18 އޯގަސްޓް 2016
ތައުލީމީ ދާއިރާ އާއި އާޓްސްގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން މިއަދު ހުޅުވާލައިފި އެވެ.
ތައުލީމީ ދާއިރާ އާއި އާޓްސްގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން މިއަދު ހުޅުވާލައިފި އެވެ.
ޔުނިވަސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތައުލީމީ ދާއިރާއިން ހަ ފުރުސަތު އަދި އާޓްސްގެ ދާއިރާއިން ދެ ފުރުސަތަށް ޕީއެޗްޑީއަށް ކިޔަވަން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެ ފުރުސަތު އަންނަ އޮކްޓޯބަރު 27 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ޔުނިވަސިޓީން ބުންޏެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަންއިން ޕީއެޗްޑީއަށް ހަ ޖާގަ ހުޅުވާލާފައިވަނީ މައިގަނޑު ހަތް ދާއިރާއަކުންނެވެ.
އެ ދާއިރާތަކަކީ:.
1. އެޑިއުކޭޝަނަލް ޕްލޭނިން
2. އެޑިއުކޭޝަނަލް ލީޑަޝިޕް
3. އެޑިއުކޭޝަނަލް ޕޮލިސީ
4. އިންސްޓްރަކްޝަނަލް ޑިޒައިން
5. ކަރިކިއުލަމް ޑިޒައިން
6. ޕެޑަގޮޖީ
7. އީ-ލާނިން
ފެކަލްޓީ އޮފް އާޓްސްއިން ޕީއެޗްޑީއަށް ދެ ޖާގަ ދޭނެ އެވެ. އެޕްލައިޑް ލިންގުއިސްޓިކްގެ އަށް ދާއިރާއިން ކޯސް ހިންގާނެ އެވެ.
އެ ދާއިރާތަކަަކީ:
1. މާދަރީ ބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ތަރައްގީވާ ގޮތް
2. ދެ ވަނަ ބަހެއް ދަސްކުރުމާއި ތަރައްގީވުން
3. ދެ ބަސް ނުވަތަ ގިނަ ބަސް ބޭނުންކުރާ މުޖުތަމައެއްގައި ބަސް ބޭނުންކުރާ ގޮތް
4. ބަހުގެ ސިޔާސަތުތައް ކަނޑައަޅައި ރާވައި ހިންގުން
5. ބަހުގެ ފެންވަރުބެލުން
6. ލިޔުންތެރިކަން އެނަލައިޒްކުރުން
7. ވާހަކަ ދެއްކުން އެނަލައިޒްކުރުން
8. މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުން
ކޯސްތައް އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވީ ޕީއެޗްޑީގެ ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް އެހީތެރިވުމަށް ބޭރުގެ ބޮޑެތި ޔުނިވަސިޓީތަކުގެ ޕްރޮފެސަރުން ހަރަކާތްތެރިވާނެ ކަމަށެވެ.
މި ޕީއެޗްޑީގެ މުއްދަތަކީ ތިން އަހަރެވެ. ކޯހަށް ވަންނަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސަނަދާއެކު ލެވެލް ނުވައެއްގެ ސަނަދެއް ނުވަތަ އެ ފެންވަރު ހުރުން ހިމެނެ އެވެ. ފަވާޒު ވިދާޅުވީ ކޯހުގެ އަގު ފަހުން ހާމަ ކުރާނެ ކަމަށެވެ.
ގައުމީ ޔުނިވާސިޓީން މިހާރު ވެސް އަންނަނީ ތައުލީމީ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވައިދެމުންނެވެ.
އެމްއެންޔޫން ސިއްހީ ދާއިރާގެ ޕީއެޗްޑީ ފަށަނީ
ޑރ.އައިޝާ، ތައުލީމީ ދާއިރާއަށް ޚާއްސަ ފޮތެއް ނެރެފި
ރާއްޖޭގަ ޕީއެޗްޑީ ހެދި ބޭފުޅުންނާ ރައީސް ބައްދަލުކޮށްފި
އެމްއެންޔޫގައި ބިޒްނަސް ޕީއެޗްޑީގެ 2ވަނަ ބެޗް ފަށައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހަދައިފި
ޕީއެޗްޑީ ފެންވަރުގެ ވަޒީފާއަކަށް 10،000 ރުފިޔާ!
އެމްއެންޔޫން މެލޭޝިޔާ ޔުނިވާސިޓީގެ ޕީއެޗްޑީ އިތުރުކުރަނީ
ލެކްޗަރާއިންގެ މުސާރައަށް ގެންނަ ބަދަލު އިއުލާންކުރަނީ
ވިލިމާލޭގެ ޑައިވިން ޕޮއިންޓް މަރާމާތުކުރާތީ ކަންބޮޑުވަނީ
މުސާރައިގެ މައްސަލަ: މިއީ މޫނުމަތީގައި ޖެހި ތަފާލެއް!