ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން ސޮނީ ޓީވީން މިހާރު ގެނެސްދޭ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖުކަމުން ވަކިކޮށްފައިވާ މިއުޒިޝަން އައްނޫ މަލިކްގެ ދިފާއުގައި ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ވާހަކަ ދައްކައިފި އެވެ.
21 ޑިސެމްބަރ 2018
ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން ސޮނީ ޓީވީން މިހާރު ގެނެސްދޭ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖުކަމުން ވަކިކޮށްފައިވާ މިއުޒިޝަން އައްނޫ މަލިކްގެ ދިފާއުގައި ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ވާހަކަ ދައްކައިފި އެވެ.
އައްނޫއާ އެކު 2016 ގައި އިންޑިއަން އައިޑޮލްގެ 9 ވަނަ ސީޒަނުގައި ޖަޖްކަން ވެސް ކުރި ސޯނޫ ބުނީ އައްނޫގެ މައްޗަށްކޮށްފައި ވަނީ ސާބިތު ނުހިފޭ ތުހުމަތަކެއް ކަމަށެވެ. އަދި އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ މީހުންގެ އަތުގައި ހެކިތައް ހުރި ނަމަ، އެ ހެކިތައް ދައްކަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
އައްނޫ، 57، ގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާ މީހުންގެ ތެރޭގައި ދެ ލަވަކިޔުންތެރިން ކަމަށްވާ ސޯނާ މަހާޕަޓްރާ އާއި ޝްވޭތާ ޕަންޑިތުގެ އިތުރުން ނަން ހާމަ ނުކުރާ ބައެއް އަންހެނުން ވެސް ހިމެނެ އެވެ. އަދި އެ މީހުންގެ ތުހުމަތުތަކަށް އައްނޫ ވަނީ އިންކާރުކޮށްފަ އެވެ.
އެ މީހުންނަށް އިޝާރާތްކޮށް ސޯނީ ބުނީ މީހެއްގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވާފައި އޭނާގެ ހައްގުތައް ފޭރި ގަނެ، ދިރިއުޅުން ހުއްޓުމަކަށް ގެނައުގެ އެއްވެސް ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ. އަދި ހެކި ހުރި ނަމަ ދައުވާ ކުރަންވީ ކަމަށާއި މީހުންގެ ސަމާލުކަން ހޯދަން ހަދަހަދައިގެން ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ބުންޏެވެ.
"އޭނަ ކާންބޯން ކުރާ މަސައްކަތް ހުއްޓުވައި އާއިލާ ބިކަކޮށްލަން މަސައްކަތް ކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ. ހިތަށް އެރިހާ ތުހުމަތުތަކެއް މީހުންގެ މައްޗަށް ކުރަންވެއްޖެ ނަމަ އެއްވެސް މީހަކަށް ނޯންނާނެ ސަލާމަތެއް،" އައްނޫ މިއުޒިކް ތައްޔާރުކޮށް ދިން ލަވަތަކުގެ ތެރެއިން އެންމެ މަގުބޫލުވި އެއް ލަވަ ކަމަށްވާ ފިލްމު "ބޯޑަރު" ގެ "ސަދޭސޭ އާތޭ ހޭ" ކިޔާފައިވާ ސޯނޫ ބުންޏެވެ. "ހެނދުނު މީހަކާ ބައްދަލުކޮށްފައި ހަވީރުވީމަ ބުނަންވީ އޭނަ ތިމަންނަ ޖިންސީ ފުރައްސާރަކޮށްފިއްޔޭ، މިއީ މިހާރު ހާލަތު އޮތް ހިސާބަކީ. މިއީ ވަރަށް ދެރަ ކަމެއް."
ސޯނޫ ބުނީ އޭނާގެ ވެސް ދެ ދައްތައިން އެބަތިބި ކަމަށާއި ބޭއިންސާފުން އެ މީހުންނާ ދޭތެރޭ ވެސް ކަމެއް ހިިިނގައިފި ނަމަ އެ މީހުންގެ ހައްގުގައި ވާހަކަ ދައްކާނެ ކަމަށެވެ.
Indian Idol ge judge kamun Anu Malik vakikoffi
The most trusted news source in the Maldives
Mihaaru
އައްނޫ އިންޑިއަން އައިޑޮލް އިން ވަކިކުރީ އޮކްޓޯބަރު މަހު.
"މިކަހަލަ މައްސަލަތައް ހުރީ ހަމައެކަނި މުނިފޫހި ފިލުވުމުގެ ދާއިރާގައި އެކަންޏެއް ނޫން. އެހެންވެ އެބަ ޖެހޭ އެންމެން ވެސް ހޭލަން. މީހެއްގެ ބޮލުގައި ތުހުމަތެއް އަޅުވާ އިރު ހެކި ހުންނަން ޖެހޭނެ،" އޭނާ ބުންޏެވެ.
ބޮލީވުޑްގެ އެތައް ފިލްމަކަށް މިއުޒިކް ހަދައި ދީފައިވާ އައްނޫ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖްކަމުން ވަކި ކުރުމަށް ފަހު، ޝޯ މިހާރު ކުރިއަށް ގެންދަނީ އޭނާގެ ބަދަލުގައި ލަވަކިޔުންތެރިޔާ ޖާވިދު އަލީ ހިމަނައިގެންނެވެ. ދެން ޖަޖުންގެ ގޮތުގައި ތިބެނީ ނޭހާ ކައްކަރު އާއި ވިޝާލް ދަދްލާނީ އެވެ.
ސޯނޫ ޝޯއެއް ދޭން ހުއްޓާ މައިބަދައަށް ތަދެއް އަރައިފި
ސޯނޫ ނިގަމްގެ ބައޮގްރަފީ މި އަހަރުގެ ފަހުކޮޅު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
މިއުޒިކް ކޮންޓްރޯލްކުރަނީ ވެސް މާފިއާއަކުން: ސޯނޫ
ސޯނޫ ބޯ ބާލައިފި، ބުނަނީ މުސްލިމުންނާ ދެކޮޅެއް ނޫނޭ
އިންޑިއަން އައިޑޮލް 7 ގައި ސޯނޫ، ފަރާ އަދި އަންނޫ
ފަގީރަކަށް ހެދިގެން ސޯނޫ ނިގަމް މަގުމަތީގައި
އަތިޔާ އާއި ރާހުލްގެ ދަރިފުޅަށް ކިޔަނީ އިވާރާ
ރޯހަން ހުރީ ރީތި ފަރު ރިސޯޓުގައި
އާމިރް އޭނާގެ އާ ލޯބިވެރިޔާ ގޮވައިގެން އިވެންޓަކަށް