10 ޑިސެމްބަރ 2018
ވިޔަފާރިއެއްގެ ގޮތުގައި ދަތް ހުދުކޮށް ދިނުމުގެ ހިދުމަތް ދެމުން ގެންދިޔަ ސްކޮޓްލެންޑްގެ އަންހެނަކު އެކަން ކުރަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ ގްލަސްގޯ ޝެރިފް ކޯޓުން އޭނާ 1،000 ޔޫރޯ (1،273.10 ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.
ވިޔަފާރިއެއްގެ ގޮތުގައި ދަތް ހުދުކޮށް ދިނުމުގެ ހިދުމަތް ދެމުން ގެންދިޔަ ސްކޮޓްލެންޑްގެ އަންހެނަކު އެކަން ކުރަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ ގްލަސްގޯ ޝެރިފް ކޯޓުން އޭނާ 1،000 ޔޫރޯ (1،273.10 ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ދަތް ހުދުކޮށް ދިނުމުގެ މަސައްކަތް ކުރަމުން ދިޔަ 63 އަހަރުގެ ބްރެންޑާ މެކްފެޑޭން އަށް ދައުވާ ކުރީ އިނގިރޭސިވިލާތުގެ ދަ ޖެނެރެލް ޑެންޓަލް ކައުންސިލް (ޖީޑީސީ) އިންނެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ ޑެންޓަލް އެކްޓް 1984 ގެ ދަށުންނެވެ.
އެތަނުން ބުނި ގޮތުގައި ދަތް ހުދުކޮށް ދިނުމުގެ މަސައްކަތަކީ އެކަން ކުރުމުގެ ރަސްމީ ހުއްދަ އޮންނަ އަދި އެތަނުގައި ރަޖިސްޓްރީވެފައިވާ ޑެންޓިސްޓުންނަށް އެކަނި ދެވޭނެ ހިދުމަތެކެވެ.
ނަމަވެސް ބްރެންޑާ ބުނީ ދަތް ހުދުކޮށް ދިނުމުގެ މަސައްކަތް ކުރުމަކީ މަނާ ކަމެއްކަން އޭނާ އަށް ކުރިން އެނގިފައި ނެތް ކަމަށެވެ. އެހެންވެ މިދިޔަ މަހުގެ ތެރޭގައި ކޯޓުން އޭނާ ޖޫރިމަނާ ކުރި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުންޏެވެ.
"އަހަންނަކަށް ކުރިއަކުން އެއްގޮތަކަށް ވެސް އެނގިފައެއް ނެތް ދަތް ހުދުކޮށް ދޭން ވަކި ފާހެއް ނަގައިގެން، މިކަން ކުރަން ޖީޑީސީގައި ރަޖިސްޓްރީ ވާން ޖެހޭ ކަމެއް،" ބްރެންޑާ ބީބީސީ އަށް ބުންޏެވެ.
#Sussex man found guilty of three counts of fraud relating to the illegal practice of dentistry https://t.co/nxoenc9NxM pic.twitter.com/KRfLjSFAlI
— The GDC (@GDC_UK) November 28, 2018
ޖީޑީސީގެ ޓްވީޓެއް.
އެތަނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރައިވެޓް ބައެެއް ތަންތަނުން ދަތް ހުދުކޮށް ދިނުމުގެ ޓްރޭނިންދޭތީ އެ މަސައްކަތް ދަސްކޮށްގެން ބައެއް މީހުން ރަސްމީ ހުއްދައާ ނުލައި ޕްރެކްޓިސް ކުރަމުން ގެންދެ އެވެ.
ޖީޑީސީން ބުނި ގޮތުގައި ދަތް ހުދުކުރުން ފަދަ ކަންކަމަކީ ރައްޔިތުންގެ ސިއްހަތާ ވެ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ ގަވައިދާ ހިލާފަށް އެފަދަ މަސައްކަތްތައް ކުރުމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. އަދި ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ބުންޏެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް މިފަދަ މައްސަލަތަކުގައި 31 މީހަކަށް ދައުވާކޮށްފައިވާ ކަމަށް ބުންޏެވެ.
ޖީޑީސީން ބުނި ގޮތުގައި ޕްރައިވެޓް ބައެއް ކުންފުނިތަކުން ދަތް ހުދު ކުރުމުގެ ޓްރޭނިންދީ އެ މީހުންގެ އުފެއްދުންތައް ވިއްކަން މަސައްކަތް ކުރާތީ އެފަދަ ފަރާތްތައް ޖަވާބުދާރީ ކުރުވަން ވެސް ޖެހޭ ކަމަށެވެ. އަދި އެކަމަށް އާންމުން ސަމާލުވާން ޖީޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދަތެއް ނަގަން އެޕޮއިންޓްމަންޓެއް ނުލިބި ދޮޅު އަހަރު!
އިނގިރޭސި ތަޚުތުގެ ދަށުގައި ކޮން ހިލަގަނޑެއް؟
ސްކޮޓްލޭންޑްގެ ބޮޑުވަޒީރަކަށް މުސްލިމެއް
ސްކޮޓްލޭންޑްގެ ފަސްޓް މިނިސްޓަރު އިސްތިއުފާ ދެއްވަނީ
ރާނީ ފަސްދާނުލުން މި މަހު 19 ގައި
ދަތް އުނގުޅަން ހިތިގަހު ގޮފިކޮޅެއް؛ ފައިދާ ބޮޑު
އެމެރިކާ އާއި ޔޫރަޕްގައި އޮމިކްރޯންގެ ބިރު ބޮޑުވަނީ
ހަތަރު މަހަށް ފަހު ޔޫކޭ ރެޑް ލިސްޓުން ސަލާމަތްވެއްޖެ
އިނގިރޭސި ވިލާތުން ކޮވިޑްގެ އާ ބާވަތެއް ފެނިއްޖެ
ދަތް އުނގުޅާއިރު ހެދޭ ގޯސްތަކެއް