22 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މާދަމާ ފަށަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މާދަމާ ފަށަން ނިންމައިފި އެވެ.
މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވި ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމާ ގުޅިގެން މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ކަނޑައެޅި އެވެ.
ނަމަވެސް، އޭގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ބާކީ ތިބި އަށް މެމްބަރުންގެ ތެރެއިން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު (އަބުޅޯ) ގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ވަނީ ނިންމާލައިފަ އެވެ.
މާދަމާ ހެނދުނު އޮތީ އިލްހާމާއި ސައުދުﷲ ގެ ގޮނޑީގެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. ދެ ބޭފުޅުންގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ނިންމާލާނެ ކަމަށް ބެލެވެ އެވެ.
ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ބާކީ ތިއްބެވި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.
އެ މައްސަލަތައް ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެ، ކޮމިޝަންގެ އެ ނިންމުން ބާތިލްކޮށް، އެކަމުގައި ގޮތެއް ނިންމޭނީ އެ ކޯޓަށް އެކަނި ކަމަށް ކަނޑައަޅައިފަ އެވެ.
އޭގެ ފަހުން، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިނާނާއި އަބުޅޯގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތުގައި އެ ކޮމިޝަންގެ ވަކީލުން ވިދާޅުވީ ކޮމިޝަނުން މެމްބަރުންނާ ގުޅޭ ގޮތުން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ އަމުރުން ބާތިލް ކުރުމާ ގުޅިގެން، ކޮމިޝަނުން ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށެވެ.
އެހެންވެ، ބާކީ ތިއްބެވި އަށް މެމްބަރުންގެ ގޮނޑި ވެސް ގެއްލުނު ކަމަށް ކުރިން ކޮމިޝަނުން ނިންމި ނިންމުމާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ވަކީލުން ވިދާޅުވި އެވެ.
ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކޮށްފި
ހަތަރު މެމްބަރެއްގެ މައްސަލައިގެ ހުކުމް މާދަމާ
ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
އުއްތަމަ ފަނޑިޔާރުގެ ވަރުގަދަ ސުވާލުތަކެއް އީސީއަށް!
ހުސްވި ގޮނޑިތަކަށް ސުޕްރީމް ކޯޓުގެ ބަހެއް ބޭނުންތަ؟
މަޖިލިހުން މިހާތަނަށް އެންގި އެއްޗެއް ނެތް: ލަތީފް
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
މާރިޔާގެ މައްސަލަ މި ވަގުތަށް މަޑުޖައްސާލައިފި
12 މެމްބަރުންގެ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފި