14 ޑިސެމްބަރ 2018
ދިވެހިން ތިބީ މަރުވާން ތައްޔާރުވެގެން ނޫން ކަމަށް ވިދާޅުވެ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އޮތް މިންވަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަނެއްކާވެސް ދުނިޔެއަށް އިއްޔެ ހާމަކުރައްވައިފި އެވެ.
ދިވެހިން ތިބީ މަރުވާން ތައްޔާރުވެގެން ނޫން ކަމަށް ވިދާޅުވެ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އޮތް މިންވަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަނެއްކާވެސް ދުނިޔެއަށް އިއްޔެ ހާމަކުރައްވައިފި އެވެ.
ޕޮލެންޑްގައި ކުރިއަށް ދާ ދުނިޔޭގެ މޫސުމާ ބެހޭ ކޮންފަރެންސްގައި ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ނުކުންނަ ނުރައްކަލުގައި ފުރަތަމަ އަނިޔާ ލިބޭ ބަޔަކަށް ވާން ދިވެހިން ބޭނުންނުވާނެ ކަމަށެވެ. އެހެންކަމުން ދިވެހިންނަށް ލިބިފައިވާ ހުރިހާ ބާރެއް ބޭނުންކޮށްގެން ވެސް ބަލާނީ ފެނުން މަތީގައި ތިބެން ކަމަށް ވެސް ވިދާޅުވި އެވެ.
"ފެންމަތީގަ''އޭ އެ ވިދާޅުވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ބޮޑުވާނެ ކަމަށް ސައިންސްވެރިން ކޮށްފައިވާ އަންދާޒާ އަށެވެ. ރާއްޖެ އަކީ ދުނިޔޭގެ އެންމެ ތިރި ގައުމެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ތިމާވެށީގެ ހިމާޔަތުގައި އަޑުއިއްވަވައިގެން ދުނިޔޭގެ ސަމާލުކަން ހޯއްދަވާފައިވާ ކުރީގެ ރައީސް، އދ.ގެ ބޮޑު ކޮންފަރެންސްގައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ރާއްޖޭގެ ސަލާމަތާ ގުޅިފައިވާއިރު، އެއީ ގައުމު ދެމިއޮތުމާއި ނެތުމަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ މަރުވާން ތައްޔާރުވެގެންނެއް ނޫން. މޫސުމަށް އަންނަ ބަދަލާ ގުޅިގެން އެންމެ ފުރަތަމަ އެކަމުގެ ގެއްލުން ލިބޭ ބަޔަކަށް ވާން ބޭނުމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ކޮންފަރެންސް އޮފް ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް24) ގައި ނަޝީދު ބައިވެރިވެވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށެވެ.
ނަޝީދަކީ ތިމާވެށި ހިމާޔަތްކުރުމުގެ އެންބެސެޑަރެއްގެ ގޮތުގައި ގިނަ ގައުމުތަކުން ބަލައިގަނެ އެވެ. ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރު އޮތް ކޮޕް15 ސަމިޓްގައި ތަގުރީރު ކުރައްވައި ދުނިޔޭގެ ސަމާލުކަން ހޯއްދަވައިފަ އެވެ. އެ ފަހަރުގެ ސަމިޓްގައި ނަޝީދަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިވަޑައިގަތީ އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން ރާއްޖޭގައި ބޭއްވި ކަނޑު އަޑީގެ ކެބިނެޓް ބައްދަލުވުމުގެ ސަބަބުންނެވެ.
ކަނޑު އަޑީގައި ކެބިނެޓް ބައްދަލުވުން ބޭއްވީ ވެސް، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ ނުބައި އަސަރުތައް ދުނިޔެއަށް ދެއްކުމަށެވެ.
ކޮޕް24 ގައި ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ. އެކަމަކު ދުނިޔޭގެ ހޫނުކަން ކުޑަކުރަން އަޅާނެ ފިޔަވަޅުތަކަށް ބޮޑެތި ބައެއް ގައުމުތަކުން އަދިވެސް އެއްބަސްވުމަކަށް ނާދެވެ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ބާއްވާ މަޝްވަރާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާތާ 10 ވަރަކަށް އަހަރު ވީ އިރު މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
"އަދިވެސް އަޅުގަނޑުމެން ބޭނުން މިކުރަނީ މުސްކުޅި، ޑައިނަސޯގެ ބަހުރުވަ،" ނަޝީދު ވިދާޅުވި އެވެ.
"ޖައްވަށް ދޫކުރާ ކާބަން އެ ދަނީ މަތިވަމުން، މަތިވަމުން، މަތިވަމުން. އަޅުގަނޑުމެން މި ފެންނަނީ ވާހަކަދައްކަމުން، ވާހަކަ ދައްކަމުން، ވާހަކަދައްކަމުން ދާތަން."
ރާއްޖޭގެ ވަފުދު އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހަށް
ކްލައިމެޓް ކޮންފަރެންސަށް ރާއްޖޭން ނަޝީދު ފޮނުވައިފި
މޫސުމާ ބެހޭ މުއާހަދާ އިސްލާހުކުރަން ޖެހޭ: ނަޝީދު
އދ. ގެ ނިންމުން ތަންފީޒު ކުރަން ބާރު އަޅަން ޖެހޭ
އިންތިޚާބުގައި ނަޝީދަށް ވާދަކުރެވެން ޖެހޭނެ: އދ.
ނަޝީދުގެ "ނިގުޅައިގަތް" ހައްގުތައް ހޯދަން އދ. އަށް
ވާހަކަތައް ދައްކަން ފަށަން އެމްޑީޕީން ގޮވާލައިފި
މާލީއެހީ އަވަސްކޮށްދިނުމަށް ކުދި ގައުމުތަކުން ގޮވާލައިފި
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް
މޫސުމީ ގެއްލުންތަކާ ގުޅިގެން ދޭ އެހީ އިތުރުކުރަންޖެހޭ