28 ނޮވެމްބަރ 2018
ކުޑަކުދިންގެ ނެޕީން ނަގަމުން އަންނަ ޓެކްސް އުވާލަން ޖެހޭ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ ނެޕީން ނަގަމުން އަންނަ ޓެކްސް އުވާލަން ޖެހޭ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންހެނުން ބޭނުންކުރާ ޕެޑުން ޓެކްސް ނެގުން އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ރޮޒެއިނާ ވިދާޅުވީ ޕެޑާއެކު، އިތުރު އެހެން ބައެއް އެއްޗެހިން ވެސް ޓެކްސް ނެގުމާ މެދު އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ކުޑަކުދިން ބޭނުން ކުރާ ނެޕީން މިހާރު ނަގަމުން އަންނަ ޓެކްސް އުވައިލުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
"މި ޒަމާނުގައި ފޮތި ޖަހައިގެން އުޅޭ އެއްވެސް ބަޔަކު ނޫޅޭނެ. އެހެންވީމަ މި އިސްލާހުގެ ތެރެއިން މިކަން ނުކުރެވޭނަމަ، ސަރުކާރުގެ ތެރެއިން މިކަން ހުށަހަޅައިގެން ވިޔަސް، ނެޕީން ނަގާ ޓެކްސް ވެސް ކަނޑާލަން ޖެހޭ ގޮތަށް ނެސެސިޓީއެއްގެ ގޮތުގައި އަޅުގަނޑު ހުށަހަޅަން،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ޓެކްސް ނަގާ ބައެއް ތަކެތިން ޓެކްސް ކަނޑައިލިޔަސް، ވިޔަފާރިވެރިން އެ ތަކެތީގެ އަގަށް ބަދަލު ނުގެންނަ ކަމަށެވެ. އެހެންވެ، ސަރުކާރުން ޓެކްސް ކަނޑާލުމަށް ފަހު، ތަކެތީގެ އަގު ތިރި ކުރިތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
"ޓެކްސް ކަނޑާލުމުން ފައިދާ ވާން ޖެހޭ މީހުންނަށް އޭގެ ފައިދާ އާއި މަންފާ ލިބޭކަން ކަށަވަރު ކޮށްދޭނެ ގޮތެއް އިންތިޒާމުވާން ޖެހޭ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާގެ ވާހަކަ އަށް ތާއީދު ކުރައްވައި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ޕެޑުން ޓެކްސް އުވައިލުމަކީ ސަރުކާރުން އަންހެނުންގެ ހައްގުގައި ކޮށްދެވޭ ހެޔޮ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް މަންފާ ލިބޭ ނަމަ، މަޖިލީހުގެ މެމްބަރުން އެކަމަށް ތާއީދުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ނެޕީއަކީ އެއާ ނުލައި ނޫޅެވޭ ވަރުގެ އެއްޗެއް. އެހެންވެ އަޅުގަނޑު އުންމީދު ކުރަން ކޮމިޓީ މަރުހަލާގައި ހައްލެއް ލިބެނީ ކަމަށް ވާނަމަ، މި އައިޓަމުން ޑިއުޓީ ކުޑަވެގެން ގޮސް، އެއިން ނެގޭ ޓެކްސް ލުއިވެގެން ގޮސް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި ލިބޭނެ ގޮތް ހަދަން ޖެހޭ،" އާމިރު ވިދާޅުވި އެވެ.
މާލޭގައި މިހާރު އެންމެ އަގު ހެޔޮކޮށް ނެޕީ ބޮނޑިއެއް ލިބެނީ 110ރ. އަށެވެ. އަދި އެންމެ އަގު ބޮޑުކޮށް ނެޕީ ބޮނޑިއެއް ލިބެނީ 170ރ. ނުވަތަ 180ރ. އަށެވެ.
ނެޕީން ޓެކްސް ނެގުން ހުއްޓާލަން ގޮވައިލި އިރު، ޕެޑުން ޓެކްސް ނެގުން ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެކެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކުގައި ޕެޑުން ޓެކްސް ނެގުން އުވާލުން ހިމަނާފައިވެ އެވެ.
މައްސަރު ކަންތައް ޖެހުމުން ބޭނުން ކުރާ ޕެޑަކީ، ޖީއެސްޓީ ނަގާ އިރު އަސާސީ އެއްޗެއްގެ ގޮތުގައެއް ނުބަލަ އެވެ. އެހެންވެ، އާއްމު ރޭޓުން ހަ ޕަސެންޓުގެ ޖީއެސްޓީއެއް ޕެޑުން މިހާރު ނަގަ އެވެ.
ޕެޑުން ޓެކްސް ނެގުން ހުއްޓާލުމަށް ގޮވާލައި 2016 ވަނަ އަހަރު ސޯޝަލް މީޑިއާގައި #Massarutax" ނަމުގައި ކެމްޕެއިނެއް ކުރިއަށްގެންދިޔަ އެވެ. އަދި އެކަމަކާ ދެކޮޅަށް ބަޔަކު އިސް ނަގައިގެން އޮންލައިން ޕެޓިޝަނެއް ވެސް ހަދާފައި ވެ އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން ވަނީ އަންހެނުން ބޭނުން ކުރާ އަސާސީ ބައެއް އެއްޗެހިން ޓެކްސް ނެގުން ހުއްޓާލައިފަ އެވެ.
ޕެޑުން ޓެކްސް ނުނަގަން ގިނަ މެމްބަރުން ތާއީދު
ޕެޑުން ޓެކްސް ނެގުން އުވާލަން މަޖިލީހުން ފާސްކޮށްފި
ޕެޑުން ޓެކްސް ނެގުން އުވާލަން މަޖިލީހަށް ހުށަހަޅައިފި
33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ބިލެއް
ވިޕްލައިނާ ދެކޮޅު ހެދުމުން އާޒިމަށް ނަސޭހަތް ދީފި
ޓެކްސް ބިލަށް ވޯޓަށް ނާހައި ނިންމާލުމުން ހޫނުވެއްޖެ!
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
މަރީގެ މައްސަލަ ކޮމިޓީން ބަލަނީ
އިންކަމް ޓެކްސްގެ އަދަދު ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި
ނާޝިޒާއި ޖާބިރު، އެކަކު އަނެކަކަށް ނުގޮވާ އެއްޗެއްނެތް