޔާބުވަމުން ދާތީ ކަމަށެވެ.
ގަނޑުވަރަށް ހަމަލާދިނީ އަފްޣާން ރައީސް ތަގްރީރުދެނިކޮށް
ޑޮކްޓަރުންގެ ހެދުމުގައި އައިއެސްއިން ދިން ހަމަލާގައި 30 މަރު
އެމެރިކާ އިން ޒަވާހިރީ މަރައިލީ ކިހިނެއް؟
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
ތާލިބާނުންގެ އަސްކަރީ ދައްކާލުމެއް ބާއްވައިފި
އެމެރިކާ ސިފައިން ފޭބީ އަފްގާނުގެ މުދާތައް ހަލާކުކޮށްފަ
ކާބުލްގެ އެއާޕޯޓް ހިންގުމުގެ މަޝްވަރާތައް ގަތަރުގައި
ކާބުލް އެއާޕޯޓް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް
ކާބުލްގައި ބޭއްވި އަންހެނުންގެ މުޒާހަރާ ރޫޅާލައިފި
ގަތަރުގެ ފަންނީ ޓީމެއް ކާބުލްގެ ވައިގެ ބަނދަރަށް