07 ޑިސެމްބަރ 2018
ހިތުގެ ބޮޑު އޮޕަރޭޝަނަކަށް ފަހު ފަރުވާ ހޯދަމުން ގެންދަނިކޮށް ކެއްސައިގަތްލެއް ބާރުކަމުން، ފުއްޕާމޭގައި ލޭ ގަނޑުވެފައި ހުރި ބައެއް އިރައިގެން ގޮސް އަނގަ އަށް އައި ބަލިމީހެއްގެ ވާހަކަ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފި އެވެ. އެމެރިކާގެ މަސަޗޫސެޓްސްގެ މެޑިކަލް ސޮސައިޓީން ނެރޭ އެ ޖާނަލްގައި އެ ބަލިމީހާއާ ބެހޭގޮތުން ހަމައެކަނި ބުނެފައި ވަނީ އެއީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ފަހުން ވަނީ މަރުވެފަ އެވެ.

އުފެދުމުގައި ހިތުގައި އުނިކަން ހުރި އަދި ހިތުގެ ބޮޑެތި މައްސަލަތަކެއް ދިމާވެގެން އެކި ފަހަރު މަތިން ފަރުވާ ހޯދާފައިވާ އެ މީހާގެ ހާލު މާ ބޮޑަށް ދެރަވީ ހިތުން ލޭ ޕަމްޕުކުރާ ވަރު އިތުރުކުރަން އޮޕަރޭޝަނެއް ކުރި ފަހުންނެވެ. އޭނާގެ ހަށިގަނޑަށް އޮކްސިޖަން ފޮނުވަން ޖެހޭ މިންވަރު އިތުރުވަމުން ގޮސް ކެއްސާ އިރު ލޭ އަންނަން ފެށި އެވެ. އަދި ނޭވާލާން ދަތިވަމުން ދިޔަ އެވެ. އަދި އެންމެ ފަހުން ބޮޑު ކެއްސުންގަނޑެއް އައިސް، ފުއްޕާމޭގެ ކަނާތްފަޅީގައި ގަނޑުވެފައި އިން ލޭގަނޑެއް ނައްޓައިގެން އަނގަ އަށް އަ އެވެ. ނައްޓައިގެން އައި ބައި އޮތީ ފުއްޕާމޭގެ ގޮފިތަކާ އެއް ބައްޓަމެއްގަ އެވެ. މިއީ ޑޮކްޓަރުން ވަރަށް ހައިރާންކުރުވި ކަމެކެވެ. ޑޮކްޓަރުން ބުނާގޮތުގައި މިއީ ވަރަށް ނާދިރު ކަމެކެވެ.
ކެއްސާފައި ލޭ އައުން އޭގެ ދެ ދުވަސް ފަހުން ހުއްޓުނު ނަމަވެސް ހަފްތާއެއް ފަހުން އެ މީހާ މަރުވީ އެވެ. އެކަމަކު އޭނާ މަރުވީ ފުއްޕާމޭގައި އިން ލޭގަނޑު އިރައިގެން ދިޔައިމެއް ނޫނެވެ. މަރުވި ސަބަބެއް ކަމަށް ޑޮކްޓަރުން ބުނީ ހިތް ފެއިލްވުމެވެ. ބޭނުންވާ މިންވަރަށް ލޭ ޕަމްޕު ނުކުރެވުމުގެ ސަބަބުން ހިތުގައި ފެން ހެދިގެން ދިމާވި މައްސަލަތަކާ އެކު ހިތް ހުއްޓުނީ އެވެ.
ކޮވިޑް ހުރިކަން ކެއްސުމުގެ އަޑުން ދެނެގަނެވިދާނެ
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!
އެމެރިކާގައި ނުރައްކާތެރި ފަންގަސްއެއް ފެތުރެނީ
ޗައިނާގެ ދަތުރުވެރިންނަށް ފިޔަވަޅުތައް ވަރުގަދަކުރަނީ
އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން
ބައިޑެން އަނެއްކާ ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ލައްކައަކަށް ވުރެ ގިނަ ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކޮށްފި
މީހެއްގެ ހަށިގަނޑުގައި އޫރެއްގެ ހިތެއް އިންދައިފި
މުޅި ދުނިޔޭގައި ވެސް ކޮވިޑްގެ އާ ރެކޯޑްތަކެއް
ވިލާތުގައި ކޮވިޑްގެ އަދަދުތައް މަތިވަނީ