18 ނޮވެމްބަރ 2018
ގާހިރާ، މިސްރު (ނޮވެމްބަރު 18) - މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަކީ އެ ގައުމަށް ލިބިފައިހުރި ޖަވާހިރެއް ކަމަށް އެ ޓީމުގެ ކޯޗު ހަވިއޭ އަގީރޭ ބުނެފި އެވެ.
ގާހިރާ، މިސްރު (ނޮވެމްބަރު 18) - މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަކީ އެ ގައުމަށް ލިބިފައިހުރި ޖަވާހިރެއް ކަމަށް އެ ޓީމުގެ ކޯޗު ހަވިއޭ އަގީރޭ ބުނެފި އެވެ.
އެފްރިކަން ނޭޝަންސް ކަޕް ކޮލިފައިންގައި ހުކުރު ދުވަހުގެރޭ ޓިއުނީޝިއާ އަތުން މިސްރު 3-2 އިން މޮޅުވި މެޗުގައި އެ ޓީމު މޮޅުކޮށްދިން ލަނޑު ފަހު ވަގުތުގައި ޖެހީ ސަލާހު އެވެ. މެޗަށް ފަހު އަގިރޭ ވަނީ ސަލާހަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.
"އަހަރެން މި ޓީމަށް އައިއިރު ވެސް އެނގޭ ސަލާހަކީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން. ހަގީގަތުގައި އޭނާ އަކީ މިސްރު ކަަހަލަ ޓީމަކަށް ލިބިފައި ހުރި ޖަވާހިރެއް. އެ ކަހަލަ ކުޅުންތެރިއަކު ހުރުމަކީ ކޮންމެ ޓީމަކަށް ވެސް ލިބޭނެ ނަސީބެއް،" މިދިޔަ އޮގަސްޓް މަހު މިސްރު ޓީމާ ހަވާލުވި އަގީރޭ ބުންޏެވެ.
މިދިޔަ ސީޒަނުގައި ސަލާހު ވަނީ ލިވަޕޫލަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި 44 ލަނޑު ޖަހައިފަ އެވެ. އަދި 27 އަހަރަށް ފަހު މިސްރު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި ވެސް ސަލާހުގެ ދައުރު ބޮޑެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސަލާހުގެ ކޮނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރި އައި ފަހުން އޭނާ އަށް އެންމެ ރަނގަޅު ކުޅުން ނުދެއްކޭ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.
އަގީރޭ ބުނީ ސަލާހު އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން ކަމަށެވެ.
"އަހަރެން ބޭނުން ކޮންމެ މެޗެއްގައި ވެސް ސަލާހު އެއް ލަނޑަށް ވުރެ ގިނައިން ޖަހަން. އެކަމަކު ގިނަ ފަހަރު އެއީ ނުވާނެ ކަމެއްކަން ވެސް ގަބޫލުކުރަން ޖެހޭ. ސަލާހު އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން. އެއްވެސް ކުޅުންތެރިއަކު އަބަދަކު އެންމެ މޮޅު ފޯމެއްގައި ނުހުންނާނެ،" ކުރިން މެކްސިކޯ އާއި ޖަޕާން ގައުމީ ޓީމަށް ކޯޗުކޮށްދިން އަގީރޭ ބުންޏެވެ.
އަންނަ އަހަރު ޖުލައި މަހު އޮންނަ އެފްރިކަން ކަޕަށް މިސްރާއި ޓިއުނީޝިއާ ވަނީ ބާކީ ދެ މެޗު އޮއްވައި ކޮލިފައިވެފަ އެވެ. މި ދެ ޓީމުގެ އިތުރުން މުބާރާތުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ މުބާރާތް ބާއްވާ ކެމަރޫން، މަޑަގަސްކާ، ސެނެގާލް، މޮރޮކޯ، ނައިޖީރިއާ، ޔޫގަންޑާ އަދި މާލީ އެވެ.
ލިވަޕޫލް ލީޑުގައި، ސަލާހު ވެސް ފަރުވާއަށް ގެންނަނީ
ސަލާހަށް ދެން ކުޅެވޭނީ މިސްރު ކުއާޓާ އަށް ގޮސްގެން
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް
ސަލާހުގެ މިސްރަށް އިންތިޒާރެއް، ސެނެގާލް ކޮލިފައިވެއްޖެ
ސަލާހު ވޯލްޑް ކަޕުގެ ޖާގައަކާ ފިޔަވަޅެއް ގާތަށް
ކޮވިޑަށް ޕޮޒިޓިވްވުމުން ސަލާހަށް ދެ މެޗު ގެއްލިދާނެ
ލިވަޕޫލާއެކު ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ސަލާހް
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ސަލާހްގެ އަނިޔާ ފަސޭހަވުމުން ކްލޮޕް ހިތްހަމަ ޖެހިފައި
200 ހަމަކުރަން ސަލާހަށް ބޭނުންވަނީ އެކެއް