17 ނޮވެމްބަރ 2018
ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ އަލުން ވުމަށް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ހުށަހަޅަން ނިންމައިފި އެވެ.
ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ އަލުން ވުމަށް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ހުށަހަޅަން ނިންމައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައީސް ކަމާ ހަވާލުވެ ވަޑައިގެން، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ނިންމަވާފައި ހުރި ކަންކަން މިރޭ އިއުލާން ކޮށްފައި ވާއިރު، ކޮމަންވެލްތުގެ މެމްބަރުކަން ހޯދުމަށް އަލުން ހުށަހެޅުން ވެސް ހިމެނެ އެވެ. އެކަމަށް އެދި ހަފުތާއެއްގެ ތެރޭގައި ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ޚާރިޖީ ދާއިރާގައި ކުރުމަށް ހަމަޖައްސާފައި ވަނީ ވެސް ކޮމަންވެލްތުގެ މެމްބަރު ކަމަށް އެދި ހުށަހެޅުން އެކަންޏެވެ. ކޮމަންވެލްތުގެ މެމްބަރު ކަން އަލުން ހޯދުމަކީ ރައީސްގެ ކެމްޕެއިން ވައުދެކެވެ.
ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އެ ޖަމާއަތުން ރާއްޖެ ވަކިވުމުގެ ސަބަބެއްގެ ގޮތުގައި ސަރުކާރުން އޭރު ދެއްކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު ތަފާތުކޮށް ކަންކަން ކުރުމެވެ.
އިދިކޮޅު ލީޑަރުން ޖަލަށްލުމާއި ހައްގުތައް ހަނިކޮށް ގާނޫނުތައް ހެދުން ފަދަ ކަންކަމާ ހެދި ކޮމަންވެލްތުގެ ބޮޑެތި ފާޑު ކިޔުންތަކެއް ސަރުކާރަށް އޭރު ދިޔައީ އަމާޒުވަމުންނެވެ. އެ ޖަމާއަތުން ރާއްޖެ ވަކިވީ ކަންކަން އިސްލާހު ކުރުމަށް ރާއްޖެ އަށް ދިން ފުރުސަތުގައި އެކަންކަން އިސްލާހު ނުކުރުމުން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން އެ ޖަމާއަތުން ތައްޔާރުވާން ފެށުމުންނެވެ.
އަލުން ގުޅޭތީ ކޮމަންވެލްތުގެ މަރުހަބާ ރާއްޖެއަށް
ރާއްޖެ، ކޮމަންވެލްތާ ގުޅެން ދެކޮޅު ގައުމެއް ނެތް
ކޮމަންވެލްތު ބައްދަލުވުމުގައި ރާއްޖެ ބައިވެރިކުރަންޖެހޭ
ރާއްޖެ ކޮމަންވެލްތާ ގުޅުން އަވަސްކުރަން އެދިއްޖެ
ކޮމަންވެލްތާ ގުޅެން ލިއުންތައް ހުށަހަޅައިފި
ކޮމަންވެލްތު ވަފުދުން އުއްތަމަ ފަނޑިޔާރާ ބައްދަލުކޮށްފި
އިންތިޚާބު އޮބްޒާވް ކުރަން ކޮމަންވެލްތުން ހުށަހަޅައިފި
ކޮމަންވެލްތުން ވަކިވުމުން ރާއްޖެ ހިތާމަކުރާނެ ސަބަބުތައް
ރާއްޖެ ކޮމަންވެލްތުގައި ނެތުމަކީ ފަޅުކަމެއް: ޑޯރިސް
އެކަހެރިވެގެން މައްސަލަތައް ހައްލެއް ނުވާނެ: މައުމޫން