Roadha Mihaaru
މިއަހަރުގެ ދިވެހި ފިލްމު އެވޯޑް ހަފުލާ ކެންސަލްކޮށްފި

ފިލްމުތައް މަދުވުމުން ދިވެހި ފިލްމު އެވޯޑްސް މި އަހަރު ނުބާއްވަން ނިންމައިފި

07 ނޮވެމްބަރ 2018

އަންނަ މަހު ބާއްވަން ނިންމި 9 ވަނަ ދިވެހި ފިލްމު އެވޯޑްސް މި އަހަރު ނުބާއްވަން ނިންމާފައިވާ ކަމަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ބާއްވަން ނިންމި 9 ވަނަ ދިވެހި ފިލްމު އެވޯޑްސް މި އަހަރު ނުބާއްވަން ނިންމާފައިވާ ކަމަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

އެ ތަނުން މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު، އެވޯޑްސްގައި ފިލްމުތައް ބައިވެރި ކުރަން ހުޅުވާލައި އޮގަސްޓް 31 އަށް މުއްދަތު ހަމަވި އިރު، ހުށަހަޅާފައި ވަނީ 7 ފިލްމެވެ. ނަމަވެސް އެ އަދަދަކީ ދިވެހި އެވޯޑް ދިނުމާ ބެހޭ ގޮތުން ހަދާފައިވާ އުސޫލުގައިވާ އަދަދަށް ވުރެ މަދު އަދަދަކަށްވާތީ، މި އަހަރު އެވޯޑް ހަފުލާ ނުބާއްވަން ނިންމީ ކަމަށް އެންސީއޭ އިން ބުންޏެވެ.

އެތަނުން ބުނި ގޮތުގައި އާންމުކޮށް ފިލްމު އެވޯޑްސް ބާއްވަނީ ފީޗާ ފިލްމު ކެޓަގަރީގައި މަދުވެގެން 13 ފިލްމު ވާދަ ކުރާނަމަ އެވެ.

މިދިޔަ އަހަރު 8 ވަނަ ދިވެހި ފިލްމު އެވޯޑްސް ބޭއްވީ 2014-2016 އަށް ރިލީޒް ކުރި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. އެވޯޑްސްގައި 17 ފީޗާ ފިލްމާއި ކުރު ހަތް ފިލްމު ވާދަކުރި އެވެ.

ނަމަވެސް މި އަހަރު ބާއްވާ އެވޯޑް ހަފުލާ އަށް ހުޅުވައިލި އިރު، މިދިޔަ އަހަރު ސިނަމާ އަށް އައީ އެންމެ 8 ފިލްމެވެ. އެއީ މަލިކާ، ވިޝްކާ، އިލް ނޮއިސް، މީ ލޯތްބަކީ، ނޯޓީ 40، ހައްދު، ބޮސް އަދި ނޭދެން ވަކިވާކަށް އެވެ. އަދި މުއްދަތު ހަމަވި އިރު އެވޯޑަށް ހުށަހެޅީ މީގެ ތެރެއިން 7 ފިލްމެވެ.

Mi aharuge Film Awards hafulaa varah muhimmu

Mi aharuge Film Awards hafulaa varah muhimmu

The most trusted news source in the Maldives

Mihaaru

މި އަހަރު އެވޯޑް ވަނީ ކެންސަލްކޮށްލަން ޖެހިފައި.

މި އަހަރުގެ މިހާތަނަށް ސިނަމާ އައިސްފައި ވަނީ އެންމެ ހަތަރު ފިލްމެވެ. އެއީ ދެވަންސޫރަ، ވަކިން ލޯބިން، ރޭވުމުން އަދި ތިޔަ ލޯތްބާ ދުރަށް އެވެ.

މި އަހަރު ދެން ދެން ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ޕްރިމިއާ ކުރާ އެނިމޭޓެޑް ފިލްމު "ބަގީޗާ" އެވެ.

Awards gai film thah baiveri kuran hulhuvaalaifi

Awards gai film thah baiveri kuran hulhuvaalaifi

The most trusted news source in the Maldives

Mihaaru

މި އަހަރުގެ އެވޯޑަށް ހުޅުވައިލީ ޖުލައި މަހުގެ 24 ގައި.

ބެލެވޭ ގޮތުން 9 ވަނަ ދިވެހި ފިލްމު އެވޯޑްސް ދެން ބާއްވާނީ އަންނަ އަހަރު އެވެ. އެއީ މި އަހަރު ރިލީޒްކުރި ފިލްމުތަކާ ވެސް އެކުގަ އެވެ. އެކަމަކު އޭރުން ވެސް ވާނީ އެންސީއޭ އިން ކަނޑައަޅާފައި އޮތް މިންގަނޑަށް ވުރެ އެއް ފިލްމު މަދު އަދަދަކަށެވެ.

އެއީ މި އަހަރުގެ ހަތަރު ފިލްމާއި މިދިޔަ އަހަރުގެ އަށް ފިލްމާ އެކު ޖުމްލަ 12 ފިލްމެވެ. މި އަހަރު ދެން އިތުރު ފީޗާއެއް ރިލީޒް ކުރާ ގޮތަކަށް ހަމަޖެހިފައެއް ނެތެވެ.

"ބަގީޗާ" އަކީ އެނިމޭޓެޑް ފިލްމަކަށްވާތީ އެ ފިލްމު ދިވެހި ފިލްމު އެވޯޑްސްގައި ވާދަ ކުރާނެ ކަމަކަށް ނުބެލެވެ އެވެ. މި އަހަރު އެވޯޑް ހަފުލާ ނުބޭއްވުމުން ދެން އަނެއްކާ ވެސް އެވޯޑް ހަފުލާ ބާއްވަން ޖެހޭނީ ދެ އަހަރުގެ ފިލްމުތަކެއް އެއްކޮށްލައިގެންވެ. މިއީ ރާއްޖޭގައި ފިލްމީ ދާއިރާގެ ހާލަތު ތަންދޭ ގޮތުން އެވޯޑް ހަފުލާ އާންމުކޮށް ބާއްވަމުން އަންނަ އުސޫލެވެ.

މިދިޔަ އަހަރު ބޭއްވި 8 ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވުނީ 2016 ގައި ރިލީޒް ކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ" އެވެ.