ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ ސްރީ ލަންކާގެ މަޝްހޫރު އެއިޓްކެން ސްޕެންސަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓޫރިޒަމުން ލިބުނު ފައިދާ ދަށަށް ގޮސްފައިވާ ކަމަށް ލަންކާގެ ނޫހަކުން ބުނެފި އެވެ.
14 އޯގަސްޓް 2016
ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ ސްރީ ލަންކާގެ މަޝްހޫރު އެއިޓްކެން ސްޕެންސަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓޫރިޒަމުން ލިބުނު ފައިދާ ދަށަށް ގޮސްފައިވާ ކަމަށް ލަންކާގެ ނޫހަކުން ބުނެފި އެވެ.
ވިޔަފާރި ހަބަރުތައް ގެނެސްދޭ އިކޮނޮމީ ނެކްސްޓް ވެބްސައިޓްގައި އިއްޔެ ބުނެފައި ވަނީ ޓޫރިޒަމް ދާއިރާއިން އަގު މައްޗަށް ގޮސް، ލިބުނު ފައިދާ ދަށްވުމުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ 69 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވިޔަފާރި 31 ޕަސެންޓް އިތުރުވެފައިވާ ކަމަށް ލަންކާގެ ސްޓޮކް އެކްސްޗޭންޖާ ހަވާލާދީ އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
އެއިޓްކެން ސްޕެންސް އިން ރާއްޖޭގައި "އަދާރަން" ބްރޭންޑް ހަ ރިސޯޓް ހިންގަ އެވެ.
އިކޮނޮމީ ނެކްސްޓް ވެބްސައިޓްގައި ބުނެފައި ވަނީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓްތަކުން ލިބުނު ފައިދާ ދަށްވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ކުރިނޭރުމާއި ރޭޓުތައް ދަށްކުރަން ޖެހުމާއި އާ ރިސޯޓްތައް ހަދަން ކުރަން ޖެހޭ އިންވެސްޓްމަންޓުގެ ސަބަބުން އެ ރިސޯޓުތަކުން ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
އެއިޓްކެން ސްޕެންސަށް ދެވަނަ ކުއާޓަރުގައި ޓޫރިޒަމުން ގެއްލުންވި ނަމަވެސް އެ ކުންފުނިން ހިންގާ މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިން ލިބުނު ފައިދާ ތިން ގުނަ އިތުރުވެފައިވާ ކަމަށެވެ.
އޯފް ސީޒަންގެ ވިޔަފާރި ދަށްވެ ރިސޯޓްތަކުން އީދު ޕެކޭޖް
ރާއްޖެ އިޝްތިހާރުކުރަން 100 ޓުއާ އޮޕަރޭޓަރުން
ރ. އާރަށުގައި ހަދާ ރިސޯޓު މިއަހަރު ހުޅުވަނީ
ބްރައުން އިންވެސްޓުގެ ބާސެލޯ ލެގޫން ރިސޯޓު ވިއްކާލައިފި
ކިހާދުއްފަރު ރިސޯޓަށް ސަރުކާރުން ފިޔަވަޅު އަޅަނީ
ގިނަ ލުއި ދޭތީ ރިސޯޓް ކުލި ނުދައްކަން ހިތްވަރު ލިބޭ
ޓޫރިޒަމަށް އިޝްތިހާރު ކުރެވޭނީ ހުއްދަ އޮތް ތަންތަން
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
ލޭންޑް އެކުއިޒިޝަންގެ ގޮތުގައި 35 މިލިއަން ލިބިއްޖެ