17 ނޮވެމްބަރ 2018
ވެރިކަމުގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމު ކުރަން ކަމަށް، ރާއްޖޭގެ ހަތް ވަނަ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މިއަދު ހަވީރު މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމު ކުރަން ކަމަށް، ރާއްޖޭގެ ހަތް ވަނަ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މިއަދު ހަވީރު މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު، ގައުމާ މުހާތަބް ކުރައްވައި ދެއްވި ރިއާސީ ޚިތޯބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރެވިގެންދާ ތަން ފެނުން ކަމަށެވެ.
"ފާއިތުވި ދިހަ އަހަރު ދުވަހު ދިވެހިން ކުރި ތަޖުރިބާ އިން އެނގުނު ހަގީގަތަކީ، އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާ ހިންގުމަށް އެކަށައަޅާފައިވާ ގާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަން،" ހުވާ ކުރެއްވުމަށް ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ގޮތަށް ފަނޑިޔާރުންނަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީއަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދޭން ޖެހެ އެވެ. އަދި ފަނޑިޔާރުގެއަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަނަކަށް ހަދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންނަށް އަދުލު އިންސާފު ކަށަވަރު ކޮށްދިނުމަށްޓަކައި، ގާނޫނީ އިލްމާއި ޝަރީއަތް ކުރުމުގެ ހުނަރު ލިބިފައިވާ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ، އަޅުގަނޑުގެ ސަރުކާރެއްގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކި، ކުރާން ފަށާނޭ އެއް މަސައްކަތް،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެހެން ބައެއް ގާޒީން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުން އެންމެ ބޮޑަށް ފާޑުކީ އެއް ތަނަކީ ފަނޑިޔާރުގެ އެވެ. އެ ގޮތުން، ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ސިޔާސީ ބައެއް ބޭފުޅުންގެ "މުށުތެރޭގައި" ތިއްބެވި ކަމަށް ބުނެ، އެ ބޭފުޅުންނަށް ބޮޑެތި ފާޑު ކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. ކޯޓުތަކަކީ އިންސާފު ގާއިމުކޮށްދޭ ތަނަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ.
ރައީސް ވިދާޅުވީ މީގެ 10 އަހަރު ކުރިން އާ ގާނޫނުއަސާސީއެއް ލިބިގެން ދިވެހިން ކުރި އުންމީދު މިއަދު ވިއްސިވިހާލިވެ، ގާނޫނުއަސާސީ ގެނެސްދިން ނިޒާމު މުޅިން ހަރާބުވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ފައްޓަވާ މަސައްކަތްޕުޅަކީ ދައުލަތުގެ އެންމެހައި ކަންތައްތައް، ގާނޫނުއަސާސީގެ އިމުގެ ތެރެ އަށް ގެނެސް ރައްޔިތުންނަށް އިންސާފުވެރި ވެރިކަމެއް ކޮށްދިނުމުގެ މަސައްކަތް ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
"މި ފެށޭ ރިޔާސީ ދައުރުގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ދެކޭނީ، ދިވެހި ދައުލަތުގެ އެންމެހައި ކަންކަން އިންސާފުގެ މަގަށް މިސްރާބު ވެގެންދާ މަންޒަރު. އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ނަގަހައްޓައި، ރައްޔިތުންނަށް ޖަވާބުދާރީވާނޭ ސަރުކާރެއް އުފެދިގެންދާ މަންޒަރު،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގައުމު މި އޮތް ހާލަތުން އެހެން ހާލަތަކަށް ގެންދެވޭނީ އެންމެންނަށް އެކުގައި ކުރެވޭ މަސައްކަތްތަކަކުންނެވެ. އަލަށް އުފެދޭ ސަރުކާރުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ހިންގަނީ ޖަރީމާ"
ބޮޑު މުސާރަތައް ކުޑަކޮށްފި؛ ރައީސަށް 65،000ރ.
އުއްތަމަ ފަނޑިޔާރާއި އާދަމް ވަކިކުރަން ފާސްކޮށްފި
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
އަންހެނުންގެ ދިފާއުގައި އީވާ އާއި ޖީހާން!
ޖުޑިޝަރީ އަށް އެންމެން ނުފޫޒު ފޯރުވާ: އާދަމް ޝަރީފް
ވަގުތު ބޭކާރުނުކޮށް ފަނޑިޔާރުން ވަކިކޮށްދީ: ޔައުގޫބް
ކްރިމިނަލް ކޯޓުގައި ނުނިމި 1،910 މައްސަލަ އެބައޮތް
ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް އިތުރުކުރަން ފާސްކޮށްފި
ތިނަދޫ މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ފާސްކޮށްފި