ތެހެރާން (ނޮވެމްބަރު 24) - އިޒްރޭލަކީ ހުޅަނގުގެ ގައުމުތަކުގެ މަސްލަހަތު މެދުއިރުމަތީގައި ކުރިއެރުމަށް ގާއިމްކޮށްފައިވާ ނުރައްކާތެރި ކެންސަރެއްގެ ގޮތުގައި އީރާނުގެ ރައީސް ހަސަން ރޫހާނީ ސިފަ ކުރައްވައިފި އެވެ.
24 ނޮވެމްބަރ 2018
ތެހެރާން (ނޮވެމްބަރު 24) - އިޒްރޭލަކީ ހުޅަނގުގެ ގައުމުތަކުގެ މަސްލަހަތު މެދުއިރުމަތީގައި ކުރިއެރުމަށް ގާއިމްކޮށްފައިވާ ނުރައްކާތެރި ކެންސަރެއްގެ ގޮތުގައި އީރާނުގެ ރައީސް ހަސަން ރޫހާނީ ސިފަ ކުރައްވައިފި އެވެ.
ތެހެރާނުގައި މިއަދު ބޭއްވި އިސްލާމިކް ޔުނިޓީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރޫހާނީ ވިދާޅުވީ ދެ ވަނަ ބޮޑު ހަނގުރާމައިގެ އެންމެ ނުބައި ނަތީޖާ އަކީ ނުރައްކާތެރި ކެންސަރުގެ ޓިއުމަރެއް މެދުއިރުމަތީގައި އުފެދުން ކަމަށެވެ. ރޫހާނީ އިޒްރޭލް ސިފަކޮށްފައި ވަނީ ހުޅަނގުގެ ގައުމުތަކުން ގާއިމްކޮށްފައިވާ ފޭކް ދައުލަތެއްގެ ގޮތުގަ އެވެ.
ރޫހާނީ ވިދާޅުވީ މެދުއިރުމަތީގެ ބައެއް މުސްލިމް ގައުމުތަކާ އެމެރިކާ އިން ގާތް ގުޅުމެއް ބާއްވަމުން ދަނީ އިޒްރޭލް ހިމާޔަތް ކުރުމަށް ކަމަށެވެ. އެމެރިކާގެ ޕްރެޝަރަށް ބޯލެނބުމަކީ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށް ވެސް ރޫހާނީ ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ފުރުސަތު އެބައޮތް މުޖްރިމުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔަން ނޫނީ ފާޅުގައި އެ މީހުންނަށް ދެކޮޅު ހެދުމަށް،" ރޫހާނީ ވިދާޅުވި އެވެ.
ނޮވެމްބަރު މަހު ކުރީކޮޅު އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ.
ރޫހާނީ އިތުރަށް ވިދާޅުވީ ދުނިޔޭގެ ސުޕަޕަވަރުތަކުގެ ކިބައިން ސައުދީ އަރަބިއާ ސަލާމަތް ކުރުމަށް އީރާން އޮތީ ތައްޔާރަށް ކަމަށެވެ.
"އީރާނުން ދެކެނީ ތިޔައީ ގާތް އަޚެއްގެ ގޮތުގައި. އަޅުގަނޑުމެން ދެކެނީ މައްކާ އާއި މަދީނާގެ އަހުލުވެރިންނަކީ އަޚުންގެ ގޮތުގައި،" ރޫހާނީ ވިދާޅުވި އެވެ.
ސައުދީން މީގެ ތިން އަހަރު ކުރިން ވަނީ އީރާނާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ.
އިރާނުގެ ދައުލަތުގެ ޓީވީ އަށް އިޒްރޭލުން ހަމަލާ ދީފި
އިޒްރޭލުގެ ސަބަބުން ސަރަހައްދަށް ކުރިމަތިވަނީ ނުރައްކާ
މައްސަލަތަކުގެ އަސްލަކީ އެމެރިކާ އާއި އިޒްރޭލް: ރޫހާނީ
ސައުދީ އަށް މުސްލިމުން އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
ހާމަނާއީ އަވަހާރަކޮށްލައިފިނަމަ ރަޝިއާ މަޑަކުން ނޯންނާނެ
އިޒްރޭލަށް ވޭންހުރި ބޮޑެތި ގެއްލުންތަކެއް އިރާނުން ދީފި
އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ޓްރަމްޕްގެ ރުހުން
އިރާނުގެ ނިއުކްލިއާ މަރުކަޒަކަށް އިޒްރޭލުން ހަމަލާ ދީފި
އިރާނުގެ މިސައިލެއް އިޒްރޭލްގެ ހޮސްޕިޓަލަކަށް!
އިރާނުން މިސައިލް ހަމަލާތަކުގެ އަދަދު މަދުކޮށްފި