13 ނޮވެމްބަރ 2018
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އަންނަ ހޮނިހިރު ދުވަހު އުފައްދަވާ ސަރުކާރުގައި މިހާރުގެ ސަރުކާރާ އަޅައިބަލާއިރު ސިޔާސީ މަގާމުތައް 20-30 ޕަސެންޓަށް ދަށްވާނެ ކަމަށް ޓްރާންސިޝަން ކޮމެޓީން މިއަދު ބުނެފި އެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އަންނަ ހޮނިހިރު ދުވަހު އުފައްދަވާ ސަރުކާރުގައި މިހާރުގެ ސަރުކާރާ އަޅައިބަލާއިރު ސިޔާސީ މަގާމުތައް 20-30 ޕަސެންޓަށް ދަށްވާނެ ކަމަށް ޓްރާންސިޝަން ކޮމެޓީން މިއަދު ބުނެފި އެވެ.
ޓްރާންސިޝަން މާލީ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސިޔާސީ މަގާމުތައް މަދުކުރުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަ ކުރައްވައި އެ ކޮމެޓީގެ ކޯޗެއާ އިބްރާހިމް އަމީރު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންގެ މުސާރަ އާއި އިނާޔަތަށް ހޭދަ ކުރާ މިންވަރަށް ބަލާއިރު، އާ ސަރުކާރުގައި އެ އަދަދު 20-30 ޕަސެންޓަށް ކުޑަ ކުރެވިގެން ދާނެ ކަމަށެވެ.
އާ ސަރުކާރުން ކިހާ ސިޔާސީ މަގާމެއް އުފައްދާނެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އަދަދު ހާމަކުރެވޭނީ މިނިސްޓްރީތައް ކަނޑައެޅި ސިޔާސީ މަގާމުތައް ކަނޑައެޅުނީމާ ކަމަށެވެ. ނަމަވެސް ސިޔާސީ މަގާމުތައް އިތުރުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަރަދު ކުޑަކުރެވޭ ގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުތައް އެކުލަވާލާފައި ވާނީ،" އަމީރު ވިދާޅުވި އެވެ.
މި ސަރުކާރުގައި 14 މިނިސްޓްރީއެއް ހުންނަ އިރު އިބޫގެ ސަރުކާރުގައި އުފައްދަވާނެ ކަމަށް ވަނީ 19 މިނިސްޓްރީއެކެވެ.
އަމީރު ވިދާޅުވީ މިނިސްޓްރީގެ އަދަދު އިތުރުވި ނަމަވެސް ސިޔާސީ މަގާމުތައް އިތުރުނުވާނެ ކަމަށެވެ. އަލަށް އިތުރުވާ މިނިސްޓްރީތަކަކީ މިހާރު އެކި ނަންނަމުގައި ހިންގަމުން އަންނަ އިދާރާތައް ކަމަށާއި އެ ތަންތަނަށް އަލުން މުވައްޒަފުން ނަގަން ނުޖެހޭނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"މިސާލަކަށް އަލަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓެއް އަޅުގަނޑުމެން އެބަ ހަދަން. އެއީ މިހާރު ވެސް ސަރުކާރުގެ އޮނިގަނޑު ތެރޭގައި ހިމެނޭ ތަންތަން. އެހެންވީމަ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ލަފައެއް ނުކުރަން މިހާރަށް ވުރެ އިތުރަށް މުވައްޒަފުން ނަގަން ޖެހޭނެ ކަމަކަށް،"
މިހާރު ބައެއް މިނިސްޓްރީތަކުގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ކޯޑިނޭޓަރުންގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ތިބި ނަމަވެސް، އާ ސަރުކާރުން އެގޮތަށް އަމަލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޒީރުން ކަނޑައެޅުމާ މެދު ކޯލިޝަންގެ ތެރޭގައި ވާދަވެރިކަން ބޮޑުވެފައިވީ ނަމަވެސް އަލަށް އުފައްދަނީ ކޮންކޮން މިނިސްޓްރީތަކެއް ކަމެއް އަދި ހާމައެއްނުކުރެ އެވެ.
785 ސިޔާސީ މަގާމަށް 331 މިލިއަން ހިމަނައިފި
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟
2023: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!
ވާދަވެރި ކެންޑިޑޭޓުގެ ކެމްޕޭން ވެސް ސަރުކާރު ތެރެއިން؟
ލަންކާގެ ދިވެހި ސަފީރަކަށް އަލީ ފާއިޒު އައްޔަންކުރަނީ
ހުސް ވާހަކަތަކެއް، ތަންފީޒެއް ނުކުރެވުނު: ޔާމީން
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
"މިއީ، މުޑުދާރު، ނުތާހިރު ތިން އަހަރު"
ނިޒާމީ ވޯޓަކާ ހަމައަށް ބަރުލަމާނީ މަންޒަރު ސާފުވެއްޖެ؟